އާންމުކޮށް އެންމެ ގިނަ ބައެއްގެ ބޮލު ރިހުމަކީ ލޯނެވެ. ކިޔަވާ ކުއްޖަކަސް، މިހާރު އެންމެ ބޮޑު ބޮލު ރިހުމަކީ ހަމަ ލޯނެވެ. ކޮލެޖަށް ދައްކަން ޖެހޭ ފައިސާ ދިނުމަށް އާންމުކޮށް ލޯން ނަގާ އިރު، މިއީ މުޅި ދުނިޔޭގެވެސް އާދައެކެވެ. އެހެން ނަމަވެސް، ތަފާތު ގޮތް ގޮތަށް ލޯނު ދައްކާލާ، ހުރިހާ ކަމަމުން ބޯ ދަމައިގަނެވޭނީ ވަރަށް ބޯބޮޑު މީހުންނަށް ކަން ޔަގީނެވެ. ހާއްސަކޮށް ދަތުރު ކުރަމުން، މުޅި ދުނިޔެ ބަލަމުން އެކަން ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ޑެނިއަލް މިރާންޑާއާއި ޑެނިއަލް ކޮންސްޓެބަލްއަކީ ލޯނު ދެއްކުމުގައި ތަފާތު އުކުޅެއް ބޭނުން ކުރި ދެމަފިރިންނެކެވެ. ދެ މީހުންވެސް ކިޔަވާ ނިންމި އިރު، ލޯނުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 58،000 ޑޮލަރަށް އަރައެވެެ. ކިޔަވާ ނިމުމާއެކު ދެމީހުންވެސް ބެލީ ލޯން ދައްކާނެ އެންމެ އަވަސް ގޮތަކަށެވެ. އެ ދެމަފިރިން އެގޮތް ހޯދަންވެސް ހޯދިއެވެ. އެންމެ ދެއަހަރު ތެރޭ ލޯން ދައްކާ ނިންމާލި އިރު، މުޅި ދުނިޔޭގެ އެތައް މިތަނަށް ދަތުރުވެސް ކުރިއެވެ.

ދެމީހުންގެ ލޯން ދެއްކުމަށް 20 އަހަރު އޮތް ނަމަވެސް، އެ ދެމަފިރިން ލޯން ދައްކާ ނިންމާލީ ދެ އަހަރުންނެވެ. ފުރަތަމަ ކަމަކަށް ގައުމުން ބޭރު ވަޒީފާއެއް ހޯދީއެވެ. އެވެސް މެދުއިރުމަތިންނެވެ. އެންމެ މުސާރައާއި އިނާޔަތްތައް ބޮޑު ގައުމު ޑުބާއީންނެވެ. ދެއަހަރު ޓީޗިން ކޮންޓްރެކްޓެއްގައި ދެމީހުންވެސް ޑުބާއީއަށް ބަދަލުވި އިރު، މަހަކުން މީހަކަށް 2،200 ޑޮލަރު ޓެކްސް ދައްކާ ބާކީ ލިބެއެވެ.

ޑުބާއީން ސީދާ އެމެރިކާގެ ލޯނަށް ކަނޑާލުމަކުން އިންޓަރެސްޓް ރޭޓެއް ނާރައެވެ. އެންމެ މުހިއްމު އެއް ކަމަކީ ގިނައިން ލިބޭ ޗުއްޓީތަކެވެ. ކޮންޓްރެކްޓައި ލިބޭ ހުރިާ ޗުއްޓީއަކަށް އެކިއެކި ގައުމުތަކަށް ދިޔައެވެ. ތައިލެންޑާ ސްޕެއިންގެ އިތުރުން އިންޑިއާއަށްވެސް ވަޒީފާގައި އުޅެމުންދިޔައެވެ.

ދެއަހަރު ކޮންޓްރެކްޓް ނިމުމުން ބޯނަސްގެ ގޮތުގައި 10000 ޑޮލަރު ލިބުނު އިރު، އެ ހަރަދު ކުރީ ކައިވެންޏަށާއި، ހަނީ މޫންއަށެވެ. މިހާރު ދެމީހުންނަކީވެސް ފުލްޓައިމް ޓްރެވެލާސްއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    ލޯނަކީ ހަގީގަތުގައި ބޮލުގެ ރިހުމެއްނޫނެވެ. ބޮލުގެ ރިހުމަކަށްވަނީ ލޯނުގެ ތެރޭގައި އޮންނަ ރިބާއެވެ. ރިބާއާ ނުލާ ލޯނަކީ ނަގަން ހަމަ ކަމުދާއެއްޗެކެވެ. އަނބުރާ ދައްކަން ޖެހޭނީ ތިމާ ނަގާވަރެކެވެ. އިތުރު އެއްޗެއް ދޭކަށް ނުޖެހޭނެއެވެ.

    12