ގިނަ ފަހަރަށް ކުތުބުޚާނާއިން ނޭނގި ފޮތެއް ގެންދެވިއްޖެނަމަ، ނުވަތަ ހަނދާންނެތި ފޮތެއް ޙަވާލުކުރަން ޖެހޭ ތާރީޚަށް ހަވާލު ނުކުރެވިއްޖެނަމަ އެފޮތެއް އެހިސާބުން އެކުތުބުޚާނާއަކާ ހަވާލެއް ނުކުރެއެވެ. އަރާފާނެ ބޮޑު ޖޫރިމަނާއެއް ދެކެ ބިރުންނެވެ. ނަމަވެސް މޯރާ އާނ ގްރެގް މިވަނީ ތަފާތު ކަމެއްކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މިހާރު އުމުރުން 75 އަހަރުގެ މޯރާ މިވަނީ މީގެ 74 އަހަރު ކުރިން އޭނާގެ މަންމަ ކުތުބުޚާނާއަކުން ނެގި ފޮތެއް، އެ ފޮތް ނެގި ކުތުބުޚާނާއަށް ހަވާލުކޮށްފައެވެ.

ގްރެގް ބުނެފައިވަނީ އޭނާއަށް މިފޮތް ފެނިފައިވަނީ އެނާ ކުޑައިރު ގެންގުޅުނު އެއްޗެހިތައް ހާވަމުން ދަނިކޮށް ކަމަށެވެ. އަދި ފޮތް ހުޅުވާލިއިރު، ކުތުބުޚާނާގެ ސްޓޭޕް އަދި ފޮތް ނެގި ތާރީޚް ފެނުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެއާއެކު ގްރެގްވަނީ ސިޓީއަކާއިއެކު، އެފޮތް އަނބުރާ ރައްދުކޮށްފައެވެ.

އެސިޓީގައި ގްރެގް ބުނެފައިވަނީ، "އެފޮތް ނެގީ އޭނާގެ މަންމަ" ކަމަށާއި "އެފޮތް ނަގާފައި އޮތްކަން އޭނާއަށް ނޭނގޭ" ކަމަށެވެ. އަދި މިކަމުގެ ސަބަބުން ލައިބްރަރީއަށް ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދޭ ކަަމަށާއި އެކަމުގެ ބަދަލު ދޭން ހުރި ކަމަށް އޭނާ ސިޓީގައި ބުނެފައިވެއެވެ.

މި ސިޓީ އޭނާ ފޮނުވުން، ލައިބްލަރީއިންވަނީ ފޭސްބުކް ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓްގައި ބުނެފައިވަނީ ފޮތަށް ލޯބިވާ ފަރާތެއް ވާނަމަ ގްރެގް ގޮތަށް ތެދުވެރިވާނެ ކަމަށެވެ. އަދި އޭނާއަށް އެއްވެސް ޖޫރިމަނާއެއް ދައްކަން ނުޖެހޭ ކަމަށް ބުނެފައިވެއެވެ.

"މިއީ ލައިބްރަރީއަށް މިގޮތަށް ގެނައި އެންމެ ދުވަސްވީ ފޮތް، އޭގެން އެނގެނީ އިޚްލާސްތެރިކަން." އެ ޕޯސްޓްގައި ބުނެފައިވެއެވެ.

ގްރެގް ބުނެފައިވަނީ އޭނާ އެފޮތް އަނބުރާ ދިނުމަށް ނިންމީ މީގެ ކުރިން ލައިބްރަރިއަންއަކަށް މަސައްކަތްކޮށްފައިވުމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވާ ދަތިތައް އެނގުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތި ދެން އެންމެ ފޮތެއްނު! އެމްޕީއާރުސީން ޚިޔާނާތުގެ ގޮތުގައި ލިބުނު ފައިސާ 74 އަހަރު ފަހުން ދައްކަން އަހަރެމެން އެބަ ތައްޔާރުވަން!