ޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

މީރު ކަމުގެ އިތުރަށް ޖަނބުރޯލަކީ ސިއްޙީ އެތައް މަންފާއެއް ލިބޭ އެއްޗެކެވެ. މިގޮތުން ތިރީގައި އެވަނީ އޭގެން ލިބޭ ބައެއް ފައިދާތަކެވެ.

ފެން ގިނައިން ހުރުން : ޖަނބުރޯލުގައި ފެން ވަރަށް ގިނައިން ހުރެއެވެ. ކޮންމެ 100 ގުރާމް ޖަނބުރޯލްގައި 93 ގްރާމަކީ ފެނުގެ ބައެވެ. އެހެންކަމުން ޖަނބުރޯލް ކެއުމުން ހަށިގަނޑަށް ފިނިކަމެއް އިހްސާސް ކުރެވޭނެ އެވެ. އެހެންކަމުން، ގުރުދާގެ މައްސަލަތައް ހުންނަ މީހުން ވެސް ބޭނުންކުރަން މިއީ ރަގަޅު މޭވާއެއް ކަމަށް ބެލެވެއެވެ.

ކަރުތެރެ ހަލާކުވުމާއި، އަނގަފާރު : އަނގައިގެ ތެރޭގަޔާއި، ތުންފަތުގައި އަދި ދުލުގައި އުފެދޭ ފާރު ޖަނބުރޯލު ކެއުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. މިހެން ދިމާވަނީ އޭގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުންނާއި، އަދި ފެން ގިނައިން އެކުލެވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ކަރުތެރެ ހަލާކުވުން، ކަރުތެރެ ރަތްވެ ފާރުވުން ފަދަ ހާލަތްތަކުގައި ޖަނބުރޯލު އަދި އޭގެ ފަނި ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ.

• ހަކުރު ބަލި : ޖަނބުރޯލަކީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. މިއީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ކިޔުންތެރިންގެ ހިޔާލު