1996 ވަނަަ އަހަރު ނެރުނު "އިންޑިއަން" ގެ ދެނަވަ ބައެއް އުފެއްދުމަށް ތައްޔާރު ވަމުން އަންނަ އިރު މި ފިލްމުގެ ލީޑު ރޯލުން އަޖޭ ފެނިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، ޝެޑިއުލް ބިޒީ ކަމުން އަޖޭ ދޭވްގަން އެ ފިލްމު ދޫކޮށްލައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި އަޖޭ އެ ފިލްމު ދޫކޮށްލީ މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ޓޯޓަލް ދަމާލް"ގެ ޕްރޮމޯޝަންތަކުގެ އިތުރުން މިހާރު މަސައްކަތް ކުރަމުން އަންނަ "ތާނަޖީ: ދި އަންސަންގް ވޮރިއާ"ގެ މަސައްކަތުގައި ބިޒީވުމުގެ ސަބަބުންއެވެ.

ބައެއް ހަބަރު ތަކުން ދަނީ އަޖޭ އެ ފިލްމު ދޫ ކޮއްލީ ނެގެޓިވް ރޯލެއް ކުޅެން ޖެހުމުން ކަމަށް ބުނެ ހަބަރުތައް ފަތުރަމުން އެވެ. ނަމަވެސް އޭނާ އެ ހަބަރުތައް ދޮގު ކޮއްފައެވެ.

އޭގެ އިތުރަށް އަޖޭ ބުނީ، ނެގެޓިވް ރޯލުތައް ކުޅެން އަބަދުވެސް ބޭނުންވާ ކަމަށާއި އެ ފަދަ ރޯލުތައް ކުޅެގެން ގިނަ ބައެއްގެ ތަރުހީބުވެސް ލިބިފައި އެބަ ހުރި ކަމަށެވެ. ނަމަވެސް "އިންޑިއަން 2" ގެ ރޯލު ނުކުޅެ ދޫކޮށްލަން ޖެހުނީ އެއްގޮތަކަށް ވެސް ވަގުތު ހުސް ކުރެވެން ނެތުމުން ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން އެ ފިލްމު ވަނީ އަކްޝޭ ކުމާރަށް ވެސް ހުށަހަޅާފައެވެ. އަދި އޭނާ ވެސް ފިލްމު ދޫކޮށްލީ ކަމަށް ހަބަރުތައް ބުނެއެވެ.

އަޖޭ އާއި އަކްޝޭ "އިންޑިއަން 2" ދޫކޮށްލާފައިވާތީ، ފިލްމު މިހާރު އަބީޝެކް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަމާ މެދު ވާހަކަ ދައްކާފައެއް ނުވެއެވެ.

ފިލްމު ސިނަމާ އަށް އަންނާނެ ތާރީހެއް އަދި ހިއްސާ ކޮއްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    ފޮޓޯގަ ތިޔަ އިނީ 2001 ވަނަ އަހަރު ގެ ފިލްމެއް.

  2. އަލީ

    އިންޑިއަން 2 އަކީ ކަމަލް ހާސަން ކުޅުނު އިންޑިއަންގެ ދެވަނަ ބައި. ސަނީ ޑިއޯލްއާ ގުޅޭ ފިލްމެއް ނޫން. ތިއިނީ މުޅިން ނުބައި ޕޯސްޓަރެއް.

    2
    1