މަހެއްްގެ މައްޗަށް 1.2 މިލިއަން ރުފިޔާ ލިބޭ ދިވެހި ފިރިހެނަކު ކައިވެނި ކުރާނެ އަންހެނަކު ހޯދަން ފޭސްބުކްގައި އިއުލާން ކޮށްފިއެވެ.

ފޭސްބުކް މެދުވެރިކޮށް ކައިވެނި ކުރާނެ މީހުން ހޯދައިދޭ ޕޭޖެއް ކަމަށްވާ "ކައިވެނި ޕޭޖް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ އުމުރަކީ 68 އަހަރެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެެރިއެއްކަމަށްވެސް ބުނެފައި ވެއެވެ.

މާލޭގައި 10 ބުރީގެ ގެއަކާއި، ތިން ފިހާރަ ހުންނަ އެ މީހާ ހޯދަން އުޅެނީ އުމުރުން 18 އަހަރާއި، 35 އަހަރުގެ އަންހެނެކެވެ. އަދި އެ އަންހެން މީހާ ވާން ޖެހޭނީ އަލަށްވެސް ކައިވެނި ނުކުރާ، ދަރިއަކުވެސް ނުހުންނަ އަންހެނަކަށެވެ. އަދި އެ އަންހެން މީހާއަކީ ކަޅު އަންހެނަކަށްވިޔަސް މައްސަލައެއް ނެތްކަމަށް ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، އޭނާގެ 26 އަހަރުގެ އަންހެން ކުއްޖަކުވެސް ހުންނަ ކަމަށެވެ.

އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ މީހުން ޖެހޭނީ ފޭސްބުކް މެދުވެރިކޮށް ކައިވެނި ޕޭޖަށް މެސެޖް ކުރާށެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ނޫސްތަކާއި ވެބްސައިޓްތަކުގައި އިއުލާން ކޮށްގެން ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އަވައްޓެރި ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ހާދިމް

  އޭނާގެ 26 އަހަރުގެ އަންހެން ދަރި އިންނާނެ މީހަކު ހޯދަން ފެނޭ... ޝައުގުވެރިވާނެހެން ހީވަނީ މާބޮޑަށްވެސް

  30
  1
 2. ކިޔު5

  ކުދިންނޭ ތިއޮތީ ފުރުސަތެއް.

  15
  4
 3. ނޭމާ ޖރ

  މަ 26 އަހަރުގެ އަންހެން ދަރިއާއި އިންދެފާނަން

  17
  2
 4. ބޮޑު ސޭޓް

  ޙޭޝް ޓެގް ކޮށްބަލަ ސޭޓް އަންހެނުންނަށް

  16
  1
 5. Anonymous

  މިދެންތެދުވާހަކަ؟

  8
  5
 6. ޙައްވީ

  ތިހާ އުމުރުން ދުވަސް ވިީ މީހަކާ ނީދެވޭނެ. ކިތަންމެ ފައިސާ އެއް އޮތަސް

  20
  4
 7. ތުނިޔަ

  ތިޔަ މީހާގެ ދަރިފުޅަށް ތިފައިސާއިން އެއްޗެއް ދޭބާ؟ ޅަކުއްޖަކާ އިންނަ ހިތުނޭ ބުނިނަމަ!

  12
  2
 8. ނައީމާ

  މިލިއަނަރ އަކައް ވަނީ 3 ފިހާރަ އަދި 10 ބުރިީގެ ގެއެއް ހުރެގެނެއްް ނޫނެވެ. ތީ ވަރައް އާދައިގެ މީހެއް.

  16
  4
 9. މިލިއަނަރ

  ތިޔަ މިލިއަނަރު ރިސާޗަކަށް ބޭނުންވާ މައުލޫމާތު އެއްކުރަނީހެން ހީވަނީ. މީގެ އަލީގައި ލައްކަގިނަ މައުލޫމާތު ލިބޭނެ.

  5
  3
 10. ނުރަބޯ

  މުސްކުޅިވެ ކެތިބޯދަށުންޖެހީމާވެސް ޒުވާން އަންހެންކުދިން ހޯދަން ދުވަނީތަ؟ ސަގަންގޫރު ބޭނުމިއްޔާ ބުނައްޗޭ އިނގޭ!

  12
  2
  • ރަދީފް

   މަހަމ ހީހީ ހަލާކުވެއްޖެ މިކޮމެންޓް ކިޔާފަ.ލޮލް

   10
   2
  • Anonymous

   ސަގަންގޫރު އެއީ ކޯންޗެއް؟

   10
   1
 11. ރޭސް

  އަސްލުގަ ތިޔަ އިއުލާނު ކުރީ ލާރިފުންޏާ އިންނާނެ މީހަކު ހޯދަން.

  14
  1
 12. އިބުރޭ1122

  ހިތްގަނޑުވެސް މަތީ އެއްޗެއްތީ. ނުހިއްލުނަސް 18 އަހަރާ 35 އަހަރުގެ ޅަކުއްޖެކޯ. ކީކޭދެންބުނާނީ.

  16
  1
 13. ސައިމާ

  މުދަލު ޒަކާތްދީ ފަޤީރުންނަށް އެހީވިއްޔާކީ. ނިކަމެތި އަނހެނަކަށް އެހީތެރިވުމުގެ ގޮތުން ތިޔަ ޕޭޖުން ކުއްޖަކު ހޯދިނަމަވެސް ރަގަޅު. ދީންވެރި ސޯލިހު ކުއްޖަކު ހޯދުމުގެ ބަދަލުގަ ރީތި ކުއްޖަކު ތިހޯދަނީ. ވަރިހަމަ ދޯ އުޅުމެއް އަޚްލާގެއް ނެތަސް.

  24
 14. ކިޔާ

  މިކަހަލަ ފޯރުންތެރި މީހުން މުޖުތަމަޢުގައި އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުން ޖެހިފަތިބޭ މީހުންގެތެރެއިން މީހަކާ އިންނާނެނަމަ ކޮންފަދަ.މިސާލަކަށް ކޮންމެވެސް ސަބަބަކާހުރެ ކައިވެނި ރޫޅިފަތިބޭ ތަރައްރަފު ނުފުދޭ ދަރިންތަކެއްތިބި މަންމައެއް..ﷲއަށްޓަކާ މިފަދަ އަންހެނަކާއި ދަރިންކޮޅު ހެޔޮގޮތުގަ ބަލައި ބޮޑުކޮށްފިނަމަ އެކަމުގެ ހެޔޮޖަޒާ ދެދުނިޔޭގަވެސް އެމީހަކަށް ދެއްވާނެ.އަދި އެކުދިންނާއި އެކުދިންގެ މަންމަގެ ލޯތްބާއި އަޅާލުމާއި ހެޔޮދުޢާވެސް އެމީހަކަށް ލިބޭނެ.އެކަމަކު ކީއްކުރާނީ ގިނަމީހުން ބޭނުން މިވަނީ ބޮލަށް ފަސޭހަގޮތް..ދެން މުއްސަނދިވީމަ ކިތަންމެ ޅަކުއްޖަކުވެސް އިންނާނެ ދޯ.އެކަމަކު ތިގޮތަށް އިންނަ މީހުން ގިނަފަހަރަށް އިންނާނީ ފައިސާދެކެވާލޯބިން..

  31
  1
 15. ފޮޑި ފުރޭނި

  10 ބުރީގެ އިމާރާާތާ 3 ފިހާަަރަ އާ ހުރިހާ މުދަަލަކާ ހުރިއްުޔާ ހުރި މުދަލެއް ދެންޏާ މަ އިނދެ ދާނަން ބަފައިބެ ކިޔާ ގޮތައް އޯކޭ ތަ ބޭބީ ؟

  22
  1
 16. ޢަބްދުލްޙަކީމް

  ތިޔަމީހާ ހިތުން މިލިޔަނަރަކަށްވީއެވެ. 3 ފިހާރައާއި 2 ކޮޓަރީގެ ބޮޑުމިނުން މައްޗަށް ނަގާފައިވާ ގެއެއް ހުރުމުން އާސްމާނަށް އެރީއެވެ. މާދަމާ މަޖިލީހަށް ކުރިމަތިލާ އަނެއްދުވަހުން ސިޔާސީ ޕާޓީއެއްހަދައި ޖެހިގެން އަންނައަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަންވީއެވެ. މިއީ ރާއްޖޭގައި ފައިސާކޮޅެއް ގިނަވީމާ ބައެއް މީހުންނަށް ވާގޮތެވެ.

  14
  1
 17. އަހުމަދު

  އޭނާ އެފުރުސަތު ހުޅުވާލީ އެކަމަށް ބޭނުންވާ މީހަކު ހުރިއްޔާ އިންނަންވީ އެއީ މައްސަލައެއް ނޫން އުމުރުން ދުވަސްވުން ކުދިން ނުލިބޭ އަންހެނުންވެސް ތިބޭތާ. އަދި މިހާރު ކޮންމެ މީހާކުވެސް އުޅެނީ ރަނގަޅު މީހަކު ހޯދަން ޒުވާނަކާ އިންނަ ތަނުުން ދެތިން ކުދިން ލިބޭ ތަނުން ދޫކޮށްލާ ފައި ދިޔައިމާ ދެން އުފުލަން ޖެހޭ ބުރަޔާ ހިތާމަ ކިތައް އަންހެނުން އުފުލަނީ ދިރި އުޅުމަކީ އުފުލާ އަރާމު ..... މިއުމުރުގެ ކުދިންނަށް މިއޮތީ ރަނުގެ ފުރުސަތެއް ސާލިޙު ފިރިހެނެއްތޯ ބަލައިލާފައި އަވަހަށް ތިކަން ކުރަންވީ

  13
  4
 18. ސީރިއަސްލީ

  ސޮރީ މުނިކާފަ. އައިއެމް ނޮޓް އިންޓަރެސްޓެޑް.

  11
  4
 19. މަވެސް

  ތިއީ ވަރަށް ރަނގަޅު މީހެއް، އެގޮތަށް އެހެން ފިރިހެނުންވެސް އުޅެން ދަސްކުރޭ، ޅަކުއްޖަކު ބޭނުންވީމާ ފައިސާދީފާ ހަރާންގޮތަށް އުޅުމުގެ ބަދަލުގައި ޙަލާލު ގޮތުގައި މީހަކު ޙަލާލް ކޮށްގެން އުޅުމުން ދެދުނިޔޭގަވެސް ސަލާމަތްވެ ބާއްޖަވެރިވާނެ، މަވެސް އެގޮތަށް މީހަކާ އިންނަން ބޭނުން

  25
  1
 20. ޢައިބާ

  ދިވެހިމިލއަނަރަކޭ ތިކިޔަނި ރީތި ކޮއްލަންތަ ، ދިވެހި މުސްކުޅިއަކު ޅަކުއްޖަކާއި އިންނަން ބޭނުންވާ ވާހަކަ ލިޔެބަލަ

  16
  2
 21. ކަށިކެޔޮ ދޮންތުއްތު

  ތި ނެނގޭ ނުން 1.2 މިލިއަން ކޮން އެއްޗެއް ކަމެއް އޭނައަށް ލިބެނީ؟ 1.2 މިލިއަން ލާރި ކަމައް ވެދާނެ. ރުފިޔާ އަށް ނުވެދާނެ.

  13
  1
  • މަ

   ލޮލް

   10
   1
 22. ޔާމިނު

  އޭނަ އަތުގައި ހުރީ މީހެއްގެ ލާރި

  3
  5
 23. ިިއީސާފުޅު

  އެބޭފުޅާ އައް ކިޔަނީ ކޮންނަމެއްތަ؟؟

  11
 24. ސީދާ 21 އަހަރު

  މަ ހިތައް އެރި އިންނަން... އެކަމް..... 68 އަހަރޭ؟؟

  10
 25. އޫޕުސް

  އަޅެ މިލިޔުނަރުންނާަ އިންނާަނެ މީިހުން ހޯދަންވެސް އިއެލާަނު ކުރަން ޖެހޭތަ؟؟؟ އެހެން ވާމަ ފައިސާަ އޮތަކަސް ހުރިހާަ ކަމެތް ނުވާަނެ ކުދިންނޭ.... ފައިސާަ އަކުން ލޯތްބެއް ނުގަނެވޭނެ......

  5
  1
 26. ށ

  ދެންވެސް ތި މީހަކު އިންނަންވީ ގިނަ ދަރިން ލިބިފައި ހުރި ހުވަފަތް މީހަކާ. ޢޭރަށް މީހަކަށް އެހީވެވުނީ. ޢަދުތޯ މާދަމާ ވެފަހުރި މީހަކު ހެޔޮ ކަމެއް ކުރެވޭތޯ ބަލންވީނު