އިންޑިއާގެ ސިޓީއެއް ކަމުގައިވާ ގޯވާގައި ބުރުގާ އަޅައިގެން އަންހެން ފޭހަނައަށް ވަން ފިރިހަނެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

ސެންޓްރަލް ބަސް ސްްޓޭންޑުގައި ހުންނަ އަންހެން ފާހާނައަށް އެ ފިރިހެން މީހާ ވަނީ ކީއްވެކަން ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ވަދެފައި ވަނީ މުސްލިމް އަންހެނުން ތިބޭހެން މޫނުވެސް ފޮރުވައިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ހެދުންވެސް އަޅާފައި ވަނީ އަންހެނެއްގެ ސްޓައިލަށެވެ.

އޭނާ ފަޅާ އަރާފައި ވަނީ އެ ފާހަނައަށް ވަދެ ނުކުންނަން އުޅެނިކޮށެވެ. އެކަން ފަޅާ އެރެމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ އެ ފާހާނައަށް ވަނީ ކީއްކުރަން ކަމެއް ނޭގެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ސަރުކާރުގެ މުވައްޒަފެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމައްސަލަ ފުލުހުން ބަލަމުން އަންނައިރު، އިންޑިއާގައި ރޭޕްގެ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރުވެސް ވަނީ އިތުުރުވެފައެވެ. އަކަން ހުއްުޓުވުމަށް ގައުމު ނުކުޅެދިފައިވާކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ދިވެހިރާއްޖޭގައި މާގިނަދުވަހެއްނުވެ ބުރުގާއަޅައިގެން ސުކޫލްތަކަށް ބިޓާބައްދަލުކުރަން ފިރިހެނުން ވަންނަތަން ފެންނާނެއެވެ. ސަލާމަތާ މަޞްލަޙަތަށްޓަކައި ހެދިފައިހުންނަ ޤާވާޢިދުތައް ވީދީމާ ނަތީޖާ ރީއްޗެއްނުވާނެއެވެ.

    6
    9
  2. ލަބީބުގެ އެކުވެރިއެއް

    ލަބީބު ތިބުނަނީ މޫނު އެޅި މީހުން ވަޒީފާއަށް ނުވައްދާށޭ. އެކަމު ބުނަން ތިދެއްކި އުޒުރަކީ މިހާރު ބަލައިގަނެވޭ އުޒުރެއްނޫން. މިހާރު ފިންގަރ ޕުރިންޓުން ސައިންކުރާއިރު ތީ ނާތަހުޒީބީ ވާހަކައަކަށް ނޫނީ ނުވާނެ

    6
    3