ޗައިނާގެ ޕެންޑާ ޒުލެއްގެ ތެރެއަށް ކުޑަ އަންހެން ކުއްޖެ ވެއްޓިޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިންގި މިހާދިސާގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖާ އެޒުލުގެ ތެރެއަށް ވެއްޓި ދެން ކަންތަށް ހިންގާ ގޮތުގެ ވީޑިއޯ އެއް ވަނީ މިހާރު މީސް މީޑިއާގައި އާންމުވެފައެވެ.

ޗައިނާގެ ޗެންޑޫގައި ހުންނަ މި ޒުލުގައި ހިނގި ހާދިސާގައި މި އަންހެން ކުއްޖާއަށް އިތުރު ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ޒުލުގެ ގާނޑަކު ވަނީ އަންހެން ކުއްޖާ ސަލާމަތް ކޮށްފައެވެ.

އަންހެން ކުއްޖާ ސަލާމަތް ކުރި ގާނޑަށް މީސް މީޑިއާގައި ދަނީ ތައުރީފް އޮހެމުންމެވެ.

މި ޒުލުގައި ދިރިއުޅެމުން ދަނީ އުމުރުން ދެ އަހަރުގެ ގިން ހުދު ޕެންޑާއެވެ. ހުދު ޕެންޑާ އާއްމުކޮށް ދުނިޔޭގައި ހުންނަނީ އުމުރުން 20 އަހަރު ވަންދެންނެވެ.

ދުނިޔެގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ ހުދު ޕެންޑާ ގެ އުމުރަކީ 36 އަހަރެވެ. ވައިޓް ޕެންޑާއަށް ޗައިނާގައި ބޮޑު އިހުތިރާމެއް ދީފައިވާއިރު، އެތައް އަހަރެއްގެ މަތިން ކުރި ބުރަ މަސައްކަތުން ޕެންޑާގެ އާބާދީ އިތުރުވެ، ވައިޓް ޕެންޑާ މިހާރު ވަނީ ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުތަކުގެ ލިސްޓުން އުނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު