އެމެރިކާ އިން ބުނަމުން އަންނަ ގޮތުގައި މީގެ 50 އަހަރުކުރިން އެމެރިކާގެ މީހުން ވަނީ ހަނދަށް ގޮސްފައެވެ. އެކަން ސާބިތުކުރުމަށް ފޮޓޯތަކެއްވެސް ދެއްކިއެވެ. އެހެންނަމަވެސް، އެކަން އެއީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށް، ފަހަކަށް އައިސް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ. އެފަދައިން ވާހަކަ ދައްކާ އެތައް ފަރާތަކުން ދަނީ ވަރުގަދަ ހެކިތަކެއްވެސް ދައްކަމުންނެވެ.

އެގޮތުން، އެމެރިކާ އަށް ކުރިމަތި ކުރުވާ އެންމެ ވަރުގަދަ އެއް ސުވާލަކީ، އެޤައުމަށް ހަނދަށް ދިއުމުން ޤާބިލުކަން ލިބިފައިވާކަމަށް 50 އަހަރު ކުރިން ބުނިނަމަވެސް، ފަހުން އެކަން ނުކުރީ ކީއްވެގެންތޯއެވެ.

ރޭގެ ވަގުތެއްގައި، ނާސާގެ އެޑްމިނިސްޓްރޭޓަރ، ޖިމް ބްރައިޑެސްޓައިން ވަނީ ސައިންޓިފިކް ނޫހެއްކަމުގައިވާ "އޮޒީ" ގައި ލިޔުމެއް ޝާއިއު ކޮށްފައެވެ.

މި ލިޔުމުގައި ޖިމް ވަނީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ކަމެއް ބަޔާންކޮށްފައެވެ. އެއީ ނާސާ އިން އަނެއްކާވެސް ހަނދަށް، އިންސާނުން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ވާހަކައެވެ،

"އަހުރެމެން އަނެއްކާވެސް ހަނދަށް ދާން މިއުޅެނީ ފަހުގެ އީޖާދުތަކާއި ފަންނިއްޔާތު (ޓެކްނޮލޮޖީ) ގެ އެހީގައި، ގޮސް ކުރިން ދެވޭނެ ކަމެއް ހީނުކުރާ (ހަނދުގެ) ތަންތަނަށްވެސް ދާނަން."..."މި ފަހަރު ދިއުމަށްފަހު އަހުރެމެމް ހަނދުގައި މަޑުކުރާނަން." ނާސާގެ ވެރިޔާ ބުންޏެވެ.

އެހެންނަމަވެސް، ނާސާ އިން އެކަން ކުރާނީ ކޮން އިރަކު ކަމެއް ނުވަތަ ކިހާ މުއްދަތެއްގެ ތެރޭގައިކަންވެސް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް، މިކަމުގައި ޖައްވީ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން އޮންނާނެކަމަށްވެއެވެ.

ޖިމްގެ ވާހަކަތަކާ ގުޅިގެން، ކުރިން ލީކުވި ބައެއް ނާސާގެ ރޭވުންތަކުގެ އަޑުވެސް ވަނީ ގަދަވެފައެވެ. އެގޮތުން، ހަނދުގައި ނާސާ އިން ދެވަނަ އައުޓްޕޯޓެސް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކެއް، މީގެކުރިން ލީކުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަދަ ނަހުލަަ

    ޔާރައްބި! މިލިޔުން އަވަހަށް ނަގާ . މިތިބަ ޖާހިލުން އައިސް މި ޚަބަރުތެރެއަށް ޖިހާދުވެގެންވެސް ފާނެ.

  2. އަޙްމަދް

    ވިލި މާލެ މާލެއާއި ދޭތެރޭ ވެސްމހަނދެއް، ނާސާގެ ޤަމާރުންތައް އެއަށް އަރަން އާދެބަލާ.