ނ.އަތޮޅު ވެލިދޫގައި މިއަދު ދެ އަންހެން ފަތުރުވެރިން "ރަމްޒީ ކައިވެންޏެއް" ކޮށްފިއެވެ.

މިކައިވެނި ކޮށްފައި ވަނީ ކައިވެނި ކުރާއިރު ކުރާ ހުރިހާކަމެއް ވެސް ފުރިހަމަވާ ގޮތަށެވެ.

"ވަގުތު" އިން ގެސްޓްހައުސްއަށް ގުޅުމުން ވަނީ އެއީ ފަތުރުވެރިން ބޭނުން ވެގެން ކުރި ކަމެއް ކަމަށް ބުނެފައެވެ. ގެސްޓްހައުސް އިން ބުނީ އެއީ ކައިވެނީގެ އިހްސާސް ފަތުރުވެރިންނަށް ކޮށްދިނުމަށް ކުރިކަމެއް ކަމަށެވެ.

ގެސްޓްހައުސްގެ އިންސްޓަގްރާމް އެކައުންޓްގައި ޖަރުމަންބަހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ "ބިއަންސާ" އަދި "ޓްރޮއެލްސް" އެމީހުންގެ މެހެމާންދާރީ ހޯދައިފިކަމަށެވެ. އަލަށް ކައިވެނި ކުރި ދެމަފިރިންގެ ކައިވެނީގެ އުފަލުގައި ޕާޓީއެއް ބޭއްވި ކަމަށް ވެސް އެޕޯސްޓްގައި ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ އަންހެނުން ޗުއްޓީއަށް ވެލިދޫ އަށް ގޮސްފައި ވަނީ ގްރޫޕަކާއި އެކުއެވެ. އެގްރޫޕްގައި ޖުމްލަ 16 އަންހެނުންނާއި ފިރިހެނަކު ހިމެނެއެވެ.

ދެއަންހެނުންގެ ކައިވެނި ކުރުވި ގެސްޓް ހައުސްގެ މުވައްޒަފަކު ބުނީ ފަތުރުވެރިން ފުރަން އޮންނަ ދުވަހުގެ ކުރީ ދުވަހު ފަތުރުވެރިން ބޭނުން ކޮންމެވެސް ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށާއި އެމީހުން ކައިވެންޏެއް ކުރަން ބޭނުން ވުމުން އެކަން ހަމަޖައްސައިދިނީ ކަމަށެވެ.

"އެމީހުން އެމީހުންނަށް މަޖަލަކަށް ކުރި ކަމެއް އެއީ. ކޮންމެ ގްރޫޕަކުން ވެސް ފުރާ ދުވަހުގެ ކުރީ ދުވަހު ކޮންމެވެސް ކަމެއް މަޖަލަކަށް ކުރާ ގޮތައް އޮންނަނީ. އެމީހުން އަމިއްލައަށް މަޖާނެގުން އެއީ އެދުވަހުގެ ޕެކޭޖްގައި އޮންނަ ކަމެއް." އޭނާ ބުންޏެވެ.

ރަމްޒީ ކައިވެނި ކުރުމާއި ބެހޭ ޤަވައިދަކަށް 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ އަމަލު ކުރަމުންނެވެ. އެޤަވައިދުގައި ބުނެފައި އޮންނަ ގޮތުގައި ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވުމުގެ ކުރިން ޓްއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

ރަމްޒީ ކައިވެނީގެ ހަފްލާގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައާއި ބެހޭގޮތުން އެއްވެސް ކަހަލަށް ދޮގު މައުލޫމާތެއް ދީގެން ނުވާނެ ކަމަށާއި ރަމްޒީ ކައިވެނީގެ ހަފްލާގައި އެއްވެސް ދީނަކަށް ނުވަތަ ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައަށް ހުރުތުވާގޮތައް ނުވަތަ ފުރައްސާރަ ކުރާގޮތައް އެއްވެސް ކަމެއް އަމަލުން ވިޔަސް ނުވަތަ ބަހުން ވިޔަސް ހިންގައިގެން ނުވާނެ ކަމަށް ޤަވައިދުގައި ބުނެފައި އޮވެއެވެ.

އެ ޤަވައިދާއި ހިލާފަށް ރަމްޒީ ކައިވެނީގެ ހަފްލާއެއް ބާއްވައިފިނަމަ ކައިވެނި ހަފްލާ އިންތިޒާމް ކުރި ފަރާތެއް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ޤަވައިދުގެ ދަށުން ޓްއަރިޒަމް މިނިސްޓްރީއަށް ލިބިގެން ވެއެވެ.

2010 ވަނަ އަހަރު ވެސް ރާއްޖޭގައި ކުރި ރަމްޒީ ކައިވެންޏެއްގެ މައްސަލަ ބޮޑުވިއެވެ. އެފަހަރު މައްސަލަ ގޯސްވީ ރަމްޒީ ކައިވެންޏެއްގައި ފަތުރުވެރިންނާއި މުހާތަބުކޮށް ދިވެހިން ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

79 ކޮމެންޓް

  1. އަސްލުހާލަތު

    ގެސްޓުން ރާވެސް ބޮއެ އޫރު މަސްވެސް ކައި.. ކައިވެނި ނިކޮށް ވެސް އަންހެނުންވާ ފިރިހެނުން އަދި ފިރިހެންނާއި ފިރިހެންނާއި އަންހެނުންނާ އަންހެނުން އައިސް އެއްކޮޓަރިއެއްގަ ރޭކޮށްވެސް ހަދާ.. ކީއްވެ ހަބަރު ހަދައިގެން ނުކިޔަނީ؟ ގަޓެއް ހުރިއްޔާ މި ކޮމެންޓް ނިކަން ޖަހާލަބަލަ

    27
    12
    • ޢަހުސަން

      ތިޔަބުނާކަންކަން ރައްރަށުގަ ހުންނަ ގެސްޓުހައުސްގަ ފާޅުކަން ބޮޑުކޮށް މަންޒަރުތައް ފޮޓޯ ނަގާ ގެސްޓުހައުސްގެ ސޯޝަލް މީޑިއާގަ ޙއްސާ ކުރޭބާ؟

      13
      3
      • ނަރުދަމާ

        ޢަހުސަނޫ....ނޫ...ރާބޮއުމަކީ ހަރާން ކަމެކެވެ...އޫރުމަސްކެއުމަކީ ހަރާން ކަމެކެވެ...އެކަމު އެކަން ރާއްޖޭގައި ކުރަނީ ސިއްރަކުންނޫނެވެ....ރާބޯތަން ފޮޓޯވެސް ނަަގައެވެ...ކަންކަމުގައި ޑަބަލް ސްޓޭންޑަޑް ބޭނުންކުރުމަކީ ހަރާންކޯރުކަމުގެ މިސާލެވެ.

        10
      • އަސްލުހާލަތު

        ކިތަންމެ ވަރަކަށް ވެސް ހުރޭ.. ރަށްކާރީގަ އޮންނަ ސަފާރީއަަށް އަރާ ރާވެސް ބޮއެ ފަ ފޮޓޯ އެބައަޅާ. 2 ފިރިހެނުން އެއްކޮށް އަދި 2 އަންހެނުން އެއްކޮށް ވެސް ރާއްޖެއައިސް ރޫމުތަކު ޒާތްތާތަށް ފޮޓޯ ނަގާ ސޯޝަލްމީޑިއާއަށް ލައި ޕޮއިންޓަކީ ފޮޓޯލުމެއް ނޫން އެކަންކަން ކުރުން މައްސަލައަކީ އޭރުވެސް މިހާރުވެސް..

        13
        1
    • ސަޓޯ

      އޭމިހިރަ ބުރާންޗާ.. ރާބޮއެ އޫރުމަސް ކާނީ ރިސޯރޓުގަ.. މާލެ އާއި މީހުން އުޅޭ ރަށްރަށަކު ނޫން...

      23
      4
    • Anonymous

      މަށަށް ހާދަ ހީވެޔޭ ލާދީނީ ވެރިކަން ދިފާއު ނުކުރެވިގެން ބަޔަކު ތެޅި ފޮޅޭ ހެން. ބުނަންތަ ވާހަކައެއް. މިހާރު ބޭނުން އެއްޗެއް ގޮވޭނެ. ކަލޭމެން އެކަން ދަސްކޮށްދިނީ. އެއޮތީ ކޮމެންޓް ޖަހާފަ އެއްނު. ގަޓް ނެތީ މައިބަދަ ބިންދައިގެން ގޮސް ޖަލުން ފިލި ސޮރުގެއޭ.

      17
      6
    • ޙަސަނު

      ވާނުވާ ވެގެން ނޫޅެބަލަ.
      ޙަރާމް ކަންތައް ކުރުމާ އެކަން ހުއްދަކުރުމާ ތަފާތު.
      މިސާލު. ރާބުޔަސް ޒިނޭކުރިޔަސް، އެއީ ހަރާމް ކަންތައް. ޢަދި އެހީތެރިވުނވެސް. ނަމަވެސް ކައިވެނި ކުރުމުން އެކަން ހުއްދަ ކުރެވެނީ. މިކަމުގެ ސަބަބުން ދީނުން ބޭރުވެގެން ދާނެ. ޢެހީތެރި ވާ މީހާވެސް.
      ދެން ފިރިހެން ކުޅިކުޅެ އެކަންވެސް ހުއްދަ ކޮއްފަ ބުނާނެ ދޯ އެހެން މީހުންވެސް ކުރެޔޭ.

      14
      1
    • ސޮއްބެ މާލެ

      ބަލަގަ މީހުން ޒިނޭވެސް ކުރަނީ ރަށްމެދައް ދަރިންވެސް ވިހަނީ... އެހެނޭ ކިޔާފަ ކަލޭ ވީނު ނަހަލާލައް ދަރިން ހޯދަން... މީހުން އުޅޭ ރަގަޅު ގޮތްތައް ބަލައިގެން އެހެން އުޅެބަލަ!!!

      14
      1
  2. މަ

    ނަރަކަ ވެލިދޫ

    7
    4
    • އެމީހާ

      ވެލިދޫ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ނަރަކަ ވެލިދޫ އޭތިކިޔަނީ ހަމަ ލޯބި ވާލެއްބޮޑީ! ކޮންތާކުތޯ ތިޔަބުނާ ކަމެއްނެތީ! ނަންވާނީ ހައިވަކަރު އޮޑި.

      8
      3
  3. ސާފުރާއްޖެ

    ކޮބާހީވޭ މީއެބުނާ ޖަޒީރާވަންތަ ކަމަކީ ކޮންމެ މީހަކު ބޭނުންކަމެއް މިހާރު ކުރާނެ. ކުރެވޭނެ. ނަސީދުބެ ވަރަށް އުފާވާނެ މިރޭ.

    14
    2
    • ނަސީރު

      ޖަޒީރާ ރާއްޖެ ޔޯ

      15
      3
  4. .....

    ރަމްޒީ ގޮތުންވެސް ކުރެވިގެން ވާ ވަރުގެ ކަމެެއް ނޫން.

    17
    2
  5. ÷ޕޯޕް

    ތިޔަފަދަ މުޑުދާރު އަމަލުތައް ކުށްވެރިކޮށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން

    23
    2
  6. ވެލިދޫމީހާ

    ގެސްޓް ހައުސް ބަންދުކުރޭ . ނަރަކަ ވެލިދޫ ކިޔަނީ އެހެންވެގެން.

    23
    6
  7. ގޮޅާބޯ

    އިމްރާނާ އިޔާޒް މެން ދެން އަތްޖަހާފަ މައުމޫނާ ގާސިމް ނަށަން ނެރޭ

    11
    1
    • ނަފާ

      މީހަކު ޒިނޭ ކުރިޔަސް އިމްރާނު އިޔާޒުމެންދޯ ޒިނއމާ ވާންޖެހެނީ؟ ކުއްކުރާ މީހުންނަށް އަދަބު ދިނީމަ އެކަންހައްލުވާނެ ޝަރުޢީ ނިޒާމު ރަނގަޅު ނުކޮށް އެކަމެއް ނުކުރެވޭނެ

      4
      4
      • މޮޔަޔާ

        ޝަރުޢީ ނިޒާމަކީ ތަޙުޤީޤު ކުރާ ތަނެއް ނޫން.
        އެކަން ތަޙުޤީޤު ކުރަން ޖެހެނީ، ޢިމްރާނުގެ ދަށުގައި އޮތް ފުލުހުން.
        ޝަރުޢީ ނިޒާމު ރަނގަޅު ކުރެވެންދެން އެއްވެސް ކަމެއް ނުކޮށްތަ ދެން ތިބެންވީ.

        10
      • ބީނޫ

        ކަލޭމެންދޯ ޔާމީނު ވެރިކަމުގައި މީހަކު މަރުވާއިރަށް ޔާމީނު ބޮލަށް ކެނޑީ!

        13
        3
      • ޖަޒީރާ

        ކީއްވެބާ ޝަރުއީ ނިޒާމް އިސްލާހުނުކޮށް ޔާމީންގެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް އެފޮނުވީ.. އެމް ޑީ ޕީ މީހެއްގެ މައްޗައް ދައުވާއެއް އުފުލައިފިނަމަ ޝަރުއީ ނިޒާމް ގޯސްވަނީ.. އެމީހުންނާއި ހިޔާލު ތަފާތު މީހަކަށް ދައުވާއެއް އުފުލައިފިނަމަ އެ އޯކޭދޯ..
        ބައިދަވޭ ޑިމޮކްރަޓިކް ސިސްޓަމްސް އާރ ވަންއޮފް ދި މޮޑާރން ފޯރމް އޮފް ޝިރުކް.

        8
        2
  8. އެލެކްސް

    އިމުރާނޫ އަތްޖަހާ މައުމޫނޫ އަތްޖަހާ ގާސިމޫ އަތްޖަހާ

    10
    2
  9. އިސްމާޢީލް

    މިނިސްޓަރ އަލީ ވަހީދު އެ ގެސްޓްހައުސް 1 މިލިޔަނުން ޖަުރިމަނާ ކުރަން ނުކެރެންޏާއި ކަލޭ އިސްތިއުފާދީ. އެކުރީ އިސްލާމް ދީނަށް މަލާމާތް. އެވައްޓާލީ ދިވެހިންގެ އަގު.

    15
    2
  10. ދިވެހިދަރިން

    ގެސްޓުންބޭނުންވީމާގެސްޓުހައުސްހިންގާމީހުންއެމީހުންފުރަންއޮންނަދުވަހުގެކުރީދުވަހު ކާފަރުވެސް ވާންވީދޯ. މިކަމަށް އެމްޑީޕީންފާޑެއްވެސްނުކިޔާނެއަޅާވެސްނުލާނެއެކަމު ކުރީގަ އެމްޑީޕީވެރިކަންވެއްޓުނުތަނާހެން ކުރިކައިވެންޏެއްގަ ގެސްޓުންހިތްހަމަނުޖެހޭކަހަލަބަސްތަކެއްވީމަ ވަރަށްފޯރިއަރުވާލި މިއަދު އެކަމު ދީނާޚިލާފުކޮށްކުރީމަ ކުރަފިއަންނިލޯވެސް އިނީ ކަނުވެފަ

    8
    2
    • ބޮޑުދުފާ

      މީގައި އިތުރަކަށް ކާފަރެއްނުވާނެ. އެކަންކުރީ ކާފަރުން . އިސްލާމުންނެއްނޫން.

      3
      4
      • ހެހެ

        ކުރުވީވެސް އުތަ؟

    • ދިވެހިބަފައިން

      ރަމްޒީގޮތުން ކުޑަކޮށްކާފަރުވެލާ ޝަރުބަތުބޯލާ ތިއްތިއާކުޅެލާ ހަދާލުމަކީ ވަރަށް ޖަޒީރާވަންތަ ކަމެކޭ.

  11. ޮހ

    މީ ޖަޒީރާ ރާއްޖެ އެބުނާ
    ބިރުން ހަލާކުވާ ވަރުވޭ މުޅިންވެސް މިކަހަލަ ހަބަރެއް .. މިކުޅި ކުޅޭ އާލާތުން ފާޅުގަ ދިވެހި ރާއްޖޭގަވެސް މިހާރު އެއްޗެއް ބުނާނެ މީހަކު ނެއް.. ފަހު ޒަމާން.. ތައުބާ ވޭ..

    9
    2
  12. ސޯކާބެ

    ބަލަގެސްޓުންބޯށޭ ކިޔައިގެން ތިޔަރަލާއޫރުމަސް އަރުވަނީ ކީއްކުރަންކަން މިއަދުނޭގޭ ދިވެއްސަކުބަންގާޅީއަކުނޫލޭ ރަލާއޫރުމަސް އެތެރެނެކުރިޔަކަސް ގެސްޓުންއަންނާނެ ތިޔައެއްޖިންސުން ކައިވެނިނުކުރެވުނަސް ގެސްޓުންއަންނާނެ މިގައުމުގައި އެހެންއުޅެން ބޭނުން ބަޔަކުއުޅެނީ އެމީހުންބުނެގެންކުރާކަންތަށްތީ މިހާރުމަޑުމަޑުންއެބައެގެއެންނު މަޖްލިސްމެޖޯރިޓީހޯދަން ބޭނުންވާސަބަބް؟ ކޮންމެކަމެއްވެސް މާތަﷲ އިރާދަކުރެށްވިއްޔާ ފަޅާއަރާނެ ކޮބާ އިބުރާމެން އުފާކުރާނެ މައުމޫނުމެން ބުނާނެ ކަލޭމެން އެމީހުންނަށް ނަސޭހަތްދޭށޭ ބަލަ ކޭސީޖީއެމްގެ ލަގަބް އަކީކޯއްޗެއްތޯ

  13. އެދުރު

    ތިޔަ ގެސްޓުހައުސް އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަން ، ހެޔޮނުވާނެ ، ޑޮލަރެއްގެ ދަހިވެތިކަމުގަ ތިމާމެންގެ އީމާންކަން ތި ވިއްކާލަނީ ، މަޖަލަށޭ ރަމްޒީކަމެކޭ ކިޔައިގެން އިންސާނުންނަށް އޮޅުވައިލެވިދާނެ ، ހެއްދެވި ފަރާތަށް މަކަރެއްނުހެދޭނެ ،

    8
    1
  14. ެައަލީ

    ތިޔަ ގެސްޓް ހައުސް ބަންދުކުރޭ.

    7
    1
  15. ޙ

    ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރުން މިހާރު ސަރުކާރުން ހުއްދަ ކުރީބާ؟

    10
  16. ޜިފާ

    މިސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފާނެ ކަމަށް ނުބެލެވޭ،މީސަރުކާރު ހިންގާ ބައެް އަޑީގަ އުޅެގެން ކޮށްފަިވާ ކަމަކަށްވެސް ވެދާނެ،،

  17. ްްސައި

    ކަލޭމެން ގައިން ބައެއް އުނިވާނީތަ އެމީހުން ކައިވެނި ކުރީޔޭ ކިޔާފަ.

    2
    8
  18. އަލީ

    ޢަލުގަނޑުނޑު ހަނދާނަށް އަންނަނީ ޓޫރިޒަމް ޤާނޫނަށް އިބްރާހީމް ހުސައިން ޒަކީގެ މިނިސްޓަރު ކަމުގައި އެ ޤާނޫނަށް ހުށަހެޅި އިސްލާހު. ޢެދުވަހު ތަމްސީލު ކާވެނި ހުއްދަ ނުދިނުމަށް ވަކާލާތު ކުރެއްވީ މިނިސްޓަރ ޔާމީން.މި ދުވަސް އައުމަކީ ވަރަށް ކައިރިކަމަށް ވިދާޅުވެ. ޢެއީ އެ ބިލް ރ.މަޖިލީހަށް ފޮނުވުމުގެ ކުރިން ވަޒީރުންގެ މަޖިލީހުން އެކުލަވާލި ކޮމިޓީއެއް.އެހެންނަމަވެސް 2010 ގައި އިސްލާހު ގެނެސްފި.މިއަދު މި އޮތީ އޭގެ ހިތާމަ ކުރަން ޖެހިފަ.

  19. ޟަމީރު

    ޢިމްރާނާ ޢިޔާޒްގެ ކައިވެނި ބާއްވަން ރަނގަޅު ގެސްޓްހައުހެއް. މައުމޫނު ވަލީ ދޭނީ. ސޭޓް ހުރިހާ ޚަރަދެއް ކުރާ ގޮތަށް.

    6
    2
  20. ރަމްލާ

    އެއްޖިންސުން ކުރާ ކައިވެނީގައި ދެމަފިރިންތިބޭތަ؟ ޢަޖައިބުވެދާނެނު؟ މިހުރީ ރާއްޖެގައި އެއްޖިންސުން ކައިވެނިކުރުމަށް ދެވޭ ހިތްވަރެވެ. ދެން ފެންނާނީ މިކަން ފަށައިގަތްތަނެވެ. މިއީ އީޔޫގެ ގޮވައިލުމަށް އިޖާބަދޭންފެށުމެވެ. ސޭކް އިލްޔާސް ، އިޔާޒް ، ޢިމްރާނުބެއްޔާ ބާރަށް އަތްޖަހާށެވެ.

  21. ތޫފާން

    ކޮބާތަ ލޯކަލް ޓޫރިޒަމްގެ ބަފާކަމަށް ހެދިގެން އުޅޭ ކެނެރީގޭ ޖައްލާދު ކަލޭގެ

  22. ބަދޫރާ

    މަޖަލަށް މީހުން ކައިވެނި ކުރޭތަ؟ ޙާދަ މަޖަލޭ ދޯ ދެން.. ހީހީ ހަލާކުވާވަރު ވަޭ

    5
    1
  23. ދިވެހި ރައްޔިތެއް

    މީ އަހަރެމެންގެ މާތް ވެގެންވާ އިސްލާމްދީނަށް ކުރި ފުރައްސާރައެއް. މި ޤައުމުގެ ކޮންމެ މުސްލިމްފަރުދެއްގެ މޫނުމަތީ ޖެހި ތަފާލެއް. މި ޢަމަލު ދިވެހި މުސްލިމް ރައްޔިތެއްގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މި ގެސްޓް ހައުސް މިހާރުން މިހާރަށް ބަންދުކޮށް ވެރިފަރާތް އެންމެ ބޮޑު ޢަދަދުން ޖޫރިމަނާކުރުމަށް ގޮވާލަން. އަދި މިފަދަ ލާދީނީކަންކަން ވަގުތުން ނުހުއްޓުވޭނަމަ ވެރިކަމުގައި ތިއްބެވި ބޭފުޅުން މިޙާރުން މިހާރަށް އިސްތިއުފާދީ. މީ އަޅުގަނޑުމެންގެ ޅަދަރީންނާއި ޢާއްމުންް ދިރިއުޅޭ ރަށެއްގައި އެމީހުންނަށް ދިން ނުބައިވެގެންވާ މެސެޖއް. ދިވެހި އެންމެހާ ރައްޔިތުން މިކަމާ ދެކޮޅަށް އަޑުއުފުލާ..

    10
    1
  24. ޢާއިޝާ

    ޢެމީހުން އެދުވަހު ބޮއެގެން ބަރަހަނާކޮށް ވަޅިހިފައިގެން ދުވުނަސް ގެސްޓް ހައުސް ވެރިން ތިގޮތަށް ފިނި ޖަވާބެއްދީފަ ހެވިފަ ހުންނާނަންތޯ. މިހާރު ތިދަނީ މާމައްޗަށް. ދިވެހިން ލޭ ކެކުމުގެ ކުރިން ސަރުކާރުން މިކަން ކަން ހުއްޓުވައި ދެއްވާ. ނޫނީ ދެންފެންނަ މަންޒަރު މާރިޗެއްނުވާނެ.

    3
    1
  25. ސައްތާރު

    ގެސްޓްހައުސް މިގައުމަށް ތައާރަފުކުރިބަޔަކު އެކަންކުރީ ވަރަށް ދުރަށް ވިސްނާފަ، މީހުން ދިރިއުޅޭ ރައްރަށުގަ އޮރިޔާމުން ގެސްޓުންއުޅެމުންދާއިރުވެސް މިކަން ފެންނަ މުއައްސަސާއެއް މިގައުމަކުނެތް،،،، އަދި މީހުން ދިރިއުޅޭ ރަށްރަށުގަ ކުރިސްމަސްވެސް ފާހަގަކުރާނަ!

    4
    1
  26. ސަމާލު

    އެކަން ކޮށްދިން ގެސްޓު ހައުސްގެ ވެރިން އެންމެ ބޮޑުއަދަދުން ޖުރިމަނާކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ސަބަބަކީ އެެމަންޒަރުފެންނަގޮތުން އެއީ އެއްޖިއްސުން ގުޅުން ހިންގުން އާލާކުރުމަށް ކުރެވުނު ކަމެކެވެ. ވީއިރު އެގެސްޓް ހައުސް ހިމެނޭ ސަރަހައްދުގައި މި ފިކުރުހުރީ ކިހާވަރަކަށްތޯ ބަލައިލުމީވެސް ދިވެހިިރާއްޖޭގައި އިސްލާމީ ވިސްނުމާއި ރިވެތި އަޚްލާޤާއި ތަހުޒީބުގެ ރައްކާތެރިކަމަށް ބޭނުންތެރިކަމެކެވެ.މުޅިރާއްޖޭގެ ހިސާބުތަކަށް ފެތުރިގެން ނުދަނީސް ދުރާލާކުރުމަށެވެ. އަލިފާނުގެ ކުޑަކުޑަ ކަންޏަކުންވެސްް ނުވަތަ ސިކުރޭޓުން ކަޑާލާއަޅިކޮޅަކުންވެސް ބޮޑުގެއްލުމެއް ވެގެން ހިނގައިދާނެކަން ވިސްނަން ޖެހޭނެވެ.

    5
    1
  27. ރިޒާ

    ޖުރިމަނާކުރުމަށް ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރޭ އިންސާފުގެ ތިލަފަތުގެ ދަތުރުގައި ދޫދިނުން ކަމަކު ނުދާނެ.

    5
    1
  28. ހަސަދު

    ގެސްޓަކަށް ގައުމެއްގެ ގާނޫނު ހުއްދަ ނުކުރާ، އަދި ސޮސައިޓީ ބަލައިނުގަންނަ ކަމެއް ކުރެވިޔަ ދީގެން ނުވާނެ. ތިޔަ ގެސްޓު ހައުސް އާދޭތެރޭގައި ފިޔަވަޅު އެޅެން ޖެހޭނެ.

    5
    1
  29. ސަންގުމަރުމަރު

    ލާދީނީ ސަރުކާރު އިސްތިއުފާ.
    ލާދީނީ ސަރުކާރު އިސްތިއުފާ.

    4
    1
  30. ބޮލި މުލައް

    ތި ނުވާނެ މައްސަލަޔަކަށް ކުރިޔަށް އޮތީ އިންތިޚާބު ޤަވާޢިދު އޮތްތަނުގަ ބާއްވާ މިސަރުކާރުން ތިފަދަ ކަންކަމެއް ނުބަލާނެ އަމުދުން އެއްޖިންސުން ކުރާކަންކަން.

    4
    1
  31. އަތޮޅޭ

    ދިވެހިރާއްޖޭގައި އެއްޖިންސުން ކައިވެނިކުރުމަށް އެއްބާރުލުންދިން ގެސްޓްހައުސް މިހާރުން މިހާރަށް ބަންދުކޮށް ގެސްޓްހައުސްގެ ވެރިފަރާތް 1 މިލިއަށް ރުފިޔާއިން ޖޫރިމަނާކޮށް އެންމެ ހަރުކަށި އަދަބުދިނުމަށް ގޮވާލަން، ނޫންނަމަ މިފަދަ ކަންކަން ތަކުރާރުވުމަކީ އެކަށީގެންވާކަމެއް.

    2
    2
  32. ރޭސް

    ދެ އަންހެނުން ކައިވެނި ކުރީމަ ދެމަފިރިންނަކަށް ނުވާނެ. ޢެ ވެދާނެ ދެމައަނބިންނަށް.

  33. ބޮއްބޮ

    ހެހެހެހޭ ކޮބާ ސޭކު އިލްޔާސް؟ ކޮބާ ސޭކު ޢިމްރާނު؟ ކޮބާ ސޭކު އިޔާޒު؟ ކޮބާ ސޭކު ޒައިދު؟ ދެން ބާރަށް އަތްޖަހާ.....!!! ???

    4
    2
  34. އައިޝާ

    ތިޔަފަދަ މުޑުދާރު އަމަލުތައް ކުށްވެރިކޮށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން

    6
    3
  35. ޖޮއްބެ

    ލާދީނީ ރީނދޫ ވެރިކަން އައުމާއެކު މިބާވަތުގެ ނަޖިސް ޢަމަލުތަކަށް މަގުހުޅުވާލާނެ ކަން ކުރިންވެސް އެނގޭ.

    4
    1
  36. މަގޭނަން ނުބުނާތި

    މީވެސް ދެ ފިރިހެނަކު ކުރި ކައިވެންޏެއްނަމަ ރާއްޖޭގައި އިންނާނެ މީހަކު ނުވެފައިތިބި ތިބި ވަޙުސީ އަންހެންވެރިން ދީންވެރިވެގެންގޮސް މުޒާހަރާއަށް ކަޅުދިދަ ހިފައިގެން ނިކުތީސްކަން ކަށަވަރު !

    1
    2
  37. ހޯހޯ

    ހަމަ މިހާރު އެ ގެސްޓު ހައުސް ބަންދުކުރޭ! މިފެންނަނީ ޖަޒީރާ ރާއްޖޭގެ ހަޤީޤަތް

    5
    1
  38. ާAhmed

    އިސްލާމިކް މިނިސްޓަރ އެބަހުންނެވިބާ؟ ޚުތުބާ ގަ ކޮންމެވެސް ހާސަރެއް ދެމީމަ ފުދުނީކަމަކަށް ނުވާނެ. މިފަދަ ހާމަކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދެވޭނެ ފެންވަރެއް، ބާރެއް، ކެރުމެއް، ހަރުދަނާކަމެއް ނެތްނަމަ މަޤާމުގައި ހުރުމުން ޤައުމަށާއި ދީނަށް ކުރާނެ ފައިދާއެއް ނެތް. ލިބިވަޑައިގެން ހުރި ޢިލްމު ގެ ބޭނުންހިއްޕަވާ، ކަންކުރެވޭނެ މީހަކަށް ފުރުސަތު ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވުމަށް އިލްތިމާސް ކުރަން.

    6
    1
  39. ގަލަން

    ލާހިކައެއް ނޫނޭ ދިވެހިރާއްޖޭގައި އެއް ޖިންސުން ކާވެނި ކުރަން. ލާހިކެއް ނޫނޭ އެހެން ދީންތަކަށް ރާއްޖޭގައި އުޅޭކަށެއް.
    ބާރުލާފައި ބުނާނެ ރާއްޖެއިން އިސްލާން ދީން ފޮހެލިޔަކު ނުދޭނަމޭ. ގަދަ ބަސް ބުނާނެ. ރާއްޖެއަކު ނޫޅޭ ޑޮލަރެއް ލިބިއްޖެއްޔާ ޔަހޫދީ ވެގެން އެމެރިކާ ވެގެން ޔޫރަޕު ވެގެން ލާދީނީ ވެގެން ދޫކޮށްލާނެ މީހެއް. އެންމެން ކަނީ އެރާއެއޫރުމަސްއެޒިނޭއެއްޖިންސް ވިއްކައިގެން ލިބޭ ތަކެތި. ހިޖާބެއްވިޔަސް ގެންގުޅޭ ފޯނެއްވިޔަސް ވަންނަ އިންޓަނެޓެއްވިޔަސް ކާކެއުމެއް ވިޔަސް ބޯ ބޭހެއްވިޔަސް ދައްކަބަލަ ޔަހޫދީ ޑޮލަރާނުލައި ގަނެފަ ހުރި އެއްޗެއް.

    1
    4
  40. އަނހާ!

    ކައިވެނި ކޮންެއެއްޗެއްކަން ނޭގޭވެރު ކުޑަކުދިންތަަ އެއީ މުސލިމްގައުމެއްގަ އެއީކުރަންހެޔޮވާވަރު ކަމެއްަތަ. ލޫތުގެފާނުގެ ގައުމު ހަލާކުވެދިޔަގޮތް ހަނދާނަށް ގެނަސް ﷲއަ ބިރުވެތި ވެބަލަ ހުރިހާއެއްޗަކީ ފައިސާކަމައް ނުދެކިލަ ފައިސާއަކީ އިދުކޮޅަކުން ނެތިދާއެއްޗެއް ތިޔަ 2އަންހެނުން ވަގުތތުން އެމީހުންގެ ގައުމަ ފޮނުވާލުން ރަގަޅު ކަމައި ފެނޭ

    1
    2
  41. ސަންގުބެ

    ކުޅިވަރު ފެށުނީ . ކޮބާ އިމްރާން . ކޮބާއަލީ ވަހީދު . ކޮބާ އިސްލާމިކް މިނިސްޓަރ . ކޮބާ ކިނބޫ . ކޮބާ އަނާރާ .

  42. ާޖަހސހސހސ

    މިއޮތީ އިބޫ ދީނީ މިންގަނޑާއި ހިލާފް ކަންކަން ކުރަން ދޫކޮށްލުމުގެ ނަތީޖާ. ދެން ދާނީ ކުރިޔަށް. ޔަހޫދީ ފިކުރުގެ ލާދީނީ ސަރުކާރު

    3
    1
  43. ސަޓޯ

    ފަރަންޖީން ކަމަކު ރާއްޖެ ފަސްގަނޑުގައި މިވަރުގެ ނުބައި ނުލަފާ ފާހިޝް އަމަލެއް ވިޔަދިނީތީވެސް އަހަރެން ހަމަ އަޖައިބު ވެއްޖެ. މިދޮންމީހުނަށް މިކަމަށް މަގު ފަހި ކުރި ބަޔަކައް ހަލާކު ހުރި... ލާދީނީ އިބުރޭސޯލިހުއަށް ހަލާކު ހުރި.. ކާފަރު ކަލޭގެ އިސްތިއުފާދީ ހަމަ މިހާރު.. ވަލީއުލް އަމްރަކައް ހުރެ ކަލޭ ކުރުވި ކަމެއްމީ... ލާދީނީ އިބުރޭ ސޯލިހު އިސްޔިއުފާ.

    2
    2
  44. ސޮއްބެ

    މިއީދޯ އަންނި އެކިޔާ ޖަޒީރާ ރާއްޖެ

  45. Anonymous

    ދިވެހިން ދިވެހިންނަކައް ނުވާނެ ސިޔާސީ ކޮމެންޓެއް ނުކޮއްފިއްޔާއެ. ބޮޓު ބަލާއެއް.

    1
    2
  46. ސްކޯރޕިއަން

    ދިވެހި ފިރިހެނުން އަންހެން ހެނދުން އަޅައިގެން ރާއްޖެ ސަދޫމު ސިޓީއަށް ބަދަލުވަމުންދަނީ ތިކަހަލަ ރަމްޒީ ކައިވެނި އަންހެނުންނާއި އަންހެނުން ފިރިހެނުންނާއި ފިރިހެނުން ކައިވެނިކޮށްދީ ފަޚްރުލިބި ފޮޓޯތަކާއި ވީޑިއޯ އެކިވެބްސައިޓުތަކުގައި ހުރެގެން. ޑްރީމް ޑިސްޓިނޭޝަން ޖަޒީރާ ސަދޫމް ޑިސްޓިނޭޝަނަށް ވެ ނިމުނީ! މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކޯ. ލަދުން ހަލާކު

    1
    1
  47. ވިސް

    ރާއްޖޭގައި އޫރުމަސް ނުވިއްކަނީތަ؟ ދިވެހިން އެބަކައިހަދާތަ؟

  48. ޝޮކްތެރަޕީ

    މިސަރުކާރަކީ މި ރާއްޖެ ހަލާކުރަން އުޅޭ ބައެއް.

    1
    1
  49. ހެޔޮބަސް

    މުސްލިމްމިގައުމުގައި ހިތަށްއެރިގޮތަކަށް އުޅުމަށް ފުރުސަތުދެއްވަނީތޯ އިސްލާމްދީން ހުއްދަނުކުރާމިފަދަކަންތަކައް މިއިސްލާމީގައުމުގައި ފުރުސަތުނުދެއްވުމަށް ކަމާބެހޭ ފަރާތްތަކުގައިއާދޭސްދަންނަވަން މި އަޚުލާގީގޮތުންދަށް އިސްލާމްދީން ހުއްދަނުކުރާއަަމަލުފެނި ފެޝަނަކަށްހަދާމުސްތަޤްބަލްގެޖީލްހަލާކުވެދާނެ ދީނީއިލްމުވެރިންގެމުގައިތިއްބަވާބޭފުޅުންގެދަރިންނާ މިދަފަމުޑުދާރުއަަމަލު ހުއްޓުވުމަށް ސަރުކާރުން ކަޑައަޅުއްވާފައިވާ (ސަރުކާރުންމިފަދަފަރާތްތަކަށް
    އެއްބާރުލުން ދެއްވަނީތޯ) ބޭފުޅުންގެ ދަރިންނަށް މިފަދަކަންކަންއެގި މަންޒަރު ދެއްކެވިއަސް
    އަހަރެންގެދަރިންނަށް މިފަދަކަމެއް އެގުމަކަށް އަދި މިފަދަ މަންޒަރެއްދެއްކުމަކަށް ދުވަހަކުވެސް
    ނޭދެން ވީމާ މިފަދަނޭދެވޭ ކަންތަކުން އަޅުގަނޑުމެންގެދަރިންނާ މުސްލިމްއަޚުންނާ،އުޚުތުންނާ
    އަދި އިސްލާމީރިވެތި އަޚުލާޤްގެމަތީގައިމިގައުމުބޭއްވުމަށް އާދޭސްދަންނަވަން މިކަމުގައި އެންމެ
    އިސްދައުރެއްއަދާކުރެއްވޭނީ ޝޭޚުންނަށް ވީމާ މިފަދަނުބައިއަމަލެއް މިއިސްލާމީ ލޮބްވެތި ވަތޮނުގައި ހިންގަމުންދާއިރު ތިބޭފުޅުން ހިމޭނުންނުތިއްބެވުމަށް އާދޭސްކުރަން ތިބޭފުޅުން ބޭނުންވެލައްވާ ސަރުކާރެއްއޮތްކަމުގައިވިއަސް އިސްލާމީ ގައުމެއްގައި މުންކަރާތަށްފުުރުސަތު
    ދެއްވުމަށް މަޑުންތިއްބަވާނަމަ ތިބޭފުޅުންވެސް މިކަންކަމުގައި އެއްބާރުލުން ދެއްވާކަމަށްބެލެވެނީ
    ﷲ ހުރިހާކަމެއްބައްލަވާވޮޑިގެންވޭ ހުރިހާކަމެއްބައްލަވާނެދުވަހެއްއަންނާނެކަން ހަނދުމަފުޅު
    ބަހައްޓަވާ މިއިބާރާތްގިނައިންބުނުއްވާނީޝޭޚުން އެކަމަކު އަހަރެންމީ ޝޭޚެއްކަމުގައިނުވިއަސް
    މިވަރުއެގޭތީ ބުނެލީ ޔާﷲ މަސްތުވާތަކެތީގެވަބާގައި މިގައުމުގެ ބައެއްދަރިން ޖެހުނުފަދައިން
    ނުބައިއެހެންކަންތަކުގައިނުޖެހި އަޅަމެންގެ ދަރިފަސްކޮޅު ސަލާމަތްކުރައްވާންދޭވެ އާމިން

    4
    1
  50. ރަސީދު

    ތި އިބޫބުނެގެން ކުރުވާ ކަން ތަކައް ތައް

    2
    2
  51. އުދާސް

    މިކަން ކުށްވެރިކުރަން .މީކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހާމަކަން ބޮޑުގޮތެއްގައި ކުރެވިގެން ވާނެ ކަމެއްނޫން . އިސްލާމިކް މިނިސްޓްރީން ނާއި ފުުލުންނާޢި ސިފައިންނާޢި މިޤައުމުގެ ރައްޔިތުން މިޤައުމާއި އިސްލާމް ދީނުގެ ހައްގުގައި މިކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލަން.

    4
    1
  52. Anonymous

    މިކަން ކުށްވެރިކުރަން .މީކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހާމަކަން ބޮޑުގޮތެއްގައި ކުރެވިގެން ވާނެ ކަމެއްނޫން . އިސްލާމިކް މިނިސްޓްރީން ނާއި ފުުލުންނާޢި ސިފައިންނާޢި މިޤައުމުގެ ރައްޔިތުން މިޤައުމާއި އިސްލާމް ދީނުގެ ހައްގުގައި މިކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލަން.

    3
    1
  53. ކިހާބޮޑު ބަލާއެއް

    ގެސްޓް ހައުސްގައި ހުޅުޖަން ގޮވާލަން

    2
    2
  54. އިދުރީހު

    ތިކަމާ އެންމެ އުފާވާނީ ކެނެރީގޭ ޖަޑިބު (ސޮނިބެ) ކޮބާމިސަރުކާރު ގެންނައް ހޭބޯނާރާ އުޅުނު ލާދީނީ ޝޭހުންތައް އަވަހައް މިކަމައް މަރުހަބާ ކިޔާ މިކަންކުރި މިހުނައް ޝުކުރު އަދާކޮއް މިކަމަކީމައްސަލަ އެއްނޫންކަން ދިވެހިންނައް އަންގަދޭން މިކަމާގުޅޭ ބަޔާންތަކާއި ފަތުވާތައް ނެރެން ވީނު ދީނައް ވުރެވެސް މިހަާރު މުހިންމީ ވަޒީފާ

    4
    1
  55. ބިން ޢަލީ

    ސިއްރުން އެކަހެރިކޮށް ކުރާ ކަމަކާ ފާޅުކޮށް ކުރެވޭ ކަންކަން އެއްގޮތެއް ނުވާނެ. މުސްލިމު މުޖުތަމަޢެއްގައި ހުރިހާކަމެއްވެސް ކުރަންވާނީ ދީނުގެ ހުދޫދުގެ ތެރޭގައި. އިސްލާމް ދީނުގައި ރަލާއި އޫރުމަހާއި ޒިނޭކުރުމާއި ލިވާޠުކުރުމާއި ރިބާ ކެއުން ވަނީ ޙަރާމްކުރައްވާފައި. މިއިން ކަމެއް މުސްލިމުންގެތެރޭގައި ކާފިރުންނަށްވެސް ކުރަން ހުއްދަ ލިބިގެންނެއް ނުވާނެ. ނަމަވެސް މިފެންނަނީ ﷲގެ ދީނުގައިވާ ކަންކަަމަށް ހީލަތްތެރިވެ ޚިޔާނާތްތެރިވުމުން ނުބައި ފާޙިޝްކަންކަން ޢާއްމުވަމުން އަންނަކަން އަދި މީހުންނަށް މިކަން ބޮޑު ނުވާކަން އަދި މިފަދަ ކަންކަމަށް އިންކާރުކޮށް ނޫނެކޭ ބުނާނެ ދޫތައް ނެތެމުންދާކަން. މިއީ އިހުގެ ޤައުމުތައް ﷲ ހަލާކުކުރެއްވުމަށް މެދުވެރިވި ސަބަބުތަކުގެތެރެއިން ސަބަބެއް.

    6
    1
  56. މީ

    އަސްތަޤްފިރުﷲ

  57. Anonymous

    ރާއްޖޭގައި ދެއަންހެނުން ، ދެފިރިހެނުންނަށް ކާވެނި ކުރެވިގެން ނުވާނެ

    3
    1
  58. މަގޭނަން ނުބުނާތި

    އަންހެނަކު ކޮށްފިއްޔާ ކޮންމެކަމެއްވެސް ހަދާނީ މަޖަލަކަށް ! ފިރިހެނަކުކޮށްފިއްޔާ ކޮންމެ ކަމެއްވެސް ވާނީ ސީރިއަސް ބޮޑު މައްސަލައަކަށް ! މީ ދިވެހިންގެ އިންސާުފު ހުރޮގޮތަކީ !

  59. ބަތޫތާ

    އެއްގޮތަކަށް ވެސް ކަމަކު ނުދޭ...ތިކަހަލަ ހަޑި ހުތުރު އަމަލްތައް މުސްލިމުންގެ މެދުގައި ހިގިޔަ ނުދީ...ތިއީ ކަނޑައެޅިގެން ފާފަ އެއްކަން އިނގިހުރެ ތިކަހަލަ ކަންކަމައް އެއްބާރުލުން ނުދީ....??
    ހެޔޮނުވާނެ...

  60. ހައި.....މް

    ވެލިދޫ ކިޔަނީ މަޖަލަކައް ނޫނޭ މޮޔަޠަކާާ...!ވެލިދޫ ގެސްޓްހައުސް ބަންދު ކުރަންޔާ އުމުރު ދުވަހު މަހައްދޭ ބަލަ....ދެންލަލާ....!

  61. ކޮބާހުއްދަ.

    ތިޔަ ގެސްޓް ހައުސްއާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ. ތިކަން ހަމަޖައްސައިދިން ބަޔަކަށް އަދަބެއް ލިބެން ޖެހޭނެ. ގެސްޓަކު ވިޔަސް ހަމަ ބޭނުންހައި ކަމެއް ނުކުރެވޭނެ ދޯ! ބިކިނީގައި އުޅެވެނީ ވަކި ސަރަހައްދެއްގައި ރަށުތެރޭގައި ވެސް ބޭނުންހައި ގޮތަކަށް އުޅުންވެސް މަނާ!

  62. ޟޯޅަ

    ނަރަކަ ވެލިދޫ ޒަމާނުން ސުރެ ކިޔަނީ ކަމެއްވެކަން މި އެނގުނީ. ޙުރި ހަލާކެއްގެބޮޑު ކަމާ.ހެޔޮ ވިސްނުން ދެއްވާށި އާމީން.

  63. އައްބާސް

    މިއީ ވެލިދޫ އަހުމަދު ހަބީބު ހިންގާ ގެސުޓުހައުސެއް. މީނާގެ އަނބި އިހަށް ހުރީ އެންޑީޕީ ޓިކެޓުގަ މާލޭ ސިޓީ ކައުންސިލު ގޮނޑިއެއްގަ.