ދުނިޔެ ހޫނުވާން މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ 2 ސަބަބަކާ ހެދިއެވެ. ފުރަތަމަ ސަބަބަކީ ދުނިޔޭގައިވާ ގްރީން ހައުސް ގޭސްގެ އިންސައްތަ މަތިވުމެވެ. ދެވަނަ ސަބަބަކީ މި ގްރީން ހައުސް ގޭސްތައް ނައްތާލާ، ގަސް މަދުވުމެވެ. ދުނިޔެ ހޫނުވުމުން ސަލާމަތް ކުރުމަށް މިދެކަންތައް، ނުވަތަ ދެކަމުން ކުރެ އެއްކަމެއް ކުރަން އެބަޖެހެއެވެ.

ދުނިޔެއަށް އަހަރެމެން ދޫކުރާ ގްރީން ހައުސް ގޭސްގެ އިންސައްތަ ކުޑަ ކުރެވިދާނެއެވެ. ނަމަވެސް މިކަން އެއްކޮށް ހުއްޓާލެވޭނެއެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ގަސް އިންދުމަކީ ކުރެވޭނެ ކަމެކެވެ.

އީޓީއެކް ސްރިކް ރިސާޗާއިން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އަހަރެމެން ދުނިޔެއަށް ދޫ މިކުރާ ގްރީން ހައުސް ގެސްތައް އެބްސޯބް ކުރުމަށް ބޭނުންވަނީ 1.2 ޓްރިލިއަން ގަހެވެ. މިދިރާސާގައި އިތުރަށް ބުނެފައިވަނީ މިވަރަށް ގަސް އިންދޭނެ ޖާގަ ދުނިޔޭގައި އެބަހުރި ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ދުނިޔޭގައި މިއަދު ހުރި ގަސްތައް ނުކަޑާ އިތުރު 1.2 ޓްރިލިއަން ގަސް އިންދައިފިނަމަ، 10 އަހަރުގެ ތެރޭގައި މުޅި ދުނިޔެ އިން ގްރީން ހައުސް ގޭސް ގެ އިންސައްތަ ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި އެކަމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު