ފިރިމީހާ މަރުވެ، ހުވަފަތްވެފައި ހުރި އަންހެނަކު ދެ މީހަކުވެގެން ރޭޕްކުރުމުގެ ސަބަބުން ލިބުނު ދަރިފުޅު އެހެން މީހަކަށް ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ރަންޗީގެ ވިލޭޖެއްގައި ދިރިއުޅެމުން އަންނަ އުމުރުން 40 އަހަރުގެ އަންހެން މީހާ ރޭޕްކުރި މީހުން އެ ދަރިފުޅު ގެންދިޔައީ ކަމަށް ފުރަތަމަ އެ އަންހެން މީހާ ބުންޏެވެ. އެެހެންވެ އެ ވިލެޖުގައި ތިބޭ މީހުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައެވެ.

ނަމަވެސް އެ ދަރިފުޅު ގެންގޮސްފައި ވަނީ ދަރިން ނުލިބޭ ދެމަފިރިއެކެވެ. އެ ދެމަފިރިން އެ ކުއްޖާ ގެންދިޔައީ، އެ އަންހެން މީހާ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ވިހެއި ތަނުންނެވެ. އެކަން ތަހުގީގު ކުރަމުން ދަނިކޮށް އެ އަންހެންމީހާ ވަނީ އެ ދަރިފުޅު އެހެން އާއިލާއަކަށް ދިންކަން އެއްބަސްވެފައެވެ. އަދި އެ ދަރިފުޅު ވިއްކާލީ ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

އެ މައްސަލާގައި އެ އަންހެން މީހާ މިހާރު ވަނީ ބެދިފައެވެ. އެއީ ކަމާ ބެހޭ ފަރާތްތަކަށް ނާންގާ ދަރިފުޅު އެހެން ބަޔަަކަށް ދިނުމުންނެވެ.

އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އެ ވިލޭޖަށް ނިސްބަތްވާ ދެ މީހަކެވެ. އޭނާ ރޭޕްކޮށްފައި ވަނީ މިދިޔަ މާރިޗް މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްްa

    އެއްލާނުލާ ދިންކަން ރަނގަޅޭނު

  2. ވަތުކިބަ

    Fc ރޭޕް އޯކޭ، މައްސަލައަކީ ދަރިފުޅު ދިނީމަ... ފޯރިގަދަ އިންޑިޔާ