2013 ވަނަ އަހަރު ސިނަމާ އަށް ނުރުނު ޑިސްނީގެ "ފްރޯޒަން" ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

ފްރޯޒަން އަކީ ކުޑަކުދިންގެ އިތުރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ކާޓޫނެކެވެ.

މި ކާޓޫންގެ އާ ޓްރެއިލާ އަށް ގިނަ ބެލުންތެރިން ދަނީ ސުވާލު އުފައްދަމުން އެވެ. އަދި ގިނަ ބެލުންތެރިން ތިބީ މި ފަހަރު މި ކާޓުން ނެރޭނެ ދުވަހަކަށް ކެތްމަދު ވެފައެވެ.

އާ ޓީޒާ ޓްރެއިލާގައި ދައްކުވައިދެނީ މި ކާޓޫނުގެ މައިގަނޑު ކެރެކްޓާތައް ކަމުގައިވާ އެލްސާ، ކޮއްކޮ އާނާ އާއި އޯލާފް ގެ އިތުރުން ކްރިސްޓޯފް އެވެ.

މި ކާޓޫނަކީ ކްރިސް އަދި ޖެނިފާ ލީ ޑައިރެކްޓުކޮށް އުފައްދާފައިވާ ކާޓޫނެކެވެ. ކާޓޫނުގެ މަގުބޫލުކަން މުޅި ދުނިޔޭގައި ފެތުރި މި ކާޓޫނަށް ވަނީ 876 މިލިއަން ޑޮލަރުގެ ފައިދާއެއް ވެސް ޖެހިފަ އެވެ. އަދި އަހަރުގެ އެންމެ މޮޅު އެނިމޭޓެޑް ކާޓޫނުގެ ޝަރަފު އޮސްކާއިން ހޯދާ ކާޓޫނުގެ ލަވަ "ލެޓް އިޓް ގޯ" އަށްވެސް އޮސްކާގެ އެންމެ މޮޅު ލަވައިގެ އިނާމު ލިބުނެވެ.

"ފްރޯޒަން" ގެ ދެވަނަ ބައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ 22 ނޮވެމްބަރުގަ އެވެ.

މިފަހަރު މި ކާޓުން އިން ތަފާތު އަދި ބެލުންތެރިން އަށް ކަމުދާ މަންޒަރު ތަކެއް ވެނިގެންދާނެއެވެ. މިހާތަނަށް ޓްރެއިލާ އަށް ވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ.