ޕޮޕް ރަސްގެފާނު މައިކަލް ޖެކްޝަން ދިރިހުރި ކަމަށް ބުނާ ކޮންސްޕައިރަސީ ތިއަރީއެއްގެ ވާހަތައް އަނެއްކާވެސް އިންޓަނެޓްގައި އާންމުވެއްޖެއެވެ. މައިކަލް ޖެކްޝަންގެ މަރާ ގުޅިގެން އެތަކެއް ބައެއްގެ ހިތުގައި ޝައްކުތަކަކާއި ސުވާލުތަކެއް އޮތް އިރު، އޭނާގެ މަރުގެ ކަންކަން އަދިވެސް ދަނީ ތަހުގީގު ކުރެވެމުންނެވެ.

މައިކަލް ޖެކްޝަންއާއެކު ޕްރޮޑިއުސް ކުރުމުގެ މަސައްކަތުގެ އިތުރުން އެކި ކަންކަމުގައި ގާތްކޮށް މަސައްކަތް ކުރި ރެޕާ، އަދި ސްޓައިލިސްޓް ޓެޑް ރައިލޭ އިސްވެ ހުރެ، މައިކަލް ޖެކްޝަން މަރު ނުވާ ކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަށް ރެޕް އާޓިސްޓް އޭކޮންވެސް ވަނީ ތައީދު ކޮށްފައެވެ.

ޓެޑް ބުނެފައި ވަނީ މައިކަލް ޖެކްޝަން މަރު ނުވާ ކަމަށާއި، އޭނާ އެނބުރި އައުމަށް ބޮޑު އިވެންޓަކާއެކު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ މައިކަލް ޖެކްޝަންގެ އާއިލާއަށްވެސް ނޭނގޭ ކަންތައްތަކެއް ކަމަށް އޭނާ ބުންޏެވެ. ސްޓްރޯކެއް ޖެހިގެން 2009 ވަނަ އަހަރު މައިކަލް ޖެކްޝަން މަރުވިކަން އިއުލާން ކުރި ނަަމަވެސް، އޭނާ މަރާލީ ކަމަށްވެސް ވާހަކަތައް ދެކެވުނެވެ.

އޭގެ ފަހުން މައިކަލް ޖެކްޝަންގެ މަރުގެ ތަހުގީގު ކުރަމުންދާ އިރު، އޭނާގެ މަރު ތަހުގީގު ކުރަމުންދާ މައިކަލް ޓުރެގާނޯވެސް ވަނީ ޓެޑްގެ ބައެއް ވާހަކަތައް އަޑުއަހަން ޖެހޭ ކަމަށް ބުނެފައެވެ. ޓެޑް ބުނެފައި ވަނީ 2009 ވަނަ އަހަރު މައިކަލް ޖެކްޝަން މަރުވި ކަމަށް އިއުލާން ކުރި ނަމަވެސް މިއަހަރު ފަހުކޮޅުގައި އެނބުރި އައުމަށް މައިކަލް ޖެކްޝަން މަސައްކަތަކެއް ކުރަމުންދާ ކަމަށެވެ.

އެނބުރި އައުން ކުލަގަދަ ކުރުމަށް އަލްބަމެއް ރެކޯޑު ކުރަމުންދާ ކަމަށާއި، އެކަން ކުރަމުންދަނީ ނަން ހާމަނުކުރާ، ހުރިތަންވެސް އާންމުންނަށް ނޭނގޭ ތަނެއްގައި ކަމަށް އޭނާ ބުންޏެވެ. ޓެޑްގެ ވާހަކަތަކަށް އޭކޮންވެސް އެއްބަސްވެފައިވާ އިރު، މައިކަލް ޖެކްޝަން ދިރިހުރި ކަމުގެ ބަހުސަށް ހާއްސަ ޔޫޓިއުބު ޗެނަލެއްވެސް ވަނީ ޓެޑް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ

    ވަﷲ އަޢުލަމް

  2. ނޫޑުލްސް

    ޖެކްށަން، ސްޕރީމް ކޯޓު. އިޓްސް މިއިކަލް ޖެކްސަން & ސުޕްރީމް ކޯޓް. ބޮލައް އުނދަގޫވޭ!

    2
    3
  3. Anonymous

    މައިކަލް ޖެކްސަންއާ ވައްތަރުވެ ގަނެގެން މީހަކު އަތުވެދާނެ. މަރުނުވާކަން ޕްރޫވް ކުރަން.

    • ހުސޭނުބޭ

      އެހެންވިއްޔާ ޢަލީ ޙަމީދު ކައިރީގައި އަހާލަބަލަ! އޭނާ ވަރަށް މޮޅުވާނެ ވައްތަރު މީހުން ބުނެދެން.