ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ދޫނި ކަމަަށް ބުނާ އުމުރުން 70 އަހަރުގެ އަލްބަޓްރެސް ދޫންޏެއް އަދި ވެސް ބިސް އަޅާކަމަށް ސައިންވެރިން ބުނެފިއެވެ.

މިޓްވޭ އެޓޯލް ވައިލްޑް ލައިފް ރެފިޔުޖް ގައި ދިރިއުޅޭ ވިސްޓަމްގެ ނަމުން ނަންދީފައިވާ މި ދޫނި ވަނީ ދާދި ފަހުން ވެސް ބިސް އަޅާފައެވެ.

ސައިސްވެރިން ބުނާ ގޮތުން 2006 އަހަރުން ފެށިގެން މި ދޫނި އަދި އޭނާގެ ލޯބިވެރިޔާ އަންނަނީ މިޑްވޭ އެޓޯލް އަށް ބިސް އަޅަން ހިޖުރަކުރަމުންނެވެ.

ސައިންވެރިން އަންނަނީ މި ދޫނި ގަވާއިދުން ޓްރެކާ ބޭންޑެއް ހަރުކޮށްގެން މޮނިޓަރ ކުރަމުންނެވެ. މިހާތަށް 31 ފަހަރު މި ދޫނި ވަނީ މި އަތޮޅަަށް ބިސް އަޅަން ހިޖުރަ ކޮށްފައެވެ.

އާންމު ގޮތެއްގައި އަލްބަޓްރޮސް ދޫނީގެ އުމުރަކީ 50 އަހަރެވެ. ނަމަވެސް ވިސްޓަމް މިހާރުވަނީ އުމުރުން 70 އަހަރުވެފައެވެ. މި ބާވަތުގެ ދޫނީގެ އާބާދީ ގާތް ގަޑަކަށް 250000 އަށް އަރާނެ ކަމަށް ސައިސްވެރިން ލަފާކުރެއެވެ.

ސައިންސްވެރިން ގަބޫލު ކުރާގޮތުން މި ދޫނީގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ދަށަށް ގޮސްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު