ޕޯޗުގަލް އާއި ޔުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ، ޑޮލޮރޭސް އަވެއިރޯ ކެންސަރު ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އެބަދެއެވެ. އުރަމަތީގެ ކެންސަރަށް އޭނާ ޕޮޒިޓިވް ވެފައިވާއިރު، މިއީ ކެންސަރު ބަލީގައި އޭނާއަށް ފަރުވާ ދޭން ފެށި ދެވަނަ ފަހަރެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ރޮނާލްޑޯގެ މަންމަ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނީ ރޮނާލްޑޯގެ 35 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އިޓަލީ އަށް ދިއުމަށް ހަމަޖެހިފައިވަނިކޮށެވެ. ނޫހަކަށް އަވެއިރޯ ދިން ބަސްދީގަތުމެއްގައި މިކަން ހާމަކޮށްފައިވާއިރު، މި ބަސްދީގަތުމުގައި ރޮނާލްޑޯ އަށް ކުރާ ރޭޕުގެ ތުހުމަތުތަކާ ގުޅިގެން އޭނާ ދިން ބަސްދީގަތުމެކެވެ.

ކެންސަރާ ގުޅޭގޮތުން އަވެއިރޯ ގިނަ ވާހަކަތަކެއް ދައްކާފައި ނުވެއެވެ. އޭނާ ބުނިހާވެސް އެއްޗަކީ ކެންސަރު ބައްޔާ ގުޅިގެން ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި މީހުންނަށް އެނގޭނީ އެންމެ އޮޕަރޭޝަނެއްގެ ވާހަކަކަމަށެވެ.

އުރަމަތީގެ ކެންސަރާ ގުޅިގެން މެޑްރިޑުގެ ހޮސްޕިޓަލަކުން އޭނާ ގިނަ ފަރުވާތަކެއް ހޯދާފައިވާއިރު، މިހާރު ހާލު ވަރަށް ދެރަކަމަށާއި ހަނގުރާމަ ކުރަމުންދަނީ ފުރާނައާކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނާގޮތުގައި ރޯނާލްޑޯ ވަނީ މީގެކުރިން، އޭނާގެ މަންމައަށް ފަރުވާ ދިން ހޮސްޕިޓަލަށް 100،000 ޕައުންޑުގެ ބޮޑު ފައިސާގެ އެހީތެރިކަމެއްވެސް ދީފައެވެ.

ރޭޕުގެ ތުހުމަތުތަކާ ގުޅިގެން ރޮނާލްޑޯގެ މަންމަ ބުނީ އޭނާގެ ދަރިފުޅު އެފަދަ ކަމެއް ކޮށްފާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރާކަމަށާއި އޭނާއަށް ދަރިފުޅު ވަރަށް ރަނގަޅަށް އެނގޭކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސޭޙަތް

    އެއްވެސް މަޚުލޫޤަކަށް ފުރާނަޔާ ހަނގުރާމަ ނުކުރެވޭނެ.. ރޮނާލްޑޯގެ މަންމަ ހަނގުރާމަ ކުރަނީ ކެންސަރާ، އެއްވެސްޙާލެއްގައި މަރަކާ ނުވަތަ ފުރާނަޔަކާނޫން.....

  2. ޕޫ

    މިސޮރުގެ ބައްޕަ ކޮބައިބާ ބައްޕަގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ...

  3. ނަސީމް

    ފުރާނަޔާހަނގުރާމަކުރެވޭވަރުގެ އިންސާނެއްނޫޅޭނެ!