ހީވީ މީހަކު ފޮރުގައި ތަޅާ ހެންނެވެ. ފުދޭވަރަކަށް ބާރަށެވެ. އެހެންވެ އަވަހަށް ގޮސް ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. ފެނުނު އެއްޗަކުން ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ގޭގެ ދޮރުގައި ޓަކި ޖެހީ ބޮޑު ކިނބުލެކެެވެ.

އެ ކިނބޫ ފްލޮރިޑާއަށް ނިސްބަތްވާ އަންހެނެއްގެ ގޭގެ ދޮރު ކައިރީ ހުރެގެން، ދޮރުގައި ޖެހެމުންދިޔައިރު، ހީވީ ދޮރުގައި ޓަކި ތަޅާހެންނެވެ. މި މަހުގެ 12 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ ބުނީ، އޭނާއަށް އެ 10 ފޫޓުގެ ކިނބޫ ފެނިގެން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

"އަހަރެން އެއީ ކާކުތޯ ބެލިއިރު، ބޮޑު ކިނބުލެއް ގޭގައި ދޮރުގައި ޖެހޭ އަޑު އެ އިވުނީ، އަހަރެން ބިރުން ނެތް ގޮތެއްވެސް"

އެ ކިނބޫ އެތަނުން ފޮނުވާލުމަށް އަވައްޓެރިންވެސް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އެހެން މީހަކަށް ގުޅައިގެން ގެނެސް، އެ ކިނބޫ ވަނީ މަރާލާފައެވެ.

އެ ކިނބޫ ފެނުނު އަންހެން މީހާ ބުނީ، އޭތީގެ ކިބައިން ސަލާމަތްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު