ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގާތް އެކުވެރިއެއްކަމުގައިވާ ރިޗަޑް ބްރެންސަން، ޖައްވަށް ދިއުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ހާމަކޮށްފިއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބްރެންސަން ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް މަހުގެ ތެރޭގައި ޖައްވަށް ދިއުމަށެވެ.

"ވާޖިން" އެއަރގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ބްރެންސަން، އެކުންފުނީގެ ގަލެކްޓިކް ސްޕޭސްޝިޕެއްގައި ޖައްވަށް ދިއުމަށް ހަމަޖެހިފައިވާއިރު، އެކަން ކުރަނީ އެމެރިކާ އިން ޖައްވަށް ދިޔަކަމަށް ބުނާ ތާރީޚަށް 50 އަހަރު ފުރޭ މުނާޞަބަތާ ގުޅުވައިގެންނެވެ.

"އަހަރެންގެ އުންމީދަކީ ހަނދަށް ދިޔަތާ 50 އަހަރު ފުރޭ މުނާސަބަތުގައި ޖައްވަށް ދިއުން، އެއީ އަހަރެމެން މި މަސައްކަތް ކުރާ އަމާޒަކީ" ބްރެންސަން ބުންޏެވެ. އެމެރިކާ އިން ހަނދުގައި ފައި ޖެއްސިކަމަށް ބުނާ ތާރީޚަކީ ޖުލައި 20، 1969 އެވެ.

ވޮޝިންޓަނުގައި ކުރިއަށް ދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަމުން މި އިނގިރޭސި ވިޔަފާރިވެރިޔާ ބުނީ، މި އަހަރުގެ ތެރޭގައި އޭނާ ޖައްވަށް ގޮސް، މި އަހަރު ނިމެންވާއިރަށް އޭނާގެ ކުންފުނީގެ ސްޕޭސްޝިޕުގައި ފަތުރުވެރިން ޖައްވަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މީގެކުރިން، މި އަހަރުގެ ތެރޭގައި ބްރެންސަން ވަނީ އޭނާ ޖައްވަށް ދިއުމަށްޓަކައި ހަދަން ޖެހޭ ތަމްރީނުތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

ވާޖިން ގަލެގްޓިކް އިން ދަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމޭޒޮންގެ ފައުންޑަރ ޖެފް ބީޒޮސްގެ އެހެން ކުންފުންޏެއްކަމުގައިވާ ބްލޫ އޮރިޖިން އަދި އީލަން މަސްކުގެ ސްޕޭސްއެކްސްއާއެކު 2020 އަންނަންވާއިރަށް ޖައްވަށް ފަތުރުވެރިން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެފަރާތްތަކުން ފަތުރުވެރިން ޖައްވަށް ފޮނުވަނީ ސަބޯޝަލް ފްލައިޓްތަކެއްގައެވެ. މި ފްލައިޓުތަކުގައި، ދުނިޔެ ވަށާ ބުރު ނުޖެހޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަ

    ދަމުން ނަސީދުވެސް ގެންދޭ... އަންނައިރު ނުގެނެއްޔާ ރަނގަޅު

  2. އަޙްމަދް

    ދޭދޭ އަނބުރާ ނާއްނާތި.

  3. ޕްރައިވެޓް

    ކައިރީގައި ތިހިރަ މީހާ ގޮވައިގެން ދޭ

  4. ހިމަބިހި

    ތިސުންޕާ ކަލޭގެ ގޮވައިގެންދޭ މިކޮޅަށް ނުގެންނާތި! ތިޔަބާލާވެރިކަމާހުރެ މިޤައުމު މިދަނީ ފަނާވަމުން!

  5. ހިމަބިހި

    އާބިދާގެ މޯހަން ހަނދަށް ކަލޭ ޖައްވަން އާބިދާގެ މޮޔަ ސޮރު ނުގެނައުން އެދެން!

  6. ކަލެއަށް ބޮޑަށް އިނގޭނީ

    އަހަރެން މިދަނީ ހނދަން ކަލޭވެސް އާދޭ...