ދިވެހިންގެ ތެރޭގައި ނުރަނގަޅު އާދަތައް ހަރުލާ ވާހަކަ އަބަދުވެސް ދެކެވެއެވެ. ނަމަވެސް އެކަންތައް ޙައްލު ކުރުމަށް ކޮންމެވެސް ބަޔަކު ނިކުންނަތަން ފެނެއެވެ. ލަޓޯ ފަޓޯ ވެގެން އުޅޭ ޒުވާނުންނަށް މަގު ދައްކައިދިނުމަށްވެސް ބަޔަކު މަސައްކަތް ތަކެއް ކުރެއެވެ. ނަމަވެސް މިއަދު މިބުނަން އުޅޭ މައްސަލައާމެދު އެއްވެސް މީހަކު އެއްޗެއް ނުބުނެ، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާތީ އެކަމާ ލައްކަ ލަދު ގަންނަމެވެ. ނަންގަންނަން މިއުޅެނީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ދައުރުވަމުން އަންނަ މީހެއްގެ ވީޑިއޯ ތަކެއްގެ ވާހަކައެވެ.

ޓިކްޓޮކް ކިޔާ އެޕްލިކޭޝަންއެއް ރާއްޖެއަށް ތަޢާރަފްވެ، އޭގެ އަވައިގައި ދިވެހިން ޖެހުނު ދުވަހު އެވާހަކަވެސް އަޅުގަނޑުވާނީ ދައްކާފައެވެ. އެކަމުން މުޖުތަމަޢަށް ކުރާނެ ނުރަނގަޅު އަސަރުތަކާއި އެކަމުގެ ސަބަބުން މީހާގެ "ހަޔާތް" ކެނޑި އެކްޓިންގްގެ ނަމުގައި ބޭނުން ގޮތަކަށް އުޅޭ ވާހަކަވެސް އޭރު ދެއްކީމެވެ. ގިނަ ބަޔަކަށް އެދުވަހު އެ ދެއްކި ވާހަކަ ޖޯކަކަށް ވިޔަސް މިއަދު މިވަނީ އެކަން ލޯމަައްޗަށް ފެންނަން ފަށާފައެވެ.

ޒެޑް (އަސްލު ނަމެއް ނޫން) ދިވެހިންގެ ތެރެއަށް މަޝްހޫރު ވެގެން ދިޔައީ ނިއުމާގެ "ސިހުރު ފަދަވި ކަމަނާ" ގެ ލަވައަށް އެކްޓްކޮށް ޓިކްޓޮކްގައި ހެދި ވީޑިއޯއަކުންނެވެ. މިވީޑިއޯ ރާއްޖޭގެ ގިނަ ވައިރަލް ޕޭޖްތަކުން އާއްމުންނާ ހަމައަށް ހިއްސާ ކުރި އިރު، މިކަން ގިނަ ބަޔަކަށްވީ މަޖާ ކަމަށެވެ. އަންހެން ދުޅާ ގޮތް ގަނޑަކަށް ހަދާފައިވާ މިވީޑިއޯއާއެކު މިމީހާގެ އިތުރު ވީޑިއޯ ތަކެއް އަނެއްކާވެސް އާއްމުވާން ފެށިއެވެ. މީގެ ތެރެއިން ބައެއް ވީޑިއޯތަކުގައި ބޭރުގެ އަންހެނުން ލައްވާ ބަޑިތައް ލައްވާފައި ހުރިއިރު، ލިވާތު (އެއްޖިންސުން ގުޅުން ހިންގުމަށް) ތަރުޙީބު ލިބޭ ގޮތަށްވެސް ގިނަ ވީޑިއޯތަކެއް ހަދާފައި އެބަހުއްޓެވެ. އަދި މިކަމަށް ތަރުޙީބު ލިބޭ ގޮތަށް ފޮޓޯތައްވެސް އާއްމުކޮށްފައި އެބަހުއްޓެވެ. އެއްވެސް ހާލެއްގައި މި ލިޔުން މިގެނެސްދެނީ އޭނާ އިތުރަށް މަޝްހޫރު ކުރާކަށް ނޫނެވެ. މިފަަދަ ކަންކަން އާއްމުވަމުންދާއިރު، މިކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ފަރާތްތަކެއް ނެތުމުން އެކަން އާއްމުންނަށް އެންގުމަށެވެ.

ﷲ ސުބްޙާނަޙޫ ވަތަޢާލާ އިންސާނުން އުފައްދަވާފައިވަނީ ދެ ޖިންސަކަށެވެ. އަދި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއްވަނީ ލައްވާފައެވެ. އަދި އަންހެނުން ފިރިހެނުންގެ ހެދުން އަޅާ އަންހެނުންވުންވަނީ ވަނީ ޙަރާމް ކުރައްވާފައެވެ. އަންހެނުންނަށްވެސް މިޙުކުމް އޮތީ މިގޮތަށެވެ. އަދި އަންހެން މީހާގެ ގޮތް ނަކަލު ކޮށް ފިރިހެނުން މިގޮތަށް އުޅުމަކީވެސް ޙަރާމް ކަމެކެވެ. ރަސޫލާވަނީ މިގޮތަށް އުޅޭ މީހުންނަށް ލަޢުނެތް ލެއްވިގެންވާ ކަމަށް ބަޔާން ކުރައްވާފައެވެ. (ޞަޙީޙުލް މުސްލިމް، ހަދީޘް 3013(

ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މުސްލިމް ޤައުމެއްގައި މިފަދަ ނުބައި ޢަމަލެއް އާއްމުވަމުން އަންނައިރު، މިކަމާ ބަހެއް ބުނެލާނެ، މިކަން މަނާ ކުރާނެ ދުލެއް ނެތުމަކީ ދެރަ ކަމެކެވެ. މިފަދަ މީހުންގެ މިފަދަ ކަންކަން ހުއްޓުވުމަކީ ފަރުދީ އަދި ދީނީ ވާޖިބެއް ކަމުގައި ދެކެމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

79 ކޮމެންޓް

  1. ???

    Ragalhu vaahakaeh

    24
    1
    • އަދަމް

      ރަގަޅު ވާހަކައެއް

      17
      1
  2. ޑެޑާ

    ވ. މުނާސަބު ލިއުން ކޮޅެއް ނަމަވެސް ފޯކަސްކުރެވިފަވާ ދާއިރާއާމެދު އިތުރަށް މަުލޫމާތު ހުށަހެޅުނު ނަމަ. އަޅުގަނޑަށް މިރެއާހަމައަށް ހީވެފަ މިއޮތީ ޓިކްޓޮކްގަ މިކަން އޮންނަނީ މިހިންކަމަށް.މުޅިންވެސް ފިރިހެނުން މިތެޅިބާލަނީ އަންހެން ނުވެގެން.

    20
    4
  3. ޓޯކް

    ޓިކްޓޮކާ ދެކޮޅު

    39
    2
    • ޓިކް

      ސާބަހޭ މަވެސް ޓިކް ޓޮކް އާ ދެކޮޅައް …..

      45
      4
  4. އިންސާނާ

    މިރާއްޖެއަކު ދީނީ އިލމުވެރިންނެއް ނެއް ތިބީ ސިޔާސީ އިލްމުވެރިން ތިމަގެ އެދުން ހާސިލްކުރުމައް ރައްޔިތުންނައް ދީން ކިޔާދޭމީހުން އެހެންވީމާ އެފަދަ މުޖުތަމައެއްގަ ކަންތައްހިނގާނެ އުސޫލުން ކަންތައް ހިނގަމުންް ދާމަންޒަރު މިފެންނަނީ

    29
    6
  5. ދިވެއްސެއް

    ޕްރައުޑް އޮފް ޔޫ ވަގުތު ނޫސް. އެކަހަލަ މީހުންގެ ވާހަކަ ހަމަ ކިޔަންވީ

    39
    4
    • ދިވެހި ދަރިއެއް

      އާނޮ ތި ކަހަލަ މީހުންގެ ވާހަކަ ހާމަ ކުރަންވީ އެކަމަކު ތި ކަހަލަ ވާހަކަ ތައް ހާމަ ކުރުމުގެ ކުރިން ކަމުގެ ދެކޮޅު ބަލާފަ ވާހަކަތައް ހާމަ ކުރުން އެދެން ގާނަ ކުރުމުގެ ނިޔަތުގާ ތިކަހަލަ ވާހަކަ އާމު ނުކުރެއްވުން އެދެން …..

      6
      22
      • ޢެލެކްސަ

        އެވީ ގަނާ ކުރުމަށް. އަޖައިބެއްފަހެ ނުވާނެތަ

        38
        2
  6. Anonymous

    ހުރިހިތާމަައެއްގެ ބޮޑުކަމާއެވެ..

    28
    3
    • ދޯ

      އާން ދޯ އެކަމަކު ކިކުރާނި ދޯ މީ އެބައެއްގެ ވަހަކާ ދެކުމުގެ ބަޙުރުވަހުންނަން ގޮތް

      14
      1
  7. ފުވައްމުލަކު ކަމަނަ

    ތިޔައީކީ ޓިކްޓޮކް އުފެދިގެން ފިޔަފެޅި ސޮރެއް ނޫން. ވަރަށް ކުޑަ އިރުއްސުރެ ތިހެން އުޅޭ ސޮރެއް.ހިސާބުގަނޑުގެ މީހުންގެ ތަރުހީބުން އަންހެންދުޅާ ވުމާއި،އަންހެން ނެށުމަށް ހިއްވަރު ލިބުނީ. މިކަން ހުއްޓުވަން ކުރަންވީ މަސައްކަތް ނުކުރެވި،މުޖުތަމަޢުގެ ގިނަ ޅަ ދަރިންތަކެއް ހަލާކުވެއްޖެ އަދިވަމުން އެބަދޭ. މިކަން ހުއްޓުވަން މުޅި ފުވައްމުލައް އަދި ރާއްޖެ ތެދުވާން ލަސްވެސްވެއްޖެ.ޖެންޑާ އަދި ޕޮލިހުންނަށް މިކަން ނުހުއްޓުވުނީ ކީއްވެ؟

    40
    3
  8. Anonymous

    ކޮބާ އޭނާ އެހެން އުޅުނެކޭ ކިޔާފަ އެހެން ދިވެއްސަކްށް ލިބޭނެ ގެއްލުމަކީ؟؟

    9
    47
    • އަޅޭ

      ހޫމްް ދޯ، ދެން ދޯ. އުޅޭފާޑެއް. މަށެއްނޫޅެމޭ އެގޮތަކަށް، އެކަހަލަ ހިނގުމެއްހުއްޓަކަސް. އެއީ ނެޗުރަލީ މަހުންނަގޮތޭ ނޯމަލީ.

      11
      20
    • ޙަސަނުގެދަރި

      ޢެހެންމީހަކަށް އެކަމުން ކަމެއް ނުވިޔަސް އެއީ އިސްލާމްދީނުގަ ރަސޫލާ މަނާކުރައްވާފަވާ ކަމެއް އަންހެނުން ފިރިހެން ވެގެން އުޅުން އަދި ފިރިހެނުން އަންހެން ވެގެން އުޅުން ދެން މަގުމަތީގަ ޒިނޭ ކުރަން ތިއްބަސް ބުނަން ވީތަ އެކަމުން އަހަރެމެނަށް ވަނީ ކީއްހޭ އާ!ބެލީމަތާ ފެންނާނީވެސް ނުބަލާ ދިޔައިމަވީނު ދީނީކަން ތައް ތަކުގަ މިއުސޫލުހުރެގެން ނުވާނެ އެފަދަ ކަންތައް ހުއްޓު ވަން އެމީހަކަށް ކުރެވުނު ކަމެއް ކުރަން ޖެހޭނެ

      46
      5
  9. Anonymous

    މިހާރު މިއޮތީޖަޒީރާވެފަ. އެއްޗެއްބުނެ ހުއްޓުވަން އުޅޭމީހާވާނީއަވަދި. ޢަނެއްދުވަހުއަނގާއިގެތެރެއަށް އަތްބާނާފަ ގޮހޮރުދަމައިނުގަންނާނެ ކަމުގެ އެއްވެސްޔަގީންކަމެއްނެތް. ތިޔަފެްނަނީކިތައް އެކްސިޑެންޓްތޯ؟ ދެންވެސްއެބުނީ މީތިސަޅިއޭ.. އަޅެސަޅިތަ؟

    8
    17
    • ޣުުންޑާ

      ޔާނުވެރިކަމުގަވެސް އެސޮރު އުޅުނީ ހަމަ އެގޮތަށް ދެން ކިހިނެއްތަ އިސްލާހުކުރާނީ

      18
      5
  10. ސައުދު

    މިހާރުވެސް މާލޭގައި އުޅޭ ދިވެއްސެއް އަންހެނަކަށް ވެގެން. އޭނާ ދަނީ އެކަމަށް ބޭސްވެސް ކުރަމުން. ޢޮޕަރޭޝަންވެސް ކުރޭ ބޭރު ގައުމަކަށް ގޮސްގެން. ހުއްޓުވާނެ މީހަކު ނެއް

    11
    1
  11. އާލިއާ

    އޭނަ ކުރަނީ ރަނގަޅު ކަމެކޭ ނޫން މި ބުނަނީ، އެކަމަކު ވަގުތު ނޫހަށް ނޭނގެނީތަ އެއީ 17 އަހަރުގެ ކުއްޖެއްކަން؟ 18 އަހަރު ނުވަންޔާ ކުޑަ ކުއްޖެއް ކަމަށް ބަލާނީ. އޭނަ ނޭނގޭ މީހެއް ނުހުންނާނެ ކަންނޭގެ ސޯޝަލް މީޑިއާގަ. އެހެންވީމާ ވަގުތު އިން ތި ފަލީހަތް ކުރީ ކުޑަ ކުއްޖެއް. ތިކަހަލަ އިޝޫސް ތަކަށް ހަބަރު ލިޔުމަކީ ރަނގަޅު ކަމެއް. އެކަމަކު މިގޮތަށް ލިޔުނީމަ ވަކި މީހަކަށް ތި އަމާޒު ކުރެވެނީ. ވަގުތު އިން ގަނާ ކުރުމާ ދެކޮޅަށް ގޮވާލާ އިރު ވަގުތު އިންވެސް ހަމަ ގަނާ އެއް ނޫންތޯ ތި ކުރަނީ؟

    11
    32
    • ހުސެން

      އާނޮ ވަގުތު އޮންލައިނުން ތި ކުރީ ގަނާ އެއް …..

      7
      22
    • ކަމަނަ

      އަޖައިބެއް. ދެން ކުޑަކުއްޖެކޭ ކިޔާފަ ހުންނަންވީތަ. މީއޭ މި ގައުމުގެ މައްސަލައަކީ. ކުޑަކުއްޖެއް ވެއްޖިއްޔާ ނޯވޭ އެއްވެސް އެއްޗެކޭ ކިޔޭކަށް. އިނގިލި ކުރިވެސް ދިއްކޮށްލެވޭކަށް. އެކަމަކު ބުނަން. ކުޑަކުއްޖަކަސް ވިޔަސް ގޯސް ކަމެއް ކޮށްފިއްޔާ އެވީ ގޯސްކަމަކަށް. އަދަބު ދޭން ޖެހިއްޖެއްޔާ އަދަބު ވެސް ދޭން ޖެހޭނެ. ގޯސް ކަމެއް ކުރީމަ ވެސް އަޅާނުލާ އަދިވެސް ލޯބިން ފިރުމާތީ މި ކަހަލަ ކަންތައް މި ވަނީ.

      40
      3
    • ދިވެހި އެކެޑެމީ

      ހަނގާއޭ ކިޔާބަލަ

      11
      1
    • ުުުުޖބވ

      17 އަހަރޭ!!؟؟؟ކުޑަކުއްޖަކަސް އެ ގޮތަށް އުޅެން ނުވާނެ ދޯ.ކުޑަކުދިން ހަލާކު ވެގެން އެ ދަނީ ތިކަހަލަ މީހުން އެ ކުޑަކުދިންނޭ ކިޔައިގެން އެކުދިން ކުރާ ގޯސް ކަންތައް ނުހުއްޓުވާ ދޮންފުތު ކުރާތީ.ގޯސް ކަމެއް ކުރީމަ އެކަން ހުއްޓުވަން ރީތިކޮށް ބުނެގެން ނުހުއްޓިއްޔާ ހަރުކަށިކޮއް ބުނެގެންވެސް ހުއްޓުވަން ޖެހޭނީ.މި ރިޕޯޓަކުން މީހަކަށް ގަނާ ކޮށްފަ އޮތް ތަނެއް ނުފެނެ.??

      27
      2
    • ހުމް

      17 އަހަރު ވީމަކުޑަކުއްޖެއްގެ ގޮތުގައި ދެކުނަސް ހެޔޮ ވިސްނުން ނުލިބޭ ވަރު ކުޑައެއް ނުވާނެ.. އެހެންވީމަ އެކަހލަ ކަންތައް މަނާކުރަން އޭނާގެން ނަން ހަމަކޮށްގެން ވިޔަސ ްމިކަހަލަ ކަންތައްހުއްޓުވުނިއްޔާ މާ ރަނގަޅު.. އެކުރަނީ ހަމ ކަނޑައެޅިގެން ނުބައި ކަމެއް.. އޭނާގެއެ އަމަލުގެ ސަބަބުން އެކމށް ހިތްޖެހިދާނެ ކުދިން މި ދިވެހި ފަސްގަނޑުގައި އެބަ އުޅޭ ހަމަ.. އެއްވެސް މީހަކު އޭނާގެއަމލަށް ތަރުހޯބު ނުދެއްވުން އެދެން

      16
      1
      • ދެންދޯ

        ވަގުތު ނޫހުން ކުރަންޖެހޭ ކަމެއްނޫން މީކީ. ކަލޭ ކޮންފަ ހުރިފާފައިގެ ލިސްޓް ދީބަލަ ވަގުތަށް ނަމާ އެކީ ހާމަކުރަން

        1
        2
  12. Anonymous

    Mujthamaa aai farudhun ihai baithihba bae dhw..koba bandu alhai vihee mai meehaa Meena huhtuvan...noony kobaa dhari tharubiyyathu kurumuge bafaage zinmaa?

    6
    2
  13. ރަށި މީހާ

    ތިސޮރު ފަޟީހަތްކުރަން ލަސްވެއްޖެ މަށަކީވެސް ތިސޮރުގެ ރަށަށް ނިސްބަތްވާ މީހެއް ލަދުން ބޯހަލާކު. ގިނައިން ލައިއުޅެނީވެސް އަންހެން ހެދުން. ތިއީ ފުވައްމުލަކު ދޫނޑިގަން އަވަށު ކުއްޖެއް.

    18
    3
    • Anonymous

      މީނަގެ މައިންބަފައިންނަށް މިކަން ބޮޑުނުވޭބާއޭ ހިތައްއަރާ... ކިހިނެއްބާ މި ތަރުބިއްޔަތުކުރަނީ ؟މައިންބަފައިންގެ އަތްދަށުގަ ހުންނަކަމައްވަންޏާ ހުއްޓުވެންވާނޭދޯ

      12
      2
  14. އިނޫ

    ވަގުތު މީހުން ތހިކަން ހުއްޓުވަން މޮޅުގޮތެއް އަޅެ ބުނެލަބަލަ އެއިރައް އެގޮތަކައް މަމެން އަމަލުކުރަން ތައްޔާރު ރަންގަޅު ހައްލެއް އެކަމު ބުނާތި ވިސްނާފަ

    2
    7
  15. ތަފާތު ދިވެހި ދަރިއެއް

    އާން މި ރާއްޖޭ ގައި ފިރިހެނަކު އަންހެނަކައް ވެގެން ހުޓުވާނެ އެކަކު ވެސް ނެތް މިރާއްޖެގައި އޮތީ ސިޔާސީ ހަލަބޮލި ކަން…..

    9
    1
  16. މެސީ

    ލަދެއް ހަޔާތެއް ނުހުރޭ ތި ޓިކްޓޮކެއް ކުޅޭ ގިނަ މީހުން

    15
    2
  17. ާއޭނާރކީ

    މަވެސް ޓިކް ޓޮކް އާ ދެކޮޅައް

    14
    2
  18. Anonymous

    މިގައުމަކީ ސަދޫމްގެ 2 ވަނަ ތަން. ސަރުކާރަކީ ފިރިހެންކުޅި ކުޅެން ބޭނުންވާ މީޙުން އުޅޭތަނެއް

    4
    7
  19. މުހައްމަދު

    އޭނަގެ ނަމަކީ ރާފިއު.މީހުން ކިޔާ އުޅޭ ނަމަކީ ރެފް.

    8
    1
  20. އަހަރެން

    ވަގުތު ވިޔަސް ރަނގަޅު ވަަހަކަ އެއް ދެއްކިއްޔާ ހަމަ ރަނގަޅު. ތިޔަ ބުނާ ޓިކްޓޮކް އެއް ތިއީ އަންހެނުންނާއި ފިރިހެނުން ހަޔާތްކުޑަވާ ޕްލެޓްފޯމަކަށް ވަނީ ވެފަ. މަވެސް އެޔާއި ދެކޮޅު

    13
    3
  21. ޜަނާ

    މިއޮތީ އެއްކަލަ ތަން އައިސްފަ އެމީހަކު އުޅެން ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ލިބެންވާނެ ކަމަށް ބުނެ އަންނިގެ ވެރިކަމުގަ މަދުބަޔަކު ނަމަވެސް މުޒާހަރާވެސް ކުރި އެދުވަހުވެސް އެކަން ސަރުކާރު ގެ ފަރާތުން ހުއްޓުވާފައެއްނުވޭ

    9
    2
  22. ޙަސަނުބެ

    ތީ ވަރަށް ބޮޑުވެއްޖެ ކަމެއް. އަވަށްޓެރި ލަންކާގައިވެސް ދިވެހި އަންހެންދުޅާ ފިރިހެނުން އަންހެންވެގެން ގުނަވަންތަކަށް ބަދަލުގެނެސް އުޅޭކަމުގެ މަޢުލޫމާތު ދަނބީ ލިބެމުން. މިއީ ވަރަށް ދެރަ ކަމެއް. މިފަދަ މީހުން ރާއްޖެ ގެނެސް އެންމެންގެ ކުރިމަތީ ލަދުގަންނަވާލަންފެނޭ. ލަދު ނުގަންނަންޏާ އުމުރަށް ޖަލަށް ނުވަތަ ގަދަކަމުން އަންހެނަކާ ކާވެނި ކޮށްދޭންވީ.

    6
    3
    • ަައަލި

      އޭނަ ކޮންތާކަށް ލާނީ އަޅެ. ޖަލަށް ލީއްޔާ އެތަންވެސް ހަލާކު ކުރާނެ.

      9
      1
  23. ދިވެހި ދަރިއެއް

    ވަރަށް މުހިއްމު ލިޔުމެއް. މަހައަސްލުވެސް އެއްވެސް ބަޔަކު އަޅާނުލާ ދޫކޮށްލާފައިވާ ކަމެއް، އެކަން ހުއްޓުވަން ޖެހޭ.

    8
    1
  24. ކެރީމާ

    އަތެއްޔޭ ތި މީހުންނަކާ ކީކީ؟ ބައްޔެއްނޫން ތި ބިހެނީ...

    5
    2
  25. މަހްމޫދު

    ފިރިހެން ކުޅިޔާއި ތަރަގަރި ތަޅާމީހުންވެސް އިންތިހާއަށް އެބައުޅޭ

    5
    2
  26. ޖަމް

    ވަރިހަމަ ދޯ ދިވެހިން އުފައްދާ ފިލްމް ތަކުގައި އެކަހަލަ ކެރެކްޓަރ އެއް އުޅުނަސް. ލަދުހަޔާތް ގޮވާ ފިލްމް ތައް ހެދިޔަސް ހަމަ އޯކޭ ބޮލީވޫޑް ހޮލީވޫޑް ގެ ހަޔާތްކުޑަ މަންޒަރުތައް ބަލަން މި ލިޔުން މީހާ އަށްވެސް އޯކޭވާނެ

    11
    2
  27. ކަނބުލޮ

    ރަނގަޅު ވާހަކައެއް

    3
    5
  28. ވިސްނާ

    މާތްވެގެންވާ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއް މިމުސްލިމްގައުމްގައި ފާޅުގައި ހިންގަމުން
    ދާއިރު ކަމާބެހޭފަރާތުން މިކަންނުހުއްޓުވާފިޔަވަޅުނާޅުއްވަނީ މިއީ ރަގަޅުކަމަކަށްވާތީތޯ ނޫނީ ދީނީ
    ގޮތުން މިފަދަޢަމަލުތައް ހިންގާފަރާތްތަކަށް ހިތްވަރުދިނުމަށްތޯ ނޫނީ މިއަމަލުހިންގާފަރާތަކީ ރުހޭ
    ފަރާތަކީތޯ ރުހޭފަރާތެއްކަމުގައިވިޔަސް ދީނީގޮތުން ހުއްދަނޫންކަމަކަށް ފުރުސަތުދެވިގެންނުވާނެ
    ދީނީޢިލްމުވެރިންނެތް ސިޔާސީޢިލްމުވެރިންތިއްބެވިކަމަށް ދެކޭފަރާތުންދެކެނީމިހެންވެ

    6
    2
  29. މަގޭ ހިޔާލު

    ވ. ފުރިހަމަ ވާހަކަތަކެއް އަހަރެން އެކަން ހުއްޓުވަން ކޮމެންޓް ކުރުމުން ބައެއްމީހުންނަށް މަޖާވެގެން އަހަންނަށް މަލާމާތްކޮށް ހީފަވެސް އެބަހުރި. ޢެންމެންނަށް ހެޔޮވިސްނުން ދެއްވާށި އާމީން.

    8
    1
  30. ބުޅާ

    އެއީ ނެޗުރަލް ކަމެކޭ. މިކަހަލަ ނެޗުރަލް ކަންތައްތައް ކިތަންމެ ވަރަކަށް ހުއްޓުވަން އުޅުނަސް ނުހުޓުވޭނެ.

    4
    8
  31. ޖޭސްމިން

    އެއީ އަދި 18 އަހަރު ނުވާ ކުޑަ ކުއްޖެއް

    3
    13
  32. ޝައިޚް

    މިކަން ހުއްޓުވަން ވަގުތު ނޫސް ވެސް ރަނގަޅުވާނެ،

    4
    8
  33. ވަތަނަބޭ ބީ

    ދުނިޔެ ފަސާދަވެ، ނިމިދިއުމާދިމާލަށް އަބަދުވެސް ދުވާނެއެވެ. މިހިރަމިހިރީކީ އާދައިގެ ކަންތަކެއްނޫނެވެ. ވިސްނާލީމައި އެނގޭނެއެވެ. މިފަދަކަންތައް ބަޔަކަށްކުރެވޭނީ މުޖުތަމަޢަކާއިމެދު ވިސްނައި، ޢަޤީދާވަރުގަދަ މުސްލިމުންތަކަކަށް ވާންއެދޭބަޔަކު އުޅޭންމަތާއެވެ! މިޤައުމުގައިއޮތީ ފަސާދައެވެ. ކަމުވޮށިގެންވާބަޔަކުވިއްޔާ ގެންގުޅެނީ މުއްސަނދިވުމާއި، ޖަމަޢަކުރުމުގެވިސްނުމެވެ. ސިޔާސީކޯޅުންތަކާއިހުރެ ފޮރުއްޕާކަށްނެތެވެ. ޢާންމުން ތިބެންޖެހިފައިވަނީ، ޢިއްޒަތްތެރީންގެ ސަފުގައި މޯބައިލްފޯނުތަކުގެތެރެެއަށް ގެނބި، މީޑިއާއާއި، އެޕްލިކޭޝަންތަކާއި، ގޭމްތަށްފަދަ ކަންތައްތެރެއަށްވަދެ ވަޤުތުހުސްވެފައެވެ. ނޫނިއްޔާ ކޮންމެސް ކޮފީޝޮޕަކަށްވަދެ، މިލިއަންޑޮލަރުން ވާހަކައޮލަކުރުމުގައި، ނޫނީ ނެތިމޮށުމާއި "ތިއީވަރަށްރަނގަޅުވާހަކައެއް" ބުނަން ސިޔާސީވެފައެވެ. މިފަދަކަމަކާއިމެދު ވިސްނާލަން، ނޫނީ މިފަދަކަމަކާއިމެދު މީހަކުދައްކާވާހަކައަކަށް ވިސްނާނެވަގުތެއް ކޮބައިހެއްޔެވެ؟

  34. Anonymous

    ކުރީއްސުރެ ހިނގާކަމެއް މީ ފިލްމު ތަކާ އެއްޗެހިވެސް މަދެއްނޫން. ތަޖުއްޓޭމެން ވެސް އަންހެންދުޅާވެގެން ކުޅެފަ ހުރި އެއްޗެހި މަދެއްނޫން. ޙަގީގަތުގަ މަޖަލައްވުރެބޮޑަށް އެދެވެނީ ޅަދަރިންނަށް މެސެޖެއް. ފިލްމާ ޑްރާމާއާ ލަވައިގެ އަވައިގަ ޖެހި ފަސާދަވެފަ އޮތް މުޖުތަމައެއް. މިފަދަ އެއްޗެހިފެނި އެ ފޮލީކުރަމުން ދާމީހުން މަދެއްނޫން. މިކަންކަން ހުއްޓުވެން ޖެހޭ

    11
    1
  35. ބުޙައިސާ

    އަހަންނަކީ ޓިކްޓޮކް ބަރާބަރަށް ބަލާ މީހެއް. ފާހަގަވި 2 ކަމެއް ހިއްސާކޮއްލާނަން. ޓިކްޓޮކްގަ އުޅޭ އަންހެން ކުދިން ވަރަށް ފަލަކަން ފާހަގަވޭ. ދުވަހަކށްވުރެ ދުވަހެއް މިކުދިން ބަރަހާނާވާކަން

    11
    2
  36. މަރީ

    މަ ބޭނުން މިމީހާގެ އެކިޔާ ވީޑިޔޯއެއް ބަލާލަން . ޢެނގޭމީހަކު ލިންކް ލާދީބަ

    8
    1
  37. ނުބުނާނަން

    ލަދެއްގެ ކަންފުޅެއް ވެސް ނެތް ދޯ!!??

    11
    2
  38. ބީރުބޯ ވަޒީރު

    އީދު ކުޅިވަރު ތެރޭގައި ވަރަށް އާންމު ކަމެއް ފިރިހެނުން އަންހެން ހެދުން އެޅުން

    10
    2
  39. ޚުރަނގި

    ކޮބާ އަލީރަމީޒްމެން ގެ ސިޔާސީ ޕާޓީ ސަލަފު ޖަމިއްޔާ ؟
    އަލީ މެނަށް ދުވެވޭނީ މިއަދުގެ ސަރުކާރުގެ ފަހަތހުން އެއީވެސް ވައްކަމާ ލޫޓުވުމަށް ނޫނެކޭ ބުނާތީވެ ނުކެރޭނެ ތިއިން މީހެއްގެ ފަހަތުން ދާކަށް ޔަގީން

    2
    8
  40. ހުސޭނުބޭ

    ތިކަން ހުއްޓުވަން ބޭނުންވާ ބައިވަރު މީހުން އެބަ ތިބި. އެކަމަކު ތި މީހެއްގެ ދިފާޢުގައި މި ރާއްޖޭގެ ރައީސް ވަނީ ގިނަ ކަމިޝަންތަކެއް އުފައްދާފައި! މީހަކު ކަމެއްކޮށްލާއިރަށް ހިއުމެން ރައިޓް ކަމިޝަނަކާއި، ޑިމޮކްރަސީ ކަމިޝަނަކާއި އަދި ނުއުފަންނަ ގޭ ކަމިޝަނެއް ހީވާނީ ފަޔަށް ހިނިއަރައިގެން އުޅޭހެން! އަޅެ މީ ދޮގެއްތަ؟

    5
    6
  41. ޒީ

    ނުޖެހޭ އޭނަ ހުއްޓުވާކަށް. ޓުވާކް އިޓް މައި ބްރޯ.

    5
    15
  42. ޢަންސަލް

    ޢަންސަލް ގެ ނަމުގައި ފޮނުވި ކޮމެންޓް ޕަބްލިޝް ނުކުރާނެކަން ކަށަވަރު.

  43. އަޖައިބު

    ކޮންމެ މީހަކުވެސް ދީނީ އިލްމުވެރީންނޭ މިކިޔަނީ ކީއްވެބާ؟
    ބަލަ ދީނީ އިލްމުވެރިން އެކަނިތަ މި ކަންކަން ހުއްޓުވަންވީ. މުސްލިމް ކޮންމެ މީހެއްގެ ޒިންމާއެއް ނޫންތޯ މީ؟.ކޮންމެ މީހަކުވެސް އަމިއްލަ ޒިންމާ ނަގާނަމަ މިފަދަ ކަންކަން މުޖުތަމައު ތެރޭގައި މަދުވާނެ.އެހެންމީހުންގެ ކުއް ދެއްކުމުގެ ބަދަލުގައި ތިމާ މުސްލިމަކައް ވީތީ އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކުރަމާ.

    12
    1
  44. ާަަަަަަާާާޑގދ

    ލަދުން ބޯހަލާުކް..

    7
    1
  45. މީ

    صَلَّى اللّٰهُ عَلَيْهِ وَسَلَّمَ

  46. އަލްޖިބްރާ

    މިރާއްޖޭގައި އެއްވެސް ކަމެއް ރަގަޅުކުރަން އުޅޭ ބަޔަކު ނޫޅޭ ! އުޅެނީ ކޮންމެ ގޮތަކުންވެސް ލާރިގަޑެއް ދަމާލެވޭނެ ގޮތެއް ފެނޭތޯ !

    10
    2
  47. ސައި

    އަންހެނަކަށް ވެގެން އަޅުގަނޑަކަށް ނުފެނޭ އޭނަ އަންހެން ހެދުމެއްލާފަ ހުއްޓަކާ
    ތިބުރުގާ އަޅައިގެން ފާޑުފާޑަށް އޮރިޔާމުން ނަށާ ދިވެހިންގެ ވާހަކަ ލިޔުނުނަމަ މާ ތާހިރުވީސް

    9
    1
    • ާަމަ

      ބޭފުޅާާއަށް ނުފެނި ހުރެދާނެ. ފުވައްމުލަކުގަ ނެތް ނުފެންނަ މީހެއް. ޓިކް ޓޮކް ގަ އަންހެން ވިޔަސް ފިރިހެން ވިޔަސް ނެތް ސަހަލު ބައެއް.

      7
      5
  48. ދެންވެސް ކިޔަނީ އިސްލާމުންނޯ

    ވަރަށް ފަހުރުވެލާފައި ބުނެލާ ދޫމަތީ ބަަހަކަށް މި އޮންނަ "ސައްތައިން ސައްތަ މުސްލިމް ގައުމެކޭ" ބުނުން ދިވެހިން މިހާރު ހުއްޓާލަން ވެއްޖެއްނު. ތިޔަ މީހާ ނޫނަސް ކިހާ ބައިވަރު ތިކަހަލަ މީހުން އެބައުޅޭ. ގާނޫނެއްގަ ދިވެހިރާއްޖޭގެ ދީނަކީ ހަމައެކަނި އިސްލާމް ދީނޭ އޮންނާތީ ހައްތަހާވެސް މަޑުމަޑުން މީހުން ތިބެނީނު. ޢެހެންނޫން ނަމަ ފާޅުގައި ނުކުންނާނެ އެތީސްޓުންނާ އެހެން ދީންތަކަށް ތަބާވާ އެތަށް ބައިވަރު ކާފަރުންނެއް ރާއްޖޭގައި އެބަ އުޅޭ. ހަމަ ނަން ވެގެން. 100/100 އަށް ވެސް ހުތުރު.... ވަﷲ އަޢުލަމް!

    11
    1
  49. ހައިރާން

    ދިވެހިންގެ ތެރޭން ކޮންބައެއްތަ މާތްވެގެންވާ އިސްލާމްދީނާ އެއްގޮތަށް އުޅެނީ. ރަންނަމާރު ކަނޑު ފެއްތިފަހުން އުފަންވާހާ އެންމެން ވާނެތަ މާތްވެގެންވާ އިސްލާމްދީނުގެ މީހުންނަށް. އެމީހުންވެސް އުފަންވަނީ އެހެނިހެން އިންސާނުންނެކޭ އެއްފަދަ ސިކުނޑިއަކާއިގެން. އެމީހުންނަށް އެނގޭނެ ހަގީގަތާ ފުލޯކު ވަކިކުރަން ބޮޑެތިވީމަ. މަޖްބޫރީހާލަތުގައި ބުނެފާނެ މިތިބީ މާތްވެގެންވާ އިސްލާމްދީން މަތީގައޭ. އެންމެންވެސް ދަންނަކަމެއް އެނޫން ގޮތަކަށް ބުނާ މީހަކަށް ހަމަ ނޭވައެއް ލިޔަ ނުދޭނެކަން.
    މާތްވެގެންވާ އިސްލާން ދީންމަތީގައި ތިބޭ ބަޔަކު ނުޖެހޭނެ ޒަމާނީ ފޯނާއި އިންޓަރނެޓް ފަދަ ތަކެތި ބޭނުން ކުރާކަށް. ޔަހޫދީން ދެކެ ރުޅިއަންނާނެ. އެކަމަކު ޑޮލަރާހެދި ހޭކުޑަވެފަ ނެތީ ކާކު؟ އެމީހުންގެ އުފެއްދުން އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ބޭނުންނުކުރަނީ ކާކު؟

    5
    1
  50. ޙިޔާލު

    މީގަ ހަމަ އެކަނި އެއްމެ މީހަކައް ފޯކަސް ކުރުން ބުއްދި ވެރިޔެއް ނޫން .އޭނަ އެއީ 18 ނުވާ ކުއްޖެއް ކަން އެން ގެނީ. ވަކި މީހަކައް ފޯކަސް ނުކޮތް އޮތް ނަމަ އޯކޭ.

    3
    1
  51. ޔާން

    މިކަން ހުއްޓުވަން ވެއްޖެ..........މިކަން ހުއްޓުވަން މުޅި ފުވައްމުލައް އަދި ރާއްޖެ ތެދުވާން ލަސްވެސް ވެއްޖެ.

    7
    2
  52. Anonymous

    This is 2019

    5
    2
    • ފިރުޓޭ

      އެކަމަކު މިމީހުން ހިތުން މީ 1400 ވަނަ އަހަރުއޭ

      3
      6
  53. Anonymous

    ޢެއީ ޓިކްޓޮކް ގަ އުޅޭ ގުޑުމީނަ ކަމަށް ވެސް ވެދާނެ!!!

    1
    2
  54. Anonymous

    ދިވެހި ދައުލަތުގެ ޓީވީން " ސާޒު /ޔސ ...

    " އިސްތިހާރު ކުރީ

    3
    1
  55. އިސްލާމް އެއް

    ދައުލަތުގެ ޓީވީން " އަންހެންދުޅާ " ގޮތަށް ކިތަށް ފިރިހެނުން މަސްހޫރު ކުރި ... "ކޮމަޑީ" ނަމުގަ ...އޮފީސް ތަކުގެ ޑުރާމާ އާއި އަމިއްލަ މީހުން ތައްޔާރު ޑުރާމާ އަދި އިސްތިހާރު އަދިވެސް ދައްކަން ޖެހިލުމެއްނުވޭ...އެއްމެންވެސް ބަލަންތިބީ...
    އޭރު ޝޭހަކު އެއްޗެކޭ ބުނެފިއްޔާ ލަނީ ޖަލަށް... އިސްލާމް ޓީޗަރ ކުދިން ގާތު ނަމާދު ކުރަން ބުނުމުން ކިޔަވާދޭން ހުއްޓަ ގެންދިޔައީ ޖަލަށް..މީ އޭރުގެ ހާލަތު... އަދިވެސް އެޓީޗަރ ދުނިޔޭގަ އެބަހުރި..

  56. މިނިވަން

    ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ގޮތަކައް އުޅެވޭނެ

    5
    4
  57. ތުނބުޅި

    ކަލޭމެން ވެއްޖެއެއްނު ޓިކްޓޮކްތެރެއަށް ޖާނުން ފިދާވާން

    5
    1
  58. ޓިކް ޓޮކް

    ސާބަހޭ މަވެސް ޓިކް ޓޮކް އާ ދެކޮޅައް

    3
    4
  59. ނަން

    މިނިވަން ކަން ދޯ ، ނުބެހެވޭނެ

    5
    5
  60. ޢެނޒި

    ސައްތާއިން ސައްތަ އޯ!!
    އޫރުމަސް، ރާ، މިއުޒިކް،ޑާންސް،ރިބާ، މިނެ ކިރުމުގެ ވަގުހެދުން، މިހެން ކިޔާނެ ކަމެއްނެތް ހުސް ހަރާމް ކަންތަށް މި ގައުމުގަ... ދެން ތިކިޔަނީ ސައްތާއިން ސައްތަ އިސްލާމީ ގައުމެކޭ!!! ތި ބޮޑު ޖޯކެއްނު

  61. ހަނު

    ކޮންމެ މީހަކައްވެސް އިސްދީން އެގޭނެ މީހަކު ބުނެދޭކަށް ނުޖެހެ