ރަޝިއާގެ އަންހެނަކު މިސްރުގައި އޮންނަ "ރެޑް ސީ" ނުވަތަ ރަތް ކަނޑަށް ވިހައިފިއެވެ.

ރަޝިއާގެ އެ އަންހެންމީހާ މިސްރުގެ އައްސޭރީގެ ސަރަޙައްދެއްގައި އޮންނަ ބީޗެއްގައި ވިހާފައިވާއިރު އެކަން ކަނޑުގައި ކުރި މައިގަނޑު ސަބަބެއް ކަމުގައި ބުނެފައިވަނީ އެކަމުން ކުއްޖާއަށް ލިބޭ ސިއްހީ ފައިދާތަކެވެ.

މޫދުގައި ވިއްސުމުގެ ތަޖުރިބާލިބިފައި ތިބި ޑޮކްޓަރުންގެ ޓީމެއްގެ އެހީތެރިކަމާއި އެކު އެއަންހެން މީހާ ވިހާފައިވާއިރު މޫދުގައި ވިހެއުމަކީ ވިހެއުމުގައި އެވާ ތަދު ކުޑަކޮށްދޭ ކަމެއް ކަމުގައި ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން މޫދުގައި ވިހެއުމުގެ ސަބަބުން ވިހެއުމަށް ފަހު ކުއްޖާ ރޯލެއް މަދުވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ނޭވާލުމުގެ ބަލިތަކާއި ހަމަށް ޖެހޭ އެކި އެކި ބަލިތަށް ޖެހުމުން ރައްކާތެރިވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މިސްރުގެ ރަތް ކަނޑުގައި އެ އަންހެންމީހާ ވިހާފައިވާއިރު އޭނާ ވިހެއުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ. އެ ފޮޓޯތަށް އެ ކުއްޖާގެ ބައްޕަ ފޭސްބުކު މެދުވެރިކޮށް އާންމުކުރުމާއެކު އެތަށް ބަޔަކު ވަނީ އެފޮޓޯތަށް ޝެއަރ ކޮށް އެ އަންހެންމީހާއަށް ތައުރީފުކޮށްފައެވެ.

މިހާރު މީސްމީޑިއާއިން އެ ފޮޓޯތަށް ނަގާފައިވާއިރު ކުއްޖާގެ ބައްޕަ ބުނެފައިވަނީ އެކަން އޭނާ ކުރީ ގިނަ މީހުންނަށް އޭނާގެ ދަރިފުޅުގެ ފޮޓޯތަށް ހިއްސާކުރުމަށް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު