ވަޒީފާއެއް ހޯދަން އުޅޭ މީހުންނަށް މާލީ އެހީއެއް ދިނުމަކީ ވެރިކަން ކުރާ އެމްޑީޕީގެ ވައުދެކެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ވަޒީފާއެއް ނެތް، ނަމަވެސް ވަޒީފާއެއް ހޯދަން އުޅޭ މީހުންނަށް މާލީ އެހީއެއް ލިބޭނެ ގޮތް ހަދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގައި އެކަނި ކުރާ ކަމެއް ނޫނެވެ.

ވަޒީފާއެއް ނެތް މީހުންނަށް މާލީ އެހީއެއް ދިނުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ގައުމަކީ ފިންލޭންޑެވެ. ނަމަވެސް ފިންލޭންޑްގައި ދެއަހަރު ވަންދެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވަޒީފާއެއް ބޭނުންވެ، ވަޒީފާއެއް ނުލިބިފައި ތިބި މީހުންނަށް މާލީ އެހީއެއް ދިނުމަކީ ތާކުންތާކު ނުޖެހޭ ބޭކާރު ކަމެކެވެ.

އެފަދަ މީހުންނަށް މާލީއެހީއެއް ދިނުމުގެ މަޤުޞަދަކީ އަވަހަށް ވަޒީފާއެއް ހޯދަން ހިތްވަރު ދިނުމެވެ. އަދި ވަޒީފާއެއް ހޯދުމަށް ކުރަން ޖެހޭ ޚަރަދެއް އޮތްނަމަ އެޚަރަދެއް ހަމަޖައްސާނެ ފައިސާ ދައުލަތުން ފޯރުކޮށްދިނުމެވެ.

ފިންލޭންޑުން ވަނީ ދެއަހަރު ވަންދެން ކޮންމެ މަހަކު 560 ޔޫރޯ ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ދީފައެވެ. ދެއަހަރު ވަންދެން ކުރި ދިރާސާ އިން ދައްކާ ގޮތުގައި މިފައިސާ ލިބޭ މީހުން ފައިސާ ލިބެން ފެށުމުން ވަޒީފާއެއް ހޯދަން އެކަށީގެންވާ ވަރާއި ގާތަކަށް ވެސް މަސައްކަތެއް ނުކުރެއެވެ. ނަތީޖާއަކަށް ވެފައި ވަނީ ދައުލަތުން ބޭކާރު ބޮޑު ޚަރަދެއް ކުރަން ޖެހުމެވެ.

އެހެންކަމުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިގޮތައް ފައިސާ ދިނުން ފިންލޭންޑުން ވަނީ ހުއްޓާލާފައެވެ.

ދިރާސާ ކުރި ތަޖުރިބާކާރުން ބުނާ ގޮތުގައި ވަޒީފާއެއް ބޭނުންވާ މީހުންނަށް ފައިސާ ދިނުމުގެ އުސޫލު އުވާލުމަށް ފަހު އެމީހުން އަވަހަށް ވަޒީފާއަށް ނިކުންނާނެ ކޮންމެވެސް އެހެން ސިޔާސަތެއް، ސިޔާސަތުތައް އެކަށައަޅާ މީހުން ހޯދަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. 3 ވަނަ ވިސްނުން

    ބުހުތާނު ދޮގު.100 ދުވަސް ތެރޭގައި ވީ ވައުދު ކިޔައި ދިން އިރު އެންމެ ވައުދެއް ވިތަ ،އެއްވެސް ކަމެއް ގެ ޒިންމާ ނެގުމުގެ ވައުދު. ޢިންޑިޔާގެ ކޮޗިން ގަ " އަމްރިތާ ހޮސްޕިޓަލުގަ ބޭސް ފަރުވާ ކުރަން އައިސްތިބި ދިވެހިންގެ އަސާސީ ހައްގު މިންވަރު ކަށަވަރު ކޮން ދީފަ ފުރަތަމަ ވައުދުވާން ވީ !

  2. Anonymous
  3. މަޖީދީ

    އެމީހުން ޗާޗް އެޅީޔޭ ކިޔާފަ ދިރާސާ އެއް ކުރީމަ އޭގެ މާނައަކީ މިތާ ޗާޗް ނޭޅުމަކީ ބޭކާރުކަމެކޭތަ؟؟؟؟؟؟؟

  4. Anonymous

    އެތައްބަޔަކު ބޭނުން ކަމެއް ހުއްޓުވަން އުޅުމަކީވެސް ބޭކާރުކަމެއް

    1
    1
  5. Anonymous

    ކޮބާ ދިރާސާގެ ހެކި. ލޮލް ޑެސްޕަރޭޓް!

    1
    1
  6. ކުޑަބަޖަރާ

    މޮޔަ އަކަށްވެސް އެނގޭނެ ވަޒީފާއެއްމިހޯދަނީ ފައިސާގެ ބޭނުމުގައިކަން. ވަޒީފާއެއްއަދާނުކޮށް ފައިސާ ލިބެންޏާ ކާކު ވަޒީފާ އަދާކުރާނީ. ނުކުރާނެ.

    2
    1
    • Anonymous

      ފައިސާ އޭބުނާއިރު މި ދެނީކީ މަހަކު ލައްކައެއްހާ ރުފިޔާތަ؟

      1
      1
  7. ދޮންބެ

    ރާއްޖޭގެ ޒުވާން އާބާދީގެ ވަރަށް ބޮޑުބައެއް އުޅެނީ މަސްތުވެގެން ވަޒީފާއެއް އަދާނުކޮށް. އެމީހުންނަކީ އަތުންފައިން މަސައްކަތެއްނުކޮށް އުޅޭބައެއް. ދެން މިކަންކުރުމުން މިމީހުންވެސް ވަޒީފާ ބޭނުންވާމީހުންގެ ދަފްތަރުގައިޖެހި، އެކަމަކު ދުވަހަކުވެސް ވަޒީފާއެއް އަދާނުކޮށް އުމުރުދުވަހަށް ޕީސްގަންނަން ފައިސަ ލިބޭނެގޮތެއްވީ. ވަޒީފާ އެބައޮތް މިގައުމުގަ. ދިވެހިން ބޭނުންނުވަނީ. ތިމާބޭނުންވާ ވަޒީފާ ލިބެންދެން ކުރެވޭނެ މަސައްކަތްވެސް ބައިވަރު އެބަހުރި.