ބޮލީވުޑްގެ އަރަމުން އަންނަ ތަރި އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ހަބަރު ވަރަށް ގަދަޔަށް ދެކެވެމުން އަންނައިރު، މި ދެތަރިން މި އަހަރު ތެރޭގައި ކައިވެނި ކުރާކަމުގެ ހަބަރުތައްވެސް ދެކެވެމުން އެބަދެއެެވެ.

މި ދެތަރިން ކައިވެނި ކުރާ ޑޭޓެއް އަދި ހާމަކޮށްފައެއް ނުވެެއެވެ. ނަމަވެސް މި އަހަރު މެދު ތެރޭގައި މި ދެތަރިން ކައިވެނީގެ ގޮށް ޖަހާލާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އާލިއާ މި ވަނީ އޭނާއަށް ލިބޭ އަންހެން ކުއްޖަކަށް ދޭނެ ނަމެއްވެސް ކަނޑައަޅާފައެވެ.

އާލިއާ އޭނާގެ ދަރިފުޅަށް ދޭނެއް ނަމެއް ކަނޑައަޅާފައި މި ވަނީ، ރިއަލިޓީ ޝޯވއެއްކަމަށްވާ ސުޕާ ޑާންސް ޝޯވގައި، އެ ޝޯވގެ ބައިވެރިޔަކު އާލިއާއަށް "އަލްމާ"އެ ކިޔާފައި ގޮވުމުން އެ ނަން އާލިއާއަށް ރީތިވެގެންނެވެ.

އެ ޝޯވގެ ތެރެއިން އާލިއާ ބުނީ، އަލްމާއަކީ ވަރަށް ރީތި ނަމެއް ކަމަށެވެ. އަދި އޭނާގެ އަންހެން ދަރިފުޅަށް އެ ނަަން ދޭނެކަމަށްވެސް ބުންޏެވެ.

އާލިއާ އެ ޝޯވއިން ފެނިގެންދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމް ގުއްލީ ބޯއި ޕްރޮމޯޓް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު