ބޮލީވިޑްގެ މަޝްހޫރު ދެ ތަރިން ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ގަލީ ބޯއީ" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމު ތިބީ ވަރަށް އުފަލުން އެވެ.

ޒޯޔާ އަކްތަރު ޑައިރެކްޓުކޮށް ނެރުނު މި ފިލްމަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ސްޓްރީޓް ރެޕް ލަވަކިޔުންތެރިންތަކެއް އެމީހުންގެ ހުނަރު ދައްކައިދިނުމަށް އުފުލި ބޮޑު ތަކުލީފުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮއްފަިއވާ ފިލްމެކެވެ.

ފެބްރުއަރީ 14 ވަނަ ދުވަހު އެޅުވި މި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް ފިލްމަށް 19.40 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. ހުކުރު ދުވަހު ފިލްމަށް 13.10 ކްރޯޑު ލިބިފައިވާއިރު ހޮނިހިރު ދުވަހު 18.65 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. އަދި އާދިއްތަ ދުވަހު ފިލްމަށް 21.30 ކްރޯޑު ލިބިގެންދިޔައިރު އިއްޔެގެ ނިޔަލަށް ޖުމްލަ 81.10 ކްރޯޑު ރުޕީސް ފިލްމަށް ލިބިގެން ގޮސްފައިވެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ޓްރޭޑް އެލަނިސްޓެއް ކަމަށްވާ ތަރަން އާދާޝް ލަފާކުރާގޮތުގައި މި ހަފުތާގެ ބުރާސްފަތި ދުވަހު، އެފިލްމު 100 ކްރޯޑު ކްލަބަށް ވަންނާނެއެވެ.

ޒޯޔާ އަކްތަރު 2011 ވަނަ އަހަރު ނެރުނު ޒިންދަގީ ނާ މިލޭގީ ދޮބާރާއަށް ލިބުނީ އެންމެ 90.27 ކްރޯޑެވެ. އަދި ދިލް ދަޅަކްނޭ ދޯއަށް 76.88 ލިބުން އިރު މިއީ ޒޯޔާގެ ފިލްމެއް އެހާ އަވަހަށް 100 ކްރޯޑް ކްލަބަށް މިސްރާބު ޖެހި ފުރަތަމަ ފަހަރެވެ.