އިންޑިއާގެ ބިހާރްގައި ހަ މީހަކުވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ބައްޕަގެ ކުރިމަތީގައެވެ. އެ މައްސަލަ މިހާރު ފުލުހަށްވެސް ވަނީ ހުށަަހަޅާފައެވެ. އަދި އެ ކުއްޖާގެ ޓެސްޓުތައްވެސް ވަނީ ހަދާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ، އެ ކުއްޖާގެ އާއިލާ ދިރިއުޅެމުން އަންނަ ގޭގައި ބަޔަކު ދޮރުގައި ޓަކި ޖެހެހުމަށްފަހު ފެނަށް އެދުނު ބައެކެވެ.

އެ މީހުން ފެނަށް އެދުމަށްފަހު ގަދަކަމުން ގެއަށް ވަންނަން މަސައްކަތް ކުރިއެވެ. އަދި އެ ކުއްޖާގެ ބައްޕަ އާއި އެ ކުއްޖާ ގެއިން ނެރުމަށްފަހު ދަމާފައި ގެންދިޔައީ ވަލަށެވެ. ވަލަށް ގެންދިއުމަށްފަހު އެ ކުއްޖާގެ ބައްޕަގެ ގައިގާ ތެޅާ އަނިޔާކުރުމަށްފަހު އޮތީ ބަދެފައެވެ.

އަދި އެއަށްފަހު ހަ މީހުން ވެގެން އެ އަންހެން ކުއްޖާ ރޭޕްކުރިއެވެ. އެ ކުއްޖާގެ ބައްޕަ ހުރީ ހަދާނެ އެއްވެސް ގޮތެއް ނޭނގި، ގޮތް ހުސްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަވަށުގައި އުޅޭ މީހުން އެ މައްސަލަ ފުލުހަށް ހުށަނޭޅުމަށް އެ އާއިލާ ގާތުގައި އެދުނެވެ. އަދި އެ އަންހެން ކުއްޖާ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

އެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަން އަޙުމަދު

    ތިޔަ ރީތިކަންތައް ދެން ފަށާނީ މިރާއްޖޭގައި. މިރާއްޖެއަކީ މިހާރު އިންޑިއާގެ އަވަށެއް.

    • ތީނަ

      ކީކެ ކިޔާނަމެ ހިތައް އރައިގެން ތި އުޅެނީ

      • އޭނަ

        ތިޔަހެން ވާހަކަ ނުދައްކާ ދަރިޔަ

  2. ކަލޯ

    ތިޔައީ މޯދީގެ ހެޔޮފުޅުކަން. ޟނިވަންކަން ދީފައި.ތިވަނީ. ޟިހާރު ޞާލިޙުގެ ހެޔޮފުޅުކަންވެސް ލަހެއް ނުވާނެ.

  3. ޕޭޓްރިއަޓް

    މި ކުއްޖާ ރޭޕް ގެ ޝިކާރަކަށް ވީމަ ވެސް ގޯސް މިވީ މި ކުއްޖަ ، މިއީ އިންޑިޔާ ޕާކިސްތާނުގެ ބޯދާ ވިސްނުމެއް ، ދިވެހިން ގެންގުޅޭ ވިސްނުމެއްނޫން ، ބަޔެއް ދިވެހި ލިޔުންތެރިން ކުއްޖަކު ރޭޕް ވުމަކީ އެ ކުއްޖާގެ ޢަބުރާ އިއްޒަތް ގެއްލުމޭ ލިޔަނީ މި ލިޔެވޭ އެއްޗެއްގެ މާނަޔަށް ނުވިސްނަ ،އިންޑިޔާ މީހުން އެހެން ކިޔާތި ކިޔަނީ ، އަބުރާ އިއްޒަތް ރާއްޖޭގައި ގެއްލޭ ކަމެއްނޫން ރޭޕް ގެ ޝިކާރައަކަށް ވުމަކީ ،ދިވެހިން އެ ވިސްނުން ނުގެން ގުޅޭކަމީ ވަރަށް ރަނގަޅު ކަމެއް.