ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަނިދި ނުލިބޭނެމަ މަސައްކަތުގައިވެސް އުޅެން ޖެހިއްޖެނަމަ މަސައްކަތް ރަނގަޅަށް ނުގޮސް މަސައްކަތް ކުރުމަށްވެސް ފޫހިވާގޮތް މެދުވެރިވެއެވެ. ކާމިޔާބު ބައެއް މީހުން ބުނާގޮތުގައި، އެ މީހުންވެސް ނިދުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.

މިގޮތުން ބައެއް ކާމިޔާބު މީހުން ނިދާ ގަޑިތަކާއި، ނިދަނީ ކިހާ ވަގުތުކޮޅަކަށްކަން ބަލާލަމާ ހިނގާށެވެ.

ބިލްގޭޓް

ދުނިޔޭގެ އެންމެ ކާމިޔާބު މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކަމުގައިވާ ބިލްގޭޓް ނިދަނީ ކޮންމެ ރެއަކު 7 ގަޑިއިރުއެވެ. އެއީ ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 7:00 ޖަހާ އިރާ ހަމައަށެވެ.

ރިޗާޑް ބްރޭންސަން

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ރިޗާޑް ނިދަނީ ފަސް ގަޑިއިރުއެވެ. 12:00 އިން ފެށިގެން 5:00 ޖަހަންދެންނެވެ.

ޓިމް ކޫކް

އެމެރިކާގެ ބިޒްނަސް އެގްޒެކެޓިވް އަދި އެޕަލްގެ ސީއީއޯ ނިދަނީ ހަތްގަޑިއިރުއެވެ. އޭނާ ނިދަނީ ރޭގަނޑު 9:30 އިން 4:30 އަށެވެ.

ނަރެންދާ މޯދީ

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވިގޮތުގައި، ޑޮކްޓަރުންގެ އިރުޝާދާއެކު ނިދަނީ ފަސް ގަޑިއިރުއެވެ. ނަމަވެސް ނިދެނީ ހަތަރު ގަޑިއިރާއި ފަސްގަޑި އިރާއި ދެމެދުއެވެ.

ބަރަކް އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ރޭގަނޑު ގަޑީ ނިދަނީ ހަ ގަޑިއިރުއެވެ. އެއީ 1:00 އިން 7:00 އަށެވެ.

އެލެން ޑީދަ ޖެނެރަސް

އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓެލެވިޒަން ހޯސްޓް އަދި އެކްޓްރެސް އެލެން ނިދަނީ ކޮންމެ ރެއަކު އަށް ގަޑިއިރުއެވެ. އެއީ 11:00 އިން 7:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހުމަދު އަދީބު

  ކޮބާ އަހަރެން ނިދާގަޑި

 2. ރަކޫޓަންޖިންނި

  ކޮބާ އެންމެ ކާމިޔާބު މަގޭ އަންނި ނިގާދަޑި.

 3. ޢަބްދުﷲ

  ނިދަން އެންމެ ރަނގަޅީ ރޭގަނޑުގެ ދެވަނަ ދަމުން ފަތިހު މުނާޖާ ގޮވުމާ ހަމައަށެވެ.

 4. ކަލޯ

  ތިޔަ މަސައްޖަތ ރަނގަޅު. ޏަމަވެސް ތިޔަމަޢލޫނާތ ބަލައިގަންނަން އުނދަގޫ.

 5. ނަސޭހަތް

  ތީ ހަގީގީ ނާކާމިޔާބު މީހުން. މިދުނިޔޭގެ ލައްޒަތާ ފައިސާ ބައްކުރުމުގަ ބޭކާރު ހަރަދު ކުރުމުގަ އުޅޭނީ ބޯގޯސް ނުވިސްނޭ މީހުން. އުޚުރަވީ ހަޔާތުގަވާ ނިއުމަތްތައް ކުޑަކޮށްވެސް ތަސައްވުރު ވެވޭނަމަ ސަޖިދައިން ބޯ ހިއްލާލަން ބޭނުން ނުވާނެ، ގުރުއާނުން އަތް ދޫނުކުރާނެ. މީ ވަރަށް ވާހަކަ!