ކުރަފި ދެކެ ބިރު ނުގަންނަ މީހުން ވަރަށް މަދެވެ. ކުޑަ ކުޑަ އެއްޗެއްކަމުގައިވިޔަސް، އެންމެ ގިނަ ބަޔަކު ބިރު ގަންނަ އެއް ސޫތްޕަކީ ކުރަފިކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަން އޮތީ މި ގޮތަށެވެ. އެހެންކަމުން، އާއްމު ސައިޒަށްވުރެ، އަސްލަށްވެސް ބިރުވެރިކޮށް ހުންނަ ކުރަފި ދެކެ މީހުން ގަންނާނެ ބިރު އަންދާޒާވެސް ނުކޮށްލެވެއެވެ.

އޮސްޓްރޭލިޔާ އަށް މިހާރުވަނީ ބޮޑު ކުރަފީގެ ބިރުވެރިކަމެއް ކުރިމަތިވެފައެވެ. އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި މި ބާވަތުގެ ކުރަފި ވަރަށް ގިނައިން އުޅެމުންދާއިރު، ގޭތެރެ ކިތަންމެ ސާފު ކޮށްފައި ހުރިކަމުގައިވިޔަސް މި ސޫފިތައް ވަންނަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ބޮޑެތި ކުރަފިތައް ގެތަކުގެ ތެރެއަށް ވަންނަމުންދާތީ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ގޮސްފައިވާއިރު، ސައިންސްވެރިން ވަނީ ވެގެން އުޅޭގޮތުން ހާމަކޮށްފައެވެ.

ޔުނިވަރިސިޓީ އޮފް ސައުތު އޮސްޓްރޭލިޔާގެ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި، މި ކުރަފިތައް ފެނުމާއި، ސާފުތާހިރުކަމާ އެއްވެސް ގުޅުމެއް ނެތެވެ. އެފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މިކަމުގެ ސިއްރަކީ އެޤައުމަށް މިހާރު ކުރިމަތިވެފައިވާ ހޫނުކަމެވެ. ހޫނުކަމުގެ ސަބަބުން، ކާއެއްޗެހި ހޯދަން މި ކުރަފިތައް ގެތަކަށްވެސް ވަންނަނީކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ކުރަފިތަކާ ގުޅިގެން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. މި ކުރަފިތަކާއެކު ނުރައްކާތެރި ބެކްޓްރީޔާތަކެއް ގެތަކެއް ވަދެފާނެކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މަނަމައިންނާނީ ފުރާޅު މަތީ ބިރުން

  2. އަޙްމަދް

    ހެހޭ: ދުނިޔޭގައި ކުރިއަރާފައިވާ ތަހްޒީބް ގައުމެކޯ!؟

  3. ކާފު

    އަހަރުމެން ކުރަފި ފެނިގެން ދުއްވައިގަންނަނީ އޭތި ކާލަފާނެތީކީ ނޫން އެކަމަކު އޭތި އުދިހިފައި އައިސް ގަނގައި ޖައްސާފަނެތީ ވަރަށް ނުބައިވަސް ދުވާނެ އޭގައި އެހެންމެ..