ވިހަގަދަ ފުއްޕާ މަހެއް ކައިގެން އިންޑޮނޭޝިޔާގައި ދެމީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އިންޑޮނޭޝިޔާގެ ޖާވާގައި ހިންގި މިހާދިސާގައި މަސް ކޭ ހަތަރު މީހެއްގެ ތެރެއިން ދެމީހަކު މަރުވެފައިވާއިރު އަނެއް ދެމީހަކު އެމަޖެންސީގައި ދަނީ ފަރުވާ ދެމުންނެވެ.

އިންޑޮނޭޝިއާގެ ޖާވާގައި ދިރިއުޅޭ ބައިދޯވީ ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަނބި ސުހައިނާ އަދި ދެ ދަރިން ކަމުގައިވާ މަހްފޫދާއި ހަބީބުﷲ، މި މަސް ކެއީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ނާސްތާގައެވެ.

މި މަސް ކެއުމާއެކު ކާނާ ވިހަވެ ހޮސްޕިޓަލަށް ގެންގޮފައިވާ އިރު، މި ހާދިސާގައި މަރުވެފައި ވަނީ އެ ދެމަފިރިންނެވެ. އެދެމަފިރިންގެ ތެރެއިން އެއް ކުއްޖެއް ކަމުގައިވާ މަހްފޫދު ބުނެފައިވަނީ މީގެ ކުރިންވެސް ކަށިކޮލި މަސް ކައި އުޅުނު ކަމަށާއި އެއީ ވިހަ އެއްޗެއްކަން މީގެ ކުރިން އެނގިފައިނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު