ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ލަވަ ހީލީމާގެ ދެވަނަ ލަވަ "ހީލީމާ އަގެއިން" ގެ ޓްރެއިލާ ނެރެފިއެވެ. ރާއްޖޭގެ ފިޔަ ޖަހަމުން އަންނަ ޒުވާން ދެ މޮޑެލް އާއެކު މި މަހު 14ގައި "ހީލީމާ އަގެއިން" ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލަވައިން ފެނިގެންދާނީ ރާއްޖޭގެ ޒުވާން ދެ މޮޑެލް މުހައްމަދު އިޝްފާން އަދި ޖަމްޝީދާ ޖަމްޝީދު އެވެ. މި ލަވަ ޝޫޓްކޮށްފައިވަނީ މާލެ، ވިލިނގިލި. ހުޅުމާލޭ އަދި ރާއްޖޭގެ ބައެއް ރަށްތަކުގަ އެވެ.

Here is the final Trailer of the Music Video #Beynun#HeeleemaaAgain 2 days to go...

Posted by Imagination Reality on Sunday, 10 February 2019

"ހީލީމާ" ގެ ލަވަ ހުށަހަޅާދީފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ފިރިމީހާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ކުރިޔަށް އޮތް "ހީލީމާ އެގެއިން" އިން އިވިގެންދާނީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމްގެ އަޑެވެ.

"ހީލީމާ" އިން ފެނިގެން ގޮސްފައި ވަނީ ކާމިޔާބު ބަތަލާ މަރިޔަމް އައްޒަ އަދި ޖުމައިހް އެވެ.

އެ ލަވައަކީ މިހާތަނަން ރާއްޖޭގައި ލަވައަކަށް އެންމެ ބޮޑު ހޭދައެއްކޮށް އުފެއްދި ފުރަތަމަ ވީޑިއޯ ލަވަ އެވެ. އަދި "ހީލީމާ އަގެއިން" އަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޑައިރެކްޓަރު އަޒްހާން އިބްރާހިމް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުނާމީ

    ސުވާލަކީ ރާއްޖޭއައި ވެސް ކަރަން ޖޯހަރު އުފެދުނީ ބާއޭ؟؟؟؟
    ނަމަވެސް ތަފާތަކީ މީ ހިއްނަވަރަށްް އުފަން ކަރަން ޖޯހަރެކެވެ. ކޮންމެ ފަހަރެއްގަ ލޯބިވެރިންގެ ދުވަހަށް ނިސްބައިކޮށް ލަވަ މިނެރެނީ ލޯބިވެރިއާއަށް ބާއޭވެސް ފިލަމް އިންޑަސްޓްރީ ތެރޭ ދެކެވެ ވާހަކެއެކެވެ.
    ފާހަނގަ ކޮއްލެވޭ އަނެއް ވާހަކަ އަކީ، މީގެ އެތަކެއް ދުވަހެއްކުރިން އާއްމުކުރި ޕޯސްޓަރާ މިހާރު ނެރެފައިވާ ލަވައިގެ ޓްރެއިލާއާއި އެއްވެސް ގުޅުމެއް ނެތްކަމެވެ.
    ދެންއޮތް ވާހަކައަކީ، މިހާބޮޑު ބަޖެޓަކުން ދިވެހި ފިލްމެއްވެސް ހެދޭނެ ކަމަށް ލަފާކުރެވޭއިރު، ކަރަން ހަމަ ކޮއްމެ ލޯބިވެރިންގެ ދުވަހަށް ލަވަހޭނެރޭނީ؟؟؟

  2. ހަސަނު

    ތިހާ ހަރަދު ކުރިއަސް ކުރީގެލަވައިން ވެސް އެ ކޮލިޓީއެއް ނުފެނޭ. ވާޖަހައިގެން ހެދުން ދަމާތަން ފެނުނީ.

  3. ޖާހިދުު

    މިފަހަރު ތިލަވަ ބަލަން ކެރިއްޖެޔާ ރަނގަޅުދެން