"ޓިކްޓޮކް" ގެ އަވައިގައި ޖެހި ދިވެހިން ދަނީ ގެއްލި ހަލާކުވަމުންނެވެ. ޒަމާނުންސުރެ، ދިވެހިންގެ ކާބަފައިން ހިފަހައްޓަމުން އައި ރިވެތި އަހުލާގުތައް ދަނީ ނެތި، ވެއްޔާ މޮޑެވެމުންނެވެ. ޒުވާނުންގެ މެދުގައި ހުރި އަހުލާގީ ސިފަތައް ނެތެމުންދާއިރު، މިކަންކަމާ އަޅާލާނެ، މިކަންކަން އިސްލާހު ކުރަން ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ވާހަކަ ދަނީ ދެކެވެމުންނެވެ.

ނަތީޖާއެއްގެ ގޮތުން، މިފަދަ ކަންކަމުގައި މަސްއޫލުވެ އުޅޭ ދިވެހީންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އަނެއްކާވެސް މިއީ އެފަދަ ޒުވާނެއްގެ ވާހަކައެވެ. ޓިކްޓޮކްގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކުރަމުންދާ މީހެއްގެ ވާހަކައެވެ. "ތޯމަސްމުލާ7" ގެ ނަމުން ޓިކްޓޮކްގައި މި ފިރިހެން މީހާ ވީޑިޔޯ އާއްމު ކުރަމުންދަނީ އަންހެން ހެދުން އަޅައިގެންނެވެ.

މި ޒުވާނާ، އޭނާގެ ޓިކްޓޮކް އެކައުންޓުގައި، ފަހަކަށް އައިސް އާއްމުކޮށްފައިވާ ހުރިހާ ވީޑިޔޯއަކީވެސް، ނިވާކަން ކުޑަކޮށް، އަންހެނުންގެ ހެދުން އަޅައިގެން ނަގާފައިވާ ވީޑިޔޯތަކެވެ.

ފިރިހެނުން އަންހެން ހެދުން އެޅުން، ދީނީ ނަޒަރަކުން

ފިރިހެނުން އަންހެނުންގެ ހެދުން އެޅުން އަދި އަންހެނުން ފިރިހެނުންގެ ހެދުން އެޅުމަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭވަރަށް، މާތްވެގެންވާ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަންނަކަމުގައިވާނަމަ، އެފަރާތްތަކަށް ލައުނަތް ލެއްވިގެންވާކަމަށް، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.

لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ‏
މާނަ: "އަންހެނުންގެ ހެދުންއަޅާ ފިރިހެނާއި، އަދި ފިރިހެނުންގެ ހެދުންއަޅާ އަންހެނާއަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ"

أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ

ޙަދީޘުގެމާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުނަނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ"

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އަންހެނުން ފިރިހެނުންނާ ވައްތަރުވުން އަދި ފިރިހެނުން އަންހެނުންނާ ވައްތަރުވުމުގެ ތެރޭގައި އެތައް ކަމެއް ހިމެނެއެވެ. އެގޮތުން، ވާހަކަ ދެއްކުމުގެ ގޮތްތަކާއި، ހަރަކާތްތައް ހުންނަ ގޮތްތަކާއި، ހިނގުމުގެ ވައްޓަފާޅިއާއި ހެދުން އެޅުން ހިމެނެއެވެ.

އެހެންކަމުން، ފިރިހެނުން އަންހެނުންނާ ވައްތަރުވެގެން އުޅޭ ކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ކަންކަމެވެ. ސަރުކާރާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން، މިކަންކަން ސީރިޔަސްކޮށް ނަގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މަރިޔަމް

    ޓިކޮޓޮކް އަށް ނުވަދެވޭ ގޮތަށް ހަދަން ގޮވާލަން

    26
    • މަރިއްޔާ

      އާން ޓިޓޮކައް ވަނުން މަނާ ކުރުން އެދެން

      22
    • އާދަނު

      ތާއީދު

      22
  2. ާަަަަަެެެޮޮިުއަފީ

    ޤައުމުގެވެރިންނައްތިއްބެވިބޭފުޅުން
    ކީރިތިރަސާ މުހައްމަދުސައްލަﷲވަހީކުރައްވާފަވާބަސް
    ފުޅުގެމާނަވެސްނޭގޭމީހުންޤައުމުގެވަލީޢުލްއަމުރު
    ކަމާހަވާލުވީމާފެންނާނީތިކަހަލަހަޔާތްކުޑަމަންޒަރު
    އަދި3މަސްމިވީއަދިތިޔަތްވުރެންމީހުންވިޔާނުދާ
    ކަންތައްކުރާނެ ހުޓުވާނެސަރުކާރެއްނެއް؟
    ތިޔަކަހަލަހުރިހާނުބާކަމަކައްމިސަރުކާރުން
    މަގުފަހިކޮއްދޭނެ
    މިބައިގަނޑުމާތްﷲގެއިރާދަފުޅުންއަދިބަލިކުރައްވާށި
    [އާމީން] [އާމީން][އާމީން]

    12
    5
    • ޞސބސހ

      ތި ކިޔޭ އެއްޗެއް އެބަ އިގޭތަ ބުރާންޗާ؟ ރަސޫލާ ވަހީއެއް ނުކުރައްވާނެ ހަދީޝް ކުރައްވާނީ. އަދިވެސް މީހުންނާ ބެހެވޭތޯބަލާ

      19
      1
  3. ޖ

    މިސަރުކާރުން ތިކަމަކާއި އަޅާނުލާނެ

    10
    9
    • ޜަނާ

      ޢަސްލުވެސް އަޅައެއް ނުލާނެ ބުނާނީ އެއީ މިނިވަން ކަމޭ އެ މީހަކު ބޭނުން ގޮތަކަށް އުޅެވެން ވާނެޔޭ އެކަމަކު ވެރިކަމުގަމިހުރީ ރަސޫލާ ދުޢާ ދެއްވި ފަދަ ބޭފު ޅެކޯ ހޭބަލި ވެދާނެ އިލްޔާސް މެން ދައްކާ ވާހަކައިން

      12
      3
  4. މަ

    ތި ޓިކް ޓޮކެއްގަ ނެތޭ ތި ނޯން އެއްޗެއް. ހުސް ރިހަ ލޯގނޑުން އޮތީ.

    10
    1
  5. ޙައްވަ

    މިކަހަލަ މީހުން ފެނުނީމަ ފަކުރު ގަންނަނީ ???

    17
  6. ޓެބޭ

    ޥަރަށް ގިނަ ޕޮލިސް ކުދިން ފެނުނު ތިހެން އުޅެވުނު ތަންް

    13
    1
  7. މަރި

    މެރާކޯ ކޮފީގައި އުލޭނެ އަންހެނެެއް ފިރިހެން ހެދުން އަޅައިގެން އުޅޭ. އެމީހާގެ ވާހަކަވެސް ޖަހާދީބަލަ

    10
    1
  8. އަބުދުﷲ

    ސަރުކާރަންތާއިދުކުދާމީހެންނޫން ނަމަވެސް
    އަހަންނަ ނުބައީމައިންބަފައިން

    8
    1
  9. ޒުނޭރާ

    ޢަފީ،ޤައުމުގެ ރައީސަކަށް ހުންނެވި ބޭފުޅާގެ ވާހަކަ ނުދައްކަވަ އަފީ ލިއެފަ ވާ އެއްޗަކަށް ބަލާލައިފަ ވިސްނާލަ ބަލަ

  10. މީމު

    މިފެންނަނީ ފަހުޒަމާނުގެއަލާމާތްތައް

  11. ކަނޑުކޮސް

    އެއް ޓޮކަކަށް ނުވަދެވުނަސް ދިވެހިންގެ ތެރޭގައި މަސްތުވުން ޒިނޭ ކުރުން އެއް ޖިންސުން ގުޅުން އޮވޭ. ބުރުގާ އެޅިޔަސް މިސްކިތަށް ދިޔަޔަސް ރޯދަ ހިފިޔަސް. އެކަން ހިނގާ ފެށުނީއްސުރެންވެސް. މިއަދުވެސް ހިނގާ. އަދި މާދަމާވެސް ހިނގާނެ. ތުނބުޅިލީ މީހުންވެސް ކުރޭ. ދެން މިކަހަލަ ކަންތައް ހުއްޓުވަނީ ކިހިނެއް؟

    11
    • ކިިޔާ

      ކޮންމެ އިންސާނަކީ ކުށްކުރެވޭނެ މީހެއް.ތުނބުޅިހުއްޓަސް ބުރުގާއެޅިޔަސް ކަންދެއްކުމަށް ނަމާދާއި ރޯދަހިފިޔަސް އަދި މިނޫނަސް ކިތަންމެ އަޅުކަމެއްކުރިޔަސް އެކުރާ އަޅުކަމަކުން ނަފްސަށް ލިބޭނެ ފައިދާއެއް ނެތް..އެކަމަކު ދީނުގަވާ އަޅުކަންތައް އިޚްލާސްތެރިކަމާއިއެކު ކޮށްފިނަމަ ތިބުނިކަހަލަ ފާހިޝްއަމަލުތަކާއި މުންކަރާތްތަކުން އެމީހެއްގެ ނަފްސު ރައްކާތެރިވާނެ..މީ ޔަޤީންކަމެއް.މިޔަޤީންކަން އަހަރެމެންނަށް ދެއްވެވީ މާތްﷲއާއި މާތްރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ.އަދި މިކަން އިހްސާސްވާނެ މިފަދައިން އަމަލުތައްހުންނަ ކޮންމެ މީހަކަށްވެސް.

      11
  12. ދޮންމޮހޮނު

    ރަށްރަށުގައި އީދު ކުޅިވަރު ނަމުގައި މިކަން ކުރަމުންއަންނަތާ ކިތައްމެ ދުވަހެއް. މަގޭ އުުުމުރުން އެންމެ 8 އަހަރުގަ ކުޅުދުއްފުއްޓަށް ދިޔަ ތަނުން އީދު ގަ ފިރިހެނުން އަންހެން ހެދުން ލައިގެން މާލި ހެދިގެން ވައްތަރު ޖައްސަން ފެށުމުން ހުރި ހައިރާންވެފަ. މިހާރު 40 އަހަރު ވެއްޖެ. އަދިވެސް އެކަންތައް އެއޮތްކުރަނީ ރަށްރަށުގަ. ދެން އޮތީ ކުޑަކުދިންގެ ގައިގަ ކަޅުދެލި އުނގުޅައިގެން ޖަންގަލިވައްތަރު ޖެއްސުން. މިކަމެއް ނުފެނޭ އެއްވެސް ނޫހަކަށްވެސް.

    9
    1
  13. ނުރަބޯ

    ރައީސް ޔާމީންގެ 5 އަހަރުގެ ދައުރު ފެށިގެންގޮސް ނިމިގެން ދިޔައީ މިކަހަލަ އެއްވެސް ބޮލުގަރިހުމެއް ނެތި އެވެ. އެއިރު ޓިކްޓޮކެއްވެސް ނެތެވެ. ނުވަތައޮތަސް އޭގެ ނުރައްކަލެއް ނެތެވެ. ފިލިޖަހާލީމާ މަސްއައިން ތިލަވާހެން ލާދީނީ މީހުންގެ ނުފޮރުއްޕާނެއް ވެސް ނެތެވެ. ކީއްވެގެން ތޯއެވެ؟ އެއީ އެފަދަކަންތައްތަކަށް އެއިރުގެ ސަރުކާރުން ޖާގަ ނުދޭނެތީއެވެ. ނަމަވެސް މިހާރުވެރިކަމުގައިއޮތް ރީނދޫ ޕާޓީއަކީ ލާދީނީ ޢަލްމާނީ ފިކުރުގެ ބައެއްކަމުން، އެމީހުން މިފަދަ ކަންކަމަށް މާބޮޑު އަޅާލުމެއް ނުބަހައްޓާނެތީ އެފަދަ ކަންކަން ފެންމަތިވަމުން މިދަނީ ކަންބޮޑުވާހާ މިންވަރަށެވެ.

    7
    5
  14. ާއަހްމަދު އަލީ

    ޓިކޮޓޮކް އަށް ނުވަދެވޭ ގޮތަށް ހަދަން ގޮވާލަން.
    މި މީހުން ކުރާނެތަ އެކަންތައް؟

  15. ހެޔޮއެދޭ

    އަސްލު މައްސަލަޔަކީ ސަރުކާރެއްވެސް ނޫން. އެއީ ފަރުދީ މައްސަލަޔެއް، ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅާލަބަލަ ތިމަންގެ ދަރިންނަކީ އަހުލާގު ރަނގަޅު ދަރިން ގޮތުގަ ހަދަން. ތުއްތު އިރު ރަނގަޅު އސްލާމީ ހެދުން އަޅުވަން.

    10
    2
  16. ފިރިހެން ފާތުމަ

    ބަލަ ކޮއި ފުލުމެންނޭ އެވެރިން އެހެން އެއުޅެނީ މީހުން ހެއްވަން ވެގެންތަ؟ ނޫން ފިރިހެނުންނަށް ފަރިދައްކަން. ކޮއްމެ ޒަމާނެއްގަ ކުރިޔަސް ގޯސްކަމެއް ވާނީ ގޯސްކަމަކަށް.

  17. ހިޕީ

    ފިިރިހެނުން ލާފަދަ ހެދުންލައިގެން އުޅޭ އަންހެނުންގެ ވާހަކަ ޖަހާލަބަލަ، މިކަހަލަ އަންހެނުން ހޯދަން ޓުވިޓާއަށް ވަދެލާ. މާ މޮޅަށް ދުނިޔެ އިނގޭ މާ މަތީފަންތީގެ ބައެއް އުޅޭނެ އެ ޓުވިޓާގަ. އެމީހުންގެ ވާހަކަ ޖަހާލަން ފެނޭ. އަހަން އެމީހުންގެ ހުންނާނެ ކޮންމެ ކަމަކަށް އޮޕީނިއަންއެއް. އަނެއްކާ މޮޅު ތަންކޮޅަކީ އެންމެން ޖެހޭނެ އެ އޮޕީނިއަން ގަބޫލުކުރަން. ނުކޮށްފިއްޔާ އެއީ ކަޑަމީހެއް. އެ ސުޕީރިޔާ ޓުވިޓާ މީހުންނަކީ އަސްލު ސޮޑުން

    4
    2
  18. ލޫލު

    ޓިކްޓޮކް ކީއްކުރަން.. ފޭސްބުކް،ވައިބަރ،އިންސްޓަގްރާމް،ޓްވިޓަރ..،މިހެން ގޮސް ކިޔާނެކަމެއް ނެތް.. މިއެއްޗިއްސައް ނުވަދެވޭ ގޮތަށް ހަދަންވީ..ހުރިހާވެސް ކަމަކީ ސޯޝަލް މީޑިއާ.. މިހާރުގެ ޅަދަރިން މިހިރަ ހަލާކުވަމުންދަނީ..ދެމަފިރިންގެ ދޭތެރޭ މައްސަލަޖެހުމުގެ ސަބަބަކަށް ވެއްޖެ..ބޭކާރުގޮތުގަ ވަގުތު ހޭދަވުން ނޫން ކަމެއް ނުވޭ..ބޭކާރު ގޮތުގައި ފައިސާ ހަރަދުވުން ނޫން ކަމެއް ނެތް..

    7
    2
  19. ޭެއަހަންމަދު

    ބަލަ ޓިކްޓޮކު ގައި އެކަނިންތަ ފިރެހެނުން އަންހެން ވެގެން އުޅެެނީ ...އަހަރުމެން ނަށް މަގު މަށްޗަށް ނިކުންނަައިރަށްއެ ތަނުން ވެސް ފެންނަނީ އަންހެން ވެރިން ޖިންސާ ޓީޝާޓު ލާފަ ތިބޭ ތަން އެވެސް ފިރެހެން ވުމެށް ނޫން ތަ

  20. Anonymous

    އަޖައިބެއް. ސަދޫމްގަ ހަރާމްކަމެއް އޮވޭތަ.

    5
    2
  21. ދެންދޯ

    މަގޭ ކޮމެންޓް ލައިބަލަ

    1
    3
  22. Anonymous
  23. ދެފުއްކެހެރި

    ފުރަތަމަ ވިސްނާލަބަލަ ކިތައް އަންހެނުންތޯ ފިރިހެން ސިފަ ޖަހާ ހެދުން ލައިގެން އުޅެނީ
    ޓިކްޓޮކް އެކަންޏެއް ނޫނެއްނު ޓޮއް ޓޮއް ވެސް

    4
    1
  24. ހައިރާން

    ޢަޖައިބު ހީވޭ ޔާމީނު ސަރުކާރުގަ ވެސް ތި ގަނޑު ގަންނަ މީހުން ދިޔައީ ގަންނަމުން. އެކަމު ދެލޯ ހުރިއްޔާތާ ފެންނާނީ.

  25. ތަކުރު ބެއްޔާ

    ޓިކްޓޮކަށްވެސް އަދި އެހެން ޓޮކަކަށްވެސް ނުވަދެވޭގޮތެއް ހެދޭކަށްވެސް ނެތެވެ. އަދު ހެދިގެން ނުވެސް ވާނެއެވެ.! އެއީ މިފަދަ އޯގާތެރި ވެރިކަމެއް ލިބިގަނެގެން އަޅުގަޑުމެން އުޅޭއިރު ފުރިހަމަ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން ހޯދައިގެން ތިބީމައެވެ.