އިގިރޭސި ވިލާތުގެ ހިމާރު ރޭސް ޖަހާ ހެޑޮކް ޕާކްގައި ބޮޑު ތަޅާ ފޮޅުމެއް ހިންގައިފިއެވެ.

ރޭހަކަށް ތައްޔާރުވެފައި ވަނިކޮށް މި ތަޅާފޮޅުން ގަނޑު ފެށުނު ސަބަބެއް ހޯދިފައި ނުވާއިރު މި ތަޅާފޮޅުމުގައި 50 ނުވަތަ 100 އަށް ވުރެން ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

https://m.youtube.com/watch?v=G7X6VGz8x-8

ދެ ޓީމެއްގެ ދެމެދުގައި ހިންގި މި ހަމަނުޖެހުންތަކުގެ މަންޒަރު ފެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ވަނީ މިހާރު އާންމުވެފައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި މި ތަޅާފޮޅުން ގަނޑު ފެށުނު އިރު ތުއްތު ކުއްޖަކާއި ކުއްޖާގެ މަންމަ ޕާކުތެރޭގައި ހުންނަ ތަން ފެނެއެވެ. ނަމަވެސް މި ހަމަ ނުޖެހުންތަކުގައި ކުއްޖާއަށް ނުވަތަ މަންމަ އަށް އަނިޔާވި ކަމެއް އަދި އެގިފައެއް ނުވެއެވެ. ނަމަވެސް ތަޅާފޮޅުމުގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފައެވެ.

އިގިރޭސިވިލާތެ ލަންޑަން ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.ތަޅާފޮޅުމުގައި ބައިވެރިވި ގިނަ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު