ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު ވެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

"ޕިންކްވިލާ" ނަމަކަށް ކިޔާ އިންޑީޔާގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިޔަންކާ މިހާރު އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވިއެވެ. އަދި މިކަން ރަސްމީކޮށް މީޑިޔާތަކަށް ވަރަށް އަވަހަށް ހާމަކުރާނެއެވެ.

ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އަދި އޭނާ ކައިވެނިކޮށްފައިވަނީ އޭނާއަށްވުރެ އުމުރުން 10 އަހަރު ކުޑަ މީހަކާއެވެ. މިއާއެކު ގިނަ ބައެއްގެ މަލާމާތް ޕްރިޔަންކާއަށް ރައްދުވިއިރު، ޕްރިޔަންކާ ބުނެފައިވަނީ އޭނާއާއި އޭނާގެ ފިރިކަލުން ނިކް ޖޯނަސް ކައިވެނި ކުރީ ލޯބިން ކަމަށާއި މީހުންގެ މަލާމާތަށް ފަރުވާލެއް ނެތް ކަމަށެވެ.

ޕްރިޔަންކާ ވަނީ ދަރިން ހޯދަން ބޭނުންވާ ކަމަށާއި، ވަގުތު ޖެހުމުނެ އެކަންވެސް ވާނެކަމަށް މީގެ 4 ދުވަހެއް ވަރު ކުރިން ބުނެފައެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނެފައިވަނީ ޕްރިޔަންކާ އެ އިންޓަރވިއުދިންއިރުވެސް އިނީ މާބަނޑުވެ ކަމަށެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަސް ތެރޭގައި އިންްޑިއާގައި އޭނާ ކައިވެނި ދެ ވައްޓަފާޅިއަށް ކުރެވިގެންދިޔައިރު، އިތުރު ހަފްލާތަކެއްވެސް ފަހުން ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަވްބެ

    މާކުންބެ ބަނޑު ފެޅިއްޖެ...

    11
    4
  2. ހުސޭނުބޭ

    އެކޮއިމެންނަކީ އަންނާރު އޮށާއެއްކޮށް ކާ ކުދިން! މީގެ ކުރިން ތިކަން ނުފެނުނަސް

    9
    1
  3. ޕްރައިވެޓް

    ޔާރޭ ހާދަ އަވަހަކަށް!

  4. އަޙްމަދު

    ސުނީތާ ކޮންދުވަހަކުންބާ؟

    11
  5. ޕީކޭ

    ސުނީތާ ބަނޑުހައި ވެއްޖެ.