ބޯ ނެތް ދެ ހަށިގަނޑަކާއި އަންހެނެއްގެ ބޮލެއް ތައިލެންޑްގެ ރިސޯޓެއްގެ ގޮޑު ދޮށަށް ލައްވެއްޖެއެވެ.

ތައިލެންޑްގެ ނޫހަކާއި ހަވާދީ ދަ އިންޑިޕެންޑެންޓް އިން ބުނިގޮތުގައި ތައިލެންޑްގެ ފުލުހުނަށް ފެނުނު މި ހަށިގަނޑުތަކުގެ ތެރެއިން ދެ ފިރިހެނުންގެ ބޮލެއް ނެތެވެ. އެކަކުގެ ހަށިގަނޑުގައި އިނގިރޭސި ބަހުން ޓެއްޓޫ ޖަހާފައި ހުރި ކަމަށް ފުލުހުން ބުނެއެވެ.

ތައިލެންޑްގެ ރިސޯޓް ރަށެއްގެ ގޮނޑުދޮށުގެ އެކި ސަރަހައްދުތަކަށް ލެއްގި މި ހަށިތަކުގެ ތެރެއިން ހަށިގަނޑު ނެތް އަންހެނެއްގެ ބޯ ލައްވެފައިވަނީ ވެރިރަށް ބެންކޮކްގެ ދުރުން 20 ކިލޯމީޓަރު ދުރުގައި އޮތް ރަށަކަށެވެ.

ތައިލެންޑްގެ ފުލުހުން ދަނީ މިއީ ކޮން ބައެއް ކަން ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. މި ތިން މީހުންގ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމަށް ވެސް ފުލުހުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަދި ގެއްލިގެން ހޯދަމުންދާ މީހުންގެ ލިސްޓް މެދުވެރިކޮށް ވެސް މިއީ ކޮން ބައެއް ކަން ދެނެގަތުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ފެނުނު ހަށިގަނޑު ތަކުގެ ތެރެއިން ދެ ފިރިހެނުން މަރުވެފައިވަނީ މީގެ ދެ ހަފްތާކުރިން ކަމަށް ހަށިތަށް ކުނިވެފައި ހުރި މިންވަރުން ގަބޫލު ކުރެވޭ ކަމަށެވެ.

މި ހަށިތަށް ފެނުނު ތައިލެންޑްގެ ރިސޯޓް ރަށަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު