އުމުރުން 13 އަަހަރުގެ އިންޑިއާއަށް ނިސްބަތްވާ މި ކުއްޖާއަކީ އެއްވެސް ރަހުމަތްތެރިއެއް ނެތް ކުއްޖެކެވެ. ޖެހިފައިވާ ބަލީގެ ސަބަބުން ގިނަ ކުދިން އޭނާއަށް ކުރަނީ މަލާމާތެވެ. ކިޔަނީ ކިޔާނެ އެއްޗެކެވެ. އޭނާއާ ދިމާލަށް ކުދިން ގޮަވަނީ ރާމާމަކުނޭ ކިޔާފައެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެ ކުދިންނާއި ރަހުމަތްތެރިވާށެވެ.

ލަލިތް ޕަތިދާރް ނަމަކަށް ކިޔާ އެ ކުއްޖާއަށް ޖެހިފައިވާ ވެއާވުލްފް ސިންޑްރޯމް ބަލީގެ ސަބަަބުން މޫނާއި ހަށިގަނޑުގައި ހުންނަނީ އިސްތަށި ފަޅާފައެވެ. އެހެންކަމުން، އޭނާއާއެކު ކުޅެން ރަހުމަތްތެރިންވެސް ނުދެއެވެ. ނަމަވެސް އޭނާ އުއްމީދު ކުރަނީ އެ ބަލިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރާށެވެ.

ލަލިތް ބުނިގޮތުގައި، އެ ބަލި ހުއްޓަސް އޭނާގެ ދިރިއުޅުން އުފާވެރިއެވެ. އަދި ބޮޑުވެގެން ބޭނުންވަނީ ފުލުހުންގެ ވަޒީފާއަށް ނުކުންނާށެވެ.

"ބައެއް ފަހަރު އަހަރެން ހިތައް އަރާ އަހަރެންވެސް އެހެން ކުދިން ހުންނަ ގޮތަށް ހުންނަ ނަމައޭ. އެކަމަކު އަހަރެން މިހާރު މިކަމަށް ހޭނިއްޖެ". ބޭރުގެ ބައެއް މީޑިއާތަަކަށް އޭނާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ލަލިތްގެ މަންމަ ބުނީ، ލަލިތް ވިހެއިއިރުވެސް ހުރީ އެހެން ކަމަށެވެ.

"އެއިރުވެސް މުޅި ހަށިގަނޑުގައި ހުރީ އިސްތަށި. ވަރަށް ބޮޑަށް ހައިރާންވެސްވި އެވަރުވީމަ". އޭނާ ބުންޏެވެ.

އެ އަންހެން މީހާގެ ފަސް ދަރިންގެ ތެރެއިން މިގޮތަށް ހުންނަނީ ލަލިތް އެކަންޏެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށް އެތައް ކަމެއް އެ އާއިލާއިން ކުރިއެވެ. ނަމަވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

އެ ބަލީގެ ސަބަބުން ލަލިތްއަށްވެސް އުނދަގޫތަކެއް ވެއެވެ. އެގޮތުން ނޭވާލާން އުނދަގޫ ވުމާއި، ތަންތަން ބަލަން އުނދަގޫވާކަމަށް އޭނާ ބުންޏެވެ.

އޭނާގެ އެ ބަލީގެ ސަބަބުން އެތައް ބަޔަކު އޭނާއަށް އަނިޔާކުރިއެވެ. އެއްޗެހި ކިޔާ، ގާ އެއްޗެހިވެސް އޭނާގެ ގަޔަށް އުކިއެވެ. އެ ހުރިހާ ފަހަރެއްގައި އޭނާއާ އެންމެ ކައިރީގައި ހުރީ އާއިލާއެވެ. އޭނާ ސަލާމަތްކޮށްދިނީ އާއިލާއެވެ.

ސްކޫލްގައި ފުރަތަމަ ލަލިތްއާއި ދިމާލަށް އެއްޗެހި ކިޔާ ހެދި ނަމަވެސް މިހާރު އެ ކުދިން އޭނާއާ ވަރަށް ގާތެވެ. ލަލިތް އަންނަނީ ސްކޫލްގައިވެސް ރަނގަޅު ނަތީއްޖާއެއް ހޯދަމުންނެވެ. އަދި އޭނާ ކުޅިވަރުގައިވެސް ވިދާކަމަށް ސްކޫލުން ވަނީ ބުނެފައެވެ.

ލަލިތްގެ އުއްމީދަކީ އެ ބަލިން އޭނާ ސަލާމަތްވެ، ފުލުހަކަށްވެގެން މަންމައަށް އެހީވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގާރލް 7

    މާތްﷲ ގެ އިރާދަފުޅުން ލަލިތްގެ ބައްޔަށް ޝިފާއެއް ދެއްވާ އޭނާގެ އެ އުއްމީދު ފުރިހަމަވުމަށް މަގުފަހިކޮށްދެއްވަނދޭ... އަދި ލަލިތްއާއި އޭނާގެ އާއިލާއަކީ މުސްލިމުން ކަމުގައި ނުވާނަމަ އެއާއިލާއަށް އިސްލާމީ ހިދާޔަތު ދައްކަވާ މުސްލިމުންގެ ގޮތުގައި ނިމިދިއުމުގެ ޝަރަފު ދެއްވާނދޭ... އާމީން

    • މީ

      ޔާﷲ އާމީން

    • ޟޮޮސަ

      އާމީން

  2. ޜާނީ

    މުޅި ހަށިގަނޑުގަ އިސްތަށި ފަޅާފައޭ ބުނި އިރު ފޮޓޯގަ ފެންނައިރު ކަރުގަ އިސްތަްްޓެއް ނެތް ފަޅާފައެއް

  3. ޝަހޫ

    ޥަރ

  4. ހަސަދު

    ބަލާ ބެލުމަސް ހީވަނީ ހަދާފައިވާ ފޮޓޯއެއް ހެން.

  5. ކޮއްކޮ

    ލަލިތް ވަރަށް ރީތި 😊