ތަރުކާރީއަށް ލޯބިކުރާނަމަ މި ކެބެޖު ވާނީ އާދަޔާ ހިލާފު ކަމަކަށެވެ. އޮސްޓްރޭލިއާގެ ދެމަފިރިއަކު ނުވަ މަސް ދުވަހުން ހެއްދި ކެބެޖު މީހަކާ އެއްވަރު ވެއެވެ.

ނުވަސް މަސް ދުވަހު ބައްޔެއް ޖެހިޔަ ނުދީ ކެބެއްޖެއް ހެއްދުމަކީ އުނދަގޫ ކަމެކެވެ. ރޯސް މެރީ ނޯވުޑާއި އޭނާގެ ފިރިމީހާ ސީން ކަޑްމޭން އެ ކެބެޖު ހައްދަން ފެށީ މިދިޔަ އޭޕްރީލް މަހުއެވެ. އެ ކެބެޖު ހައްދަން ފަށާފައި ވަނީ އެކޯ ޓޫރިޒަމް ގެސްޓް ހައުސްއެއްގައެވެ.

ސީއެންއެންއަށް ވާހަކަ ދައްކަމުން ދެމަފިރިން ބުނެފައި ވަނީ އެފަދަ ގޮތަކަށް ކެބެޖެއް ހެއްދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެފަދަ ކެބެޖެއް ހެއްދުމަށް މޫސުން ވަރަށް ބޮޑަށް އެހީވާން ޖެހޭނެ ކަމަށެވެ. ހާއްސަކޮށް އެކަށީގެންވާ ވަރަށް ވާރޭ ވެހުމުގެ އިތުރުން ހޫނު ވުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ.

އެ ދެމަފިރިން އެންމެ ބޮޑަށް ބަލާފައި ވަނީ ގަސްތައް ހަލާކުކުރާ ސޫފިތައް އެ ކެބެޖުން ދުރު ކުރުމަށެވެ. އެކަން ކޮށްފައި ވަނީ ކައިރީގައި ފެންސެއް ޖަހާ އެކަމަށް ހާއްސަ ނެޓެއްވެސް ޖަހައިގެންނެވެ. ހާއްސަކޮށް ކޮކާ ފަދަ އެއްޗެހިންވެސް އެ ކެބެޖު ވަނީ ރައްކާތެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު