2009 ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި އެންމެ ފުރަތަމަ ނަކްޝްގެ ރޯލުން ފެނިގެން ދިޔަ ހޯދާފައިވާ ރޯހަން މެހްރާ ގެ އާ ވީޑިއޯ ލަވައެއް ނެރެން ތައްޔާރު ވަމުންދާ ކަމަޑް އޭނާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެއްކަމަށްވާ ޓްވިޓާގައި ބުނެފިއެވެ.

އެންމެ ފަހުން ރޯހަން ފެނިގެން ގޮސްފައި ވަނީ "މަރިޔަމް ހާން-ރިޕޯޓިން ލައިވް" އިން ލީޑު ރޯލުން ފެނިގެން ދިޔަ މަހިމާ މަކްވާނާ (މަރިޔަމް ހާން) އާއެކު ލަވަ އަކުން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބުނެފައެވެ. ގިނަ ބަޔަކު އެލަވަ އަށް އިންތިޒާރު ކުރަމުން ދަނިކޮށް ރޯހަންގެ ސަޕޯޓަރުންނަށް ވަނީ އުފާވެރި އެހެން ހަބަރެއް ވެސް ދީފައެވެ.

ޓުވިޓާ މެދުވެރިކޮށް އިތުރު ލަވައެއްގައި މަސައްކަތް ކުރާ ކަން ރޯހަން ހާމަކޮށްފައެވެ. އެލަވާގައި ރޯހަން އާއެކު ފެނިގެންދާނީ އެކްޓަރެސް ތަރްސީ ނައިނާއެވެ. ރޯހަން ބުނިގޮތުގައި މިއީ ރޮމޭންޓިކް ލަވައެކެވެ. އަދި ވަރަށް އަވަހަށް އެލަވަ ނެރޭނެ ކަމަށް ވަނީ ބުނެފައެވެ.

ގިނަ ބަޔަކު މިހާރު ތިބީ މި ދެލަވަ ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރޯހަން ވަނީ މީގެ ކުރިން ވެސް ވީޑިއޯ ލަވައަކުން ފެނިފައެވެ. އެލަވައަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު