ބޮލީވުޑްގެ ބަތަލާ ކަރިނާ ކަޕޫރްއަކީ އޭނާ ފިލްމީ ދާއިރާއަށް ނިކުތީއްސުރެ ބޮޑު ބްރޭކެއް ނުނަގާ މަސައްކަތުގައި އުޅެމުން އަންނަ އެއް ފަންނާނެއެވެ. މާބަނޑު އިރުވެސް އޭނާ އުޅުނީ ފިލްމީ ކަންތައްތަކުގައެވެ. ހަފްލާތަކުގައެވެ. އެކަމާއި ހެދި އޭނާގެ ގިނަ ވާހަކަތައް މީޑިއާގެ ސަމާލުކަންވެސް ލިބުނެވެ.

މިހާރު އޭނާ ވިހައިގެން ދަރިފުޅަށް ދެ އަހަރަަށް ގިނަ ދުވަސްވެފައިވާއިރު، ތައިމޫރް ބަހައްޓާފައިވެސް ކަރީނާ އުޅެނީ މަސައްކަތުގައެވެ. އެކަމާއި ހެދި އޭނާއަށް ފާޑުކިޔުންވެސް އަމާޒުވެއެވެ.

ނަމަވެސް ތައިމޫރް ބެލުމަށް މީހަކު ހުރެއެވެ. ތައިމޫރްގެ ހުރިހާ ކަމެއް އޭނާ ކުރާއިރު، އޭނާގެ މުސާރަވެސް އެހާބޮޑެވެ.

ކަރީނާ ތައިމޫރްއަށް މާބޮޑު ސަމާލުކަމެއް ނުދީ މަސައްކަތުގައި އުޅެމުން އަންނާތީ މީހުން ދައްކާ ވާހަކަތަކަށް ރައްދުދެމުން ކަރީނާ ބުނީ، މީހުންނަކަށް އޭނާގެ ދިރިއުޅުމެއް ނޭގޭނެ ކަމަށެެވެ. އަދި ތައިމޫރް ބަހައްޓާފައި މަސައްކަތަށް އަންނަން ޖެހޭތީ ކަންބޮޑު ވާކަމަށްވެސް ކަރީނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި، ދަރިފުޅު ބަހައްޓާފައި މަސައްކަތުގައި އުޅޭ މީހުން ކުރަން ޖެހޭކަމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުންކަން. އަހަަރެން ހެނދުނު މަސައްކަތަށް ދާއިރު، އަހަރެން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވޭ ތައިމޫރް ގޭގައި ކުރާނެ ކަމަކާއި މެދު". ކަރީނާ ބުންޏެވެ.

ކަރީނާ ބުނީ، ތައިމޫރް ބޮޑުވެގެން ޔަގީނުންވެސް އޭނާއާ މެދު ފަހުރުވެރިވާނެއެވެ. އަދި މަސައްކަތުގެ މާހައުލުގައި އުޅޭ މަންމައަކު ކުރަމުން އަންނަ މަސައްކަތް ދަރިފުޅުަށް ފެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުންޏެވެ.