ލޯބިވެރިންގެ ދުވަހު އުމުރުން ދުވަސްވީ އަންހެނަކު އޭނާ ދަރިފުޅާއި ކައިވެނި ކުރާނެ އަންހެނަކު ހޯދަން ނުކުތް ވާހަކަ މީޑިއާތަކުގެ ސަމާލުކަމަށް އައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި އަންހެން މީހާ މަގު މައްޗަށް ނުކުމެ އޭނާގެ ދަރިފުޅާއި ކައިވެނި ކުރާނެ މީހަކު ހޯދަން އުޅުނުއިރު، އާއްމުކޮށް މިއީ ނުވާ ކަމެކެވެ. އާއްމުކޮށް އެ މީހަކު ކައިވެނި ކުރަން ބޭނުންވާ މީހަކު ހޯދައިގެން މަންމަ އަށް ދައްކަން ދާނީ ފިރިހެން މީހާއެވެ. އެއީ ރުހުން ހޯދާށެވެ.

އެއާ ހިލާފަށް މި އަންހެން މީހާ ނުކުތީ އޭނާގެ ދަރިފުޅާއި ކައިވެނި ކުރާނެ، އޭނާއަށް ކަމުދާ މީހަކު ހޯދުމަށެވެ.

އެގޮތުން އުމުރުން 50 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ އެ އަންހެން މީހާ ދެ ކެމްޕަހެއް ކައިރިއަށް ގޮސް އޭނާގެ ދަރިފުޅާއި ކައިވެނި ކުރާނެ މީހަކު ހޯދަން މަސައްކަތް ކުރިއެވެ.

އޭނާ މިދިޔަ ހަފްތާ ތެރޭގައި އެ މަސައްކަތް ކުރިއަށްގެންދިޔައީ، އޭނާއާ ދިމާވާ އަންހެނުންނަށް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފޯނުން ދައްކައިގެންނެވެ.

އެ އަންހެން މީހާ ކެމްޕަސް ކައިރީ ފޯނު ހިފައިގެން އެނބުރޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަދި އެކަމާއި ގިނަ ބަޔަކު ޝަކުވާކުރިއެވެ. އަދި އެކަން ކެމްޕަސް ބަލަހައްޓާ ފުލުހުންވެސް ބެލިއެވެ.

 

ކިޔުންތެރިންގެ ހިޔާލު