މަޝްހޫރު އިލެކްޓްރިކް ކާރު ކުންފުނި، ޓެސްލާގެ ވެރިޔާ އަދި ސްޕޭސްއެކްސްގެ ސީފް އެގްޒެކެޓިވް އޮފިސާ އީލަން މަސްކް އެމެރިކާގެ ލޮސް އެންޖެލެސްގައި ހުރި އޭނާގެ އަގުބޮޑު ގެ ވިއްކާލާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ކަރަންޓު ކާރު ފަދަ އާ ޑިޒައިން ތަކުގެ މޮޅު އުފެއްދުންތައް ޓެސްޓު ކުރަމުން އަންނަ ޓެސްލާ ކުންފުނީގެ ވެރިޔާ އީލަން މަސްކް އޭނާގެ ކުރީގެ އަންހެނުނާއި އެކު ހޮސް އެންޖެލެއިން ގަތް ގެ ވިއްކާލަން ނިންމާފައިވަނީ 4.5 މިލިއަން ޑޮލަރަށެވެ.

ރިމޯޓް ބޭނުން ކޮށްގެން ގިނަ ކަންކަން ކޮންޓްރޯލް ކުރެވޭ 3000 އަކަ ފޫޓުގެ މި ގެ ވިއްކާލަން މާކެޓަށް އެހެން ހުޅުވާލިއިރު އޭނަ މި ގެ ގަނެފައިވަނީ 2014 ވަނަ އަހަރު 3.9 މިލިއަން ޑޮލަރަށެވެ.

އީލަން މަސްކްއަކީ ދެކުނު އެފްރިކާއަށް އުފަން ވިޔަފާރިވެރިޔެކެވެ. އޭނާއަކީ މަޝްހޫރު ބައެއް ކުންފުނިތައްކަމުގައިވާ ސްޕޭސް އެކްސް، ދަ ބޯރިންގް ކޮމްޕެނީ އަދި ސޯލާރ ސިޓީގެ އިތުރުން ޓެސްލާ ފަދަ ކުންފުނިތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އޭނާއަކީ ވިޔަފާރީގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އަދި ވިސްނުންތޫނު އެއް ފަރާތްކަމުގައިވެސް ވަނީ ބެލެވިފައެވެ. އިލޯން މަސްކްގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޕްލެނެޓް މާރސްގައި އިންސާނުންގެ މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްލެވެއެވެ.