ލޯބިވެރިންގެ ދުވަސް މިދިޔަ ހަފްތާގައި ގިނަ މީހުން ފާހަގަ ކުރީ ވަރަށް އުފުލާއި ހިތްހަމަޖެހުމާއި އެކުގައެވެ. ނަމަވެސް އެމެރިކާގެ ޕެންސިލްވޭނިއާގައި ދިރިއުޅޭ އާއިލާއަކަށް މިއަހަރުގެ ލޯބިވެރިންގެ ދުވަސް އުފާވެރި ދުވަހަކަށް ނުވިއެވެ.

އުމުރުން 66 އަހަރުގެ ޓެރީ މިޝެލް އާއި ޑެބްރާ މިދިޔަ ބުރާސްފަތި ދުވަހު ބޭރުން އައިސް ގޭ ކައިރީ ކާރު މަޑުކުރުމުން ޑެބްރާ ކާރުން ފޭބިއެވެ. ޑެބްރާ ކާރުން ފައިބައިގެން ދިޔައީ ކާރުގެ ފަހަތައް ކަން ނޭނގި އިނދެ ޓެރީ ކާރު ފަހަތައް ޖެހުމުން ޑެބްރާގެ ގައިމައްޗަށް ކާރު އަރާ، ޑެބްރާ ވަނީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި ކާރު ފަހަތައް ޖެހި ވަގުތު ޑެބްރާ ނުފެންނަ ކަމަށް ޓެރީ ވަނީ ބުނެފައެވެ. ކާރު ދުއްވާލެވުނީ ޑެބްރާ ކާރުގެ ފަހަތުގައި ހުންނާނެ ކަން ނޭނގި ކަމަށް ޓެރީ ބުނެއެވެ.

ކާރު ޑެބްރާގެ ގައިމަތިން ދިއުމުން ހަމަ އެވަގުތު އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ފުލުހުން ބުނީ ޑެބްރާގެ މަރުގެ މައްސަލައިގައި އަދި ޓެރީގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް މިހަފްތާ ނިމުމުގެ ކުރިން މައްސަލައިގެ ތަޙްޤީޤު ނިންމާ ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާލެ ކަމަށް ފުލުހުން ބުނެއެވެ.

ޑެބްރާގެ މަރުގެ މައްސަލައިގައި ޓެރީ ހައްޔަރު ކޮށްފައެއް ނުވެއެވެ.

އަވައްޓެރިން ބުނާ ގޮތުގައި ޑެބްރާ އާއި ޓެރީ އަކީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އެމީހުން ކޮންމެ ދުވަހަކު ވެސް އެކުގައި ބޭރަށް ގޮސް އުޅޭ ކަމަށް އަވައްޓެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު