ވަގަކު އިންޑިއާގެ ޓަމިލްނާޑޫގެ ފޯން ފިހާރައަކުން ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިޔޯއަކުން އެތައް ބަޔަކު ހެއްވާލައިފިއެވެ.

އެ ކީއްވެކަން އެނގޭހެއްޔެވެ؟. އެ ފިހާރައަށް ވައްކަން ކުރަން ވަނުމުގެ ނިޔަތުގައި އޭނާގެ މޫނު ފޮރުވުމަށް އޭނާ ބޭނުންކުރި އެއްޗެއްގެ ސަބަބުންނެވެ. އޭނާއަކީ ކާކުކަން ނާންގަންވެގެން މޫނު ފޮރުވަން ބޭނުންކޮށްފައި ވަނީ ޕޮލިތީން ކޮތަޅެކެވެ.

އޭނާ އެ އަޅައިގެން ވައްކަން ކުރަން ފިހާރައަށް ވަންއިރު، ފުލުހުންނަށް އޭނާ ހޯދަން މާ އުނދަގޫކަމަކަށް ނުވިއެވެ. އެއީ ކާކުކަން ފުލުހުން ވަނީ ވަރަށް ފަސޭހައިން ހޯދާފައެވެ.

އެ ވީޑިޔޯއިން ފެންނަނީ މި މަހުގެ 14 ވަނަ ދުވަހު ކަންޔާކުމާރީ ކޮލަޗެލް ސަރަހައްދުގެ ފޯން ފިހާރައަކަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ހިތުން މޫނު ފޮރުވައިގެންނެވެ. އޭނާ މޫނު ފޮރުވަން ގެންގުޅު ކޮތަޅުން ވަރަށް ފަސޭހައިން އޭނާގެ މޫނު ފެނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ އެއް އަތުގައި ޓެޓޫއެއްވެސް ވަނީ ޖަހާފައެވެ. އެ ޓެޓޫވެސް އޭނާ ފޮރުވާފައެއް ނުވެއެވެ.

އޭނާ އެފަދަ ގޮތަކަށް ވައްކަން ކުރަން ވަނުމުން އެތައް ބަޔަކު ތިބީ މަޖާ ވެފައެވެ. އެ ފިހާރައިން ވައްކަންކޮށް ނަގާފައި ވަނީ ގިނަ އަދަދަކުން ފައިސާއެވެ.

އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން ވަރަށް ފަސޭހައިން އެ މީހާއަކީ ކާކުކަން ފުލުހުން ވަނި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު