ބިސްގަނޑު އަޅާ ތަވާ ސާފުކުރަން ޖެހުމަކީ އުނދަގޫ އަދި ފޫހިކަމަށް ވެދާނެއެވެ. ހާއްސަކޮށް ގިނަ އިރުތަކެއް ވަންދެން ސިންކު ކައިރީގައި ތަށި ދޮންނަން ހުރުމަކީ އެންމެ ހިތްހަމަޖެހޭ ކަމަކަށްވެސް ނުވެދާނެއެވެ.

އެއްޗެހި ސާފު ކޮށްލުމަށް ގޭތެރޭގެ ގިނަ ސާމާނުތަކެއް ގެންގުޅެވިދާނެކަން ތަފާތު ޔޫޓިބު ޗެނަލްތަކާއި އެފްބީ ވީޑިއޯތަކުން މިއަދު އެނގެއެވެ. އެތަކެއްބައެއްގެ ތައުރީފް ހޯދާފައިވާ "ފައިވް މިނިޓްސް ކްރާފްޓް"އަކީ އެފަދަ ފޭސްބުކް ޕޭޖެކެވެ. ތަފާތު ވީޑިއޯތަކާއެކު ގޭތެރޭގައި ބޭނުން ކުރާ ސާމާނުގެ ހައިރާން ކުރުވަނިވި ބޭނުންތައް ދައްކާލުމަކީ ޕޭޖުގެ އެންމެ ބޮޑު ބޭނުމެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަޝްހޫރުވި، ކިޗަން ހެކްސްގެ ވީޑިއޯގައި ދެއްކި އެންމެ ތަފާތު މަންޒަރަކަށް ފެނުނީ ތަވަލުގައި ތަތްލައްވާ ހަޑި ފިލުވާލަން އެންމެ މޮޅު އެއްޗަކީ ދަތް އުނގުޅާ ބޭހަށް ވުނެވެ. ވީޑިއޯގައި ހަޑިވެފައިވާ ތަވަލެއް ދައްކާލުމަށްފަހު ބުނެފައި ވަނީ ތަވަލުގެ ތެރެއަށް ދަތް އުނގުޅާ ބޭސް އަޅާ، މަޑުމަޑުން ފޮތިކޮޅަކުން ސާފު ކުރުމަށް ކަމަށެވެ.

އާންމުކޮށް އެފަދަ ގޮތަކަށް ތަވަލު ތެރޭގައި ހިފާފައި ހުންނަ ހަޑި، ފިލުވާލުމަށް ވަގުތު ބޭނުންވި ނަމަވެސް، ދަތް އުނގުޅާ ބޭހުގެ އެކުލެވޭ ހާއްސަ މާއްދާތަކަކާއެކު އެކަމުގައި އުނދަގުލެއް ނެތްތައް ވީޑިއޯއިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު