އިންޑިއާގެ ޚޮޕޮލި ޓައުންގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮތް ހަތަރު އަހަރުގެ ކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށްފަހު ފުލުހުން ބުނެފިއެވެ. އެ މައްސަލާގައި އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ، މަރާލި ކުއްޖާގެ މަންމަ ކައިރިން ކައިވެނި ކުރުމަށް އާދޭސް ކުރަމުން ދިޔަ މީހެކެވެ. އޭނާ އެ ކުއްޖާ މަރާލީ ބަދަލު ހިފުމުގެ ގޮތުންނެވެ.

އެ ރަހުމްކުޑަ ފިރިހެން މީހާ އެ ކުއްޖާ މަރާލީ ވަރަށް އަނިޔާވެރިކޮށެވެ. އެގޮތުން އެކުއްޖާގެ ބޯ ކަނޑާލުމަށްފަހު އެއްލާލިއެވެ. އަދި ކާކުކަން ނޭގޭގޮތަށް މޫނުގެ ހަންދަމާލިއެވެ. އަދި އެ ކުއްޖާގެ ހަށިގަނޑު ބުރިކޮށް އެހެން ތާކަށް އެއްލާލިއެވެ.

އެ ކުއްޖާގެ މަންމަ ބުނިގޮތުގައި، އޭނާގެ ދަރިފުޅު މަރާލި މީހާ އޭނާގެ ގެއަށް އަަންނާތީ އެކަމާއި އަންހެން މީހާ ދެކޮޅެވެ.އަދި އެ ވާހަކަ ފިރިމީހާގެ ގާތުގައި ބުނާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް މި ދެ މީހުންނަކީ އެއް ހިސާބެއްގައި އުޅެމުންދިޔަ ރަހުމަތްތެރިން ކަމަށް ވެއެވެ.

ފުލުހުން ބުނީ،މިދިޔަ އަންގާރަ ދުވަހު ހެނދުނު އެ އަންހެން ކުއްޖާ ފިރިހެން މީހާގެ ގެއަށް ދިޔަ ކަމަށެވެ. އަދި އެ ފިރިހެން މީހާ އެ އަންހެން ކުއްޖާއެކު، އެ އަންހެން މީހާ ކައިރިއަށް ދިއުމުން، އާއްމުންގެ ކުރިމަތީގައި ފިރިހެން މީހާއާ ދިމާލަށް އެއްޗެހި ކީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެކަމާއި ރުޅި އައިސްގެން އެ ފިރިހެން މީހާ އެ އަންހެން ކުއްޖާ ގެންގޮސް ރޭޕް ކުރުމަށްފަހު އޭނާ މަރާލީއެވެ.

އެ މައްސަލަ ފެންމަތިވީ، އެ އަންހެން ކުއްޖާ ނުފެންނަތާ މާގިނަ އިރުވެގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާގެ ހަށިގަނޑުން ބައެއް ފެނިގެންނެވެ. އެ ބައި ފެނިފައި ވަނީ އެ މީހާގެ ގޭގެ ފުރަގަހުންނެވެ. އަދި ފަހުން އެ ފިރިހެން މީހާ ވަނީ އެ ކުއްޖާ ރޭޕްކޮށް މަރާލި ކަމަށް އެއްބަސްވެފައެވެ. އަދި ފުލުހުންނަށް އެ މީހާގެ ގައިން އެ ކުއްޖާ މަރާލަން ބޭނުންކުރި ވަޅިވެސް ފެނިފައި ވެއެވެ.

އެ މައްސަލާގައި އެ ފިރިހެން މީހާގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު