ކުޑަކުދިން ހުރިގާ ގޮތަކުން ފިޓްކޮށް ތިބެން ގިނައިން ނިދުން ވަރަށް މުހިންމެވެ. ކޮންމެ ކުއްޖަކުވެސް ކޮންމެ ދުވަހަކު 11 ގަޑިިރާއި 14 ގަޑިއިރާ ދެމެދު ނިދި ބޭނުންވާނެއެވެ. އެއިރުން އެ ކުދިންގެ ހެދި ބޮޑުވުމާއި، މެންޓަލީ އަދި ފިޒިކަލީ ރަނގަޅަށް ތިބުމަށް އެހީވެދޭނެއެެވެ.

އެކުދިން 7:30 އާއި 8:00 ޖަހާލާ ހާއިރު ނިންދަވާ ނަމަ ރޭގަނޑު ދަންވަރު ވަރަށް ހޭލާ ނޫޅޭނެއެވެ. އަދި އެ ކުދިންނަށް ރަނގަޅު ރެސްޓުވެސް ލިބޭނެއެވެ. ދަރިފުޅު އެ ގަޑިއަށް ނިންދަވާނަމަ ނިދިވެސް ހަމަވާނެއެވެ. އަދި އެގޮތަށް އާދަކުރާނަމަ އެގަޑިއަށް ނިދަން ފަސޭހަވެ އެ ކުއްޖާއަށް ހަމަނިދިވެސް ލިބޭނެއެވެ.

  • ރޭގަނޑު ގަޑީ އެ ކުއްޖާއަށް މަސައްކަތައް ހަވާލު ކުރުމުގައި ބަދަލުގައި، ދުވާލު ގަޑީގައި ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ރޭގަނޑު އެ ކުއްޖާއަށް ރެސްޓް ކުރުން ފުރުސަތު ދޭނަމަ ނިދި ރަނގަަޅަށް ހަމަވާނެއެވެ.
  • އަބަދުވެސް އެއްގަޑިއަކަށް ދަރިފުޅު ނިންދެވުމަށް ސަމާލުކަން ދިނުން މުހިންމެވެ.
  • ރޭގަނޑު ނިދަން އޮންނައިރު، ހަމައެކަނި ދޭންވީ ކިރުތައްޓެކެވެ. އެހެން ކަހަަލަ އެއްޗެއް ދީގެން ދަރިފުޅަށް ނިދަން އުނދަގޫވާނެއެވެ. ހާއްސަކޮށް ޗީޒް ކަހަލަ އެއްޗެހި ހުންނަ އަދި ފޮނި އެއްޗެހި އެގަޑީގައި ނުދާށެވެ.
  • ރޭގަނޑު ގަޑީގައި ފޯނާއި ކުޅޭން ނުވަތަ ޓެބްލެޓް ފަދަ އެއްޗެއްސާއި ކުޅުވުން ދުރުކޮށްލާށެވެ. އެފަދަ އެއްޗަސަކީ ކުއްޖާގެ ނިދި ނަގާލާ އެއްޗެއްސެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑެ

    ވަރަށް ރަނގަޅު ވާހަކަ ކޮޅެއް، އެކަމް މައްސަލަޔަކީ ސްކޫލް ތަކުގެ ޓައިމް އޮންނަ ގޮތުން،

  2. ?

    އަލްހަމްދު ލިﷲ. މާޝާﷲ