އަންހެނަކު ސަލްމާން ޚާންގެ އަނބިމީހާކަމަށް ހެދިގެން އޭނާގެ ލަގްޒަރީ އެޕާޓްމެންޓަށް ވަންނަން އުޅެފިއެވެ،

ރިޕޯޓްތައް ބުނާގޮތުގައި، ސެކިޔުރިޓީއަށް ވެސް ފިލައިގެން އެ އަންހެން މީހާ ސަލްމާން ދިރިއުޅޭ އެޕާޓްމެންޓާއި ދިމާލަށް ދިޔައިރު، އޭނާ ފަޅާއަރާފައި ވަނީ ސަލްމާންގެ ކޮޓަރީ މާގިނައިން ތެޅުމުންނެވެ. އަދި އެގޭގެ އެލާމް އެޅިއެވެ.

އެލާމް އެޅުމުން އެގޭގެ ސެކިޔުރިޓީން ވަނީ އެ މީހާ އެގެއިން ނެރެފައެވެ. އެހެން ނަމަވެސް އެ މީހުން ފުލުހުންނަށް ގުޅާފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެކަމާ އެ އަންހެން މީހާ ހުރީ ވަރަށް ބޮޑަށް ހައިރާންކަމެއްގެ ތެރޭގައެވެ.

އެ އަންހެން މީހާ އެގެއިން ނެރުނު ވަގުތު އޭނާއަކީ ސަލްމާންގެ އަނބިމީހާކަމަށް ގޮވަމުން ދިޔަ ކަމަށް ވެއެވެ.

އެ އަންހެން މީހާ އެގެއަށް ގޮސްފައި ވަނީ ސަލްމާން ޚާން އިންޑިއާގައި ނޫޅޭ ވަގުތެއްގައެވެ. އޭނާއަށްވެސް އެކަން ކޮންމެވެސް ވަަރަކަށް އިނގޭކަމަށް ވެއެވެ. މިކަން ހިނގާދިޔަ ވަގުތު ސަލްމާން ޚާން ހުރީ އަބޫދާބީގައެވެ. ސަލްމާން ޙާން މިހާރު މަސައްކަތް ކުރަމުން ދަނީ ޜޭސް 3 ގައެވެ. އޭނާ އަބޫދާބީއަށް ގޮސްފައި ވަނީވެސް އެ ފިލްމްގެ ޝޫޓިންގއަށް ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާސާން

    ޜޭސް، 3 ނޫން. ޜޭސް 4