2019 ވަނަ އަހަރު ޑާކްރެއިން އެންޓަޓެއިންމަންޓް އިން ނެރުނު ފުރަތަަމަ ފިލްމު "ގޮށްރާޅު" އަށް ބޮޑު ތަރުހީބެއް ލިބިމުން އެބަދެއެވެ.

ރާއްޖޭގެ ގިނަ އަތޮޅު ތަކެއްގައި "ގޮށްރާޅު" އެޅުވި އިރު މާލެ އިން ވެސް "ގޮށްރާޅު" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން އެވެ.

މި ފިލްމުގެ ޓިކެޓް އޮލިމްޕަހުގައި ދަނީ ވަރަށް ފޯރި އާއި އެކު ވިކެމުން އެވެ. ހަމަ އެހެންމެ މި ފިލްމުގެ އިތުރު ޝޯތަކެއް ވެސް މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

މި މަހުގެ 21 އިން 23 އަށް އޮލިމްޕަހުގައި އެ ފިލްމުގެ އިތުރު ޝޯތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ތިން ޝޯއަށް ވެސް ޓިކެޓް 9911229 އާ ގުޅައިގެން ވެސް ހަމަޖެއްސޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ. ޝޯގެ ގަޑި އަކީ 21:00 އެވެ.

"ގޮށްރާޅު" އިން ފެނިގެން ދިޔައީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ތަސްނީމާ، ރަޝްފާ، އަދި އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، އާއި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

"ގޮށްރާޅު" ގައި ފެނިގެން ދާނީ މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެކި ހާދިސާއަށް ތަކުގެ މައްޗަށެވެ. މިއަދުގެ މުޖުތަމައު މިފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ މިކަހަލަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފަ އެވެ.

"ގޮށްރާޅު" އަކީ މިއަހަރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ހިނގި އެއް ފިލްމެވެ. މި ފިލްމަށް ވަނީ ފަސްތަރީގެ ބޮލޮކްބާސްޓާ އެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަޑި ދޯ

    ހުތުރު ބަހުން ވާހަކަ ދެއްކުން މީ ފިލްމުގައި ކޮންމެހެން ހިމަނަންޖެހޭ ކަމެއްތޯ؟ މިފަދަ ފިލްމަކަށްވުރެ މާލެ ވަށައިގެން ސައިކަލެއްގައި ކެމެރާއެއް ހިފައިގެން ދޮޅުގަޑި އިރު ވަންދެން ރެކޯޑް ކުރަމުން ދުއްވާފަ "މާލެ ވަށާ" ނަމަކަށް ކިޔާ ފިލްމެއް ހަދާފަ "މިއުޅެނީ ލާރިކޮޅެއް ބޭނުންވެގެންނޭ" ބުނޭ، އޭރުން އަހަރެމެން 100 ރުފިޔާ އަށް ޓިކެޓް ކަނޑައިގެން އެ ބަލަން ވަދެފާނަން.

    25
    8
  2. ފިކުރީ

    މިހާތަނަށް ބެލުނު އެންމެ ސަޅި އެއްފިލްމް. ވަރަށް މޮޅު މަސައްކަތެއް. ޑާކްރެއިން އިޒް ދަ ބެސްޓް.

    6
    8
  3. އޮ ރާޅު

    ދިވެހިން ފިލްމްކުޅޭތަ.. ނުވެސް ދެކެން ތިކިޔާ އެއްޗެއް.

    3
    1
  4. ނުރަބޯ

    ރާއްޖެއަށްވެސް މިއުޅެނީ “ރީނދޫ ގޮށްރާޅެއް”ޖެހިގެންނެވެ. އަވަސް ގޮތަކުން މި ގޮށްރާޅުން ސަލާމަތް ނުވިއްޔާ އޭގެ ހޮޅިދަށުލައި މުޅި ގައުމު ހަފުސް އަރުވާލާނެއެވެ.

    1
    2
  5. އޮއްޓަރު

    ވަރަށް ކަނޑަ ފިލްމެއް

    2
    1
  6. އަލި

    ދިވެހިން ކޮށްފިއްޔާ ކޮންމެ ކަމެއް ކަޑަވާ މީހުން މިދިވެހި ރާއްޖޭގައި އުޅެނީ ކީއްވެބާ؟ މިހާރު ކަމުދަނީ ގައުމަށް ވުރެ ޕާޓީ، ގައުމުގެ ދިޔަށް ވުރެ ޕާޓީ ދިދަ ، ގައުމުގެ ކުލަަ އަށް ވުރެ ޕާޓީ ކުލަ ، ފިލްމް ވެސް ގޮސް ބަލައިލީމާ އިނގޭނީ އޭގެން ލިބޭ އިބުރަތް. ނުބަލާ ފާޑު ކިޔާ މީހުން އެމީހުންގެ ނަފުސަށްވެސް އިތުބާރެއް ނުކުރާނެ . އެއްމެ ކަޑަ ގައުމު އެކަމު މިތާ އުޅެނީ މިތާނިދަނީ މިތާކަނީ މިތާ ބޮނީ .......