"ކަޕުލް ގޯލްސް" ގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ދެމީހުންނަކީ ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް އެވެ. ރައްޓެހި ވެގެން އުޅޭ ކަން މީސްމީޑިޔާގައި ފުރަތަމަ ފަހަރަށް ރަންވީރު އަދި ދިޕިކާ ހާމަކުރުމާއެކުވެސް ގިނަ ބަޔަކު އެދެމީހުންގެ ވާހަކަތަކަށް ލޯބި ކުރިއެވެ. މިފަހަރު ރަންވީރު މިވަނީ އަދި މާ "ލޯބި" ވާހަކައެއް ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދިޕިކާއަށް ވަގަށް ލޯބި ވެރިއަކު ގެންގުޅެފާނުތޯ ކުރި ސުވާލަށް ޖަވާބު ދެމުން ރަންވީރު ބުނެފައިވަނީ ދުވަހަކުވެސް އެކަހަލަ ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި އޭނާއަށް ލިބިފައި އެހެރީ ދުނިޔޭގެ އެންމެ ރީތި މީހާ ކަމަށާއި އިތުރު މީހަކުގެ ލޯތްބެއް ބޭނުން ނުވާ ކަމަށެވެ. މީގެ އިތުުރުން އެދެމީހުން އިނުމުގެ ކުރިން 6 އަހަރު އެކުގައި އުޅެފައިވާ ކަމަށާއި މިދުވަސްވަރު ދެމީހުންވެސް ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށް ރަންވީރު ބުނެފައިވެއެވެ.

ރަންވީރުއާއި ދިޕިކާ އިނދެފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިޓަލީގައެވެ. ދިޕިކާއާއި ރަންބީރުގެ ކައިވެނި މާ ކުލަ ގަދަ ގޮތެއްގައި ނުބޭއްވި ނަމަވެސް ކައިވެނީގެ ފޮޓޯތައް ގިނަ ބަޔަކަށްވަނީ ކަމުގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    10 އަހަރު އުޅުނަސް ތީ ހަމަ ހަރާންކަންކަން. މަރުވީމަ ހަމަ އަނދާނީ އަލިފާނުގަ ކެކެ

    11
    6
  2. ޏާނު

    ދުނިޔޭގެ އެންމެ ރީތިމީހާއެއްނޫން ދުނިޔެއިން ރަނވީރަށް އެންމެ ރީތި މީހާކަމަށް ވެދާނެ

    4
    1
  3. ހަހަ....

    ކާކުތަ މީޑިއާ ކުރިމަތީގަ ބުނާނީ މަ ވަގު ލޯބިވެރިން ގެނގުޅޭނަމޭ...... ހަހަހަހަހަހަހަ... ކަމެއް ވެގެންދޯ "ވަގު" ލޯބިވެރި އެކޭ އެކިޔަނީ ހަހަހަހަހަ....

    4
    3