1992 އަހަރު ނުކުތް ޑިޒްނީ ކާޓޫން "އަލާއްދީން"ގެ އާ ޓީޒާ ޓްރެއިލާއެއް ނެރެފިއެވެ. މި ފިލްމުގައި މިފަހަރު "ޖިނީ"ގެ ރޯލުން ފެނިގެން ދާނީ ވިލް ސްމިތް އެވެ.

މި ފިލްމުގެ ޓިޒާ ނިމިގެން ދިޔައިރު ވިލް ސްމިތު ފެންނިގެން ދާނީ "އަލާއްދީން" ގައި ވެސް ޖިނީ ފެނުނު ގޮތަށް ބިޔަކޮށް ނޫކުލައިގަ އެވެ.

ފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންއަށް ދައްކާލާފައިވާ އިރު އެ ފިލްމު ޑައިރެކްޓްކޮށް އުފައްދަނީ ގާއި ރިޗީ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ޑޭން ލިން އެވެ.

ފިލްމުގައި އަލާއްދީންގެ ރޯލުން ފެނިގެންދާނީ މެނާ މައްސޫދެވެ. އަދި ޖޭސްމިންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ. ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާއިރު ޖަފަރުގެ ރޯލުން ފެނިގެންދާނީ މަރުއާން ކެންޒާރީ އެވެ.

"އަލާއްދީން" ރިލީޒްކުރުމަށް ހަމަ ޖެހިފައިވަނީ މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

މި އަހަރަކީ ވޯލްޓް ޑިޒްނީގެ ގިނަ ކާޓޫންތަކެއްގެ ރީމޭކް ގެނެސްދޭނެ އަހަރެކެވެ. އޭގެ ތެރޭގައި ލަޔަން ކިންގް އަދި ޑަމްބޯ ހިމެނެ އެވެ.