އިންޑިއާގެ ސިއްހީ ނިޒާމް ގަނޑުބަޑުވެފައިވާހަކަ ވަރަށް ގިނައިން އެބަދައްކައެވެ. އެ ވާހަކަދައްކާއިރުވެސް އެކަމަށް ބޮޑު ސަމާލުކަމެއް ސަރުކާރުގެ ފަރާތުން ނުލިބޭކަން ފާހަގަކުރެއެވެ.

ދާދިފަހުންވެސް އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި މެޑިކަލް ކޮލެޖަކަށް ފަރުވާ ހޯދަން ދިޔަ ހާލު ބޮޑު ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދިނުމަށް އެ ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދާފައެެވެ. އެ ކުއްޖާއަކީ ހަށިގަނޑުގެ 70 އިންސައްތަ އަނދައިގެން ގެންދިޔަ ކުއްޖެކެވެ.

އުމުރުން އެންމެ ދޮޅު އަހަރުގެ އަންޝިކާ އެ ހޮސްޕިޓަލަށް ގެންދިޔައީ، އޭނާ ހޫނު ފެން ތެއްޔެއްގެ ތެރެއަށް ވެއްޓިގެންނެވެ.

އެ އަންހެން ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާނުދި ވަނީ މަރުވެފައެވެ. މިދިޔަ ހުކުރު ދުވަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، އެ ކުއްޖާގެ ހާލު ގޯސްވާން ފެށި އެ ދުވަހުގެ މެންދުރުއެވެ. އަދި ޑޮކްޓަރު ވަނީ އެ ކުއްޖާ ވެންޓިލޭޓަރަށް ލާން ޖެހޭ ވަރަށް ހާލު ކްރިޓިކަލްކަމަށް ބުނެފައެވެ.

އަދި އަންޝިކާގެ މައިންބަފައިން އެ ކުއްޖާ ވެންޓިލޭޓަރއަށް ލުމަށް އެދުމުން، ޑޮކްޓަރު ވަނީ އެ ހޮސްޕިޓަލަށް އަނދައިގެން ގެންނަ މީހުން ބާއްވާ ވޯޑުގައި ވެންޓިލޭޓަރއެެއް ނުހުންނަކަމަށް ބުނެފައެވެ.

އެކަމާއި އަންޝިކާގެ މައިންބަފައިންނާއި ޑޮކްޓަރާއި ދެމެދު ހޫނު ޒުވާބެއް ގޮސްފައެވެ. އަދި އެ އެ ޒުވާބު ކުރާ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ޒުވާބުގައި ޑޮކްޓަރު ވަނީ، އެ މެޝިން އެތަނުގައި ހުންނަ ކަމާއި، އެ މެޝިން ގަތުމަށް 1 ކްރޯޑް ރުޕީސް ހަރަދުކުރެވޭނެތޯ އަންޝިކާގެ މައިންބަފައިން ކައިރިން ސުވާލުކޮށްފައެވެ.

އަދި ފަހުން އެ ކުއްޖާ ވަނީ މަރުވެފައެވެ. އެ މީސް މީޑިއާގައި ދައުރުވި ވީޑިއޯއާއި ގުޅިގެން ޑޮކްޓަރުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު