އުމުރުން 21 އަހަރުގެ ޒުވާނަކު އެނާޖީ ޑްރިން މާ ގިނައިން ބުއިމުގެ ސަބަބުން ދިމާވި ހިތާމަވެރި ހާދިސާއެއްގެ ވާހަކަ ކިޔާދީފިއެވެ. ވިނީ ޕީނާ ނަމަކަށް ކިޔާ އެ ޒުވާނާ ދުވާލަކަށް ހަ ވަރަކަށް އެނާޖީ ޑްރިންކް ދަޅު ބޮއެވެ. އެއަށް އޭނާ ހުންނަނީ އެޑިކްޓްވެފައެވެ.

ނަމަވެސް މިހާރު އޭނާ އެކަމާއި ދެރަވެ މީސް މީޑިއާއަށް ފަނިކައިފައިވާ އޭނާގެ ދަތްތަކުގެ ފޮޓޯތައް ލިއެވެ. އޭނާގެ ދަތްތައް ހުންނަ ގޮތުގެ ސަބަބުން އޭނާ ކޮލެޖްގެ ކުރިން ވަރަށް އެއްޗެހި ކިޔައެވެ. އެހެންވެ އެންމެ ފަހުން އޭނާ ކިޔެވުންވެސް ދޫކޮށްލީއެވެ.

އިންގްލޭންޑްއަށް ނިސްބަތްވާ ޕީނާ ބުނިގޮތުގައި، ގޭމް ޑިޒައިނަރަކަށް ވުމަށް ދެކެމުން އައި ހުވަފެންތައްވެސް ވިއްސި ވިހާލި ވެގެން ދިޔައީ އެނާޖީ ޑްރިންކްގެ ސަބަބުން ކަމަށެވެ.

ޕީނާއަށް އަންނަމުންދާ ބަދަލުތައް އޭނާއަށްވެސް އިނގެއެވެ. އަދި ކޮންމެ ދުވަހަކު ދެ ފަހަރަށް ދަތްވެސް އުނގުޅައެވެ. އެހެން ނަމަވެސް ދަތުގައި ވަރަށް ބޮޑަށް ރިއްސައެވެ. އެންމެ ފަހުން މިދިޔަ އަހަރު މާރިޗް މަސް ތެރޭގައި އޭނާ އެކަން މަންމައަށް އެންގިއެވެ.

މަންމައަށް އެކަން އެންގީވެސް، ކަމެއް ގޯސްކޮށްއުޅޭހެން ހީވެގެން މަންމަ އެހުމުންނެެވެ. އެންމެ ފަހުން ޕީނާ ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ގެންދިޔައެވެ. ޕީނާގެ ދަތްތައް ފެނިފައި ޑޮކްޓަރުންވެސް ތިބީ ހައިރާންވެފައެވެ. އޭނާގެ ދަތްތައް ހުރީ ވަރަށް ބޮޑަށް ފަނިކައިފައެވެ.

އޭނާގެ ދަތްތައް ދިމާވި މައްސަލައަށް ހައްލެއް ހޯދުމަށް އޭނާގެ ދަތްތައް ރަނގަޅު ކުރަމުންދާކަމަށް ވެއެވެ. އޭނާގެ އަނގައިގެ 24 ދަތެއް ވަނީ ހަލާކުވެފައެވެ.

ޕީނާ ބުނީ، އޭނާގެ ދަތްތައް ރަނގަޅުވެގެން އެނބުރި ކޮލެޖަށް ގޮސް ކިޔަވަން ފަށާނެ ކަމަށެވެ.

އެނާޖީ ޑްރިންއަކީ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ހުރި ބުއިމެކެވެ. އަދި އެކަން ސިއްހަތާއި ބެހޭ މާހިރުން އެތައް ގޮތަކުން ކިޔާދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެލޯފިން

    ކޮބާ. ނޫކަށިފުރައިގެ ޒުވާނުންނަށް އިބްރަތެއް!