ކަމެއް ކުރާ ގޮތް ބަލަން ނުވަތަ މަޢުލޫމާތެއް ހޯދަން ވިޔަސް އެންމެން ވެސް ބޭނުން ކުރާ ސާޖް އިންޖިންއަކީ ގޫގަލްއެވެ. 1998 ވަނަ އަހަރު ވުޖޫދަށް އައި ޖޫގަލް މިއަދު ވެފައިމިވަނީ ގިނަ ބަޔެއްގެ "ބެސްޓް ފްރެންޑް" އަށެވެ.

މިލިޔުމުގައި މިބަލާލަނީ 2018 ވަނަ އަހަރު އެންމެ ގަޔަށް ގޫގަލް ކުރެވިފައިވާ އެއްޗެއް ސަށެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ގޫގަލްކޮށްފައިވަނީ "ވޯލްޑް ކަޕް" މިބަހެވެ. މިބަސް އެންމެ ގަޔަށް ގޫގަލްކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެއީ މިދިޔަ އަހަރު ވޯލްޑް ކަޕް ކުޅެވުނު ދުވަސްވަރުކަން ފާހަގަކޮށްލެވެއެވެ. ވޯލްޑްކަޕް މިބަސް އެންމެ ގިނަައިން ސާޗްކޮށްފައިވަނީ ނޭޕާލްއިންނެވެ.

މީގެ އިތުރުން ދެން އެންމެ ގިނައިން ސާޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ދުވަހު "ރޯޔަލް ވެޑިން" މިބަހެވެ. އަދި އެންމެ ގިނައިން ގޫގލަކޮށްފައިވާ މީހަކީ މޭގަން މާކަލްކަންވެސް ފާހަގަކޮށްލެވެއެވެ.

އެއަށްފަހު އެންމެ ގިނައިން ގޫގަލްކޮށްފައިވަނީ އިލެކްޝަން ރިޒަލްޓްސް މިބަހެވެ.

ގޫގަލް ޓްރެންޑްގައި ދިވެހިން އެންމެ ގިނައިން ސާކްކޮށްފައިވަނީ ކޮން ޑޭޓާއެއްކަން ސާފުވާގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު