އަބޫދާބީގައި ފިރިހެނަކު އޭނާގެ އަނބިމީހާގެ ރޭގަނޑު ކެއުން ގެންނަން ހަދާން ނެތުމުން، އެ ފިރިހެން މީހާ ގާތުން ވަރިވުމަށް އަންހެން މީހާ ބޭނުންވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ، އެ ފިރިހެން މީހާ ރަހުމަތްތެރިންނާއެކު ބޭރުގައި އުޅެފައި ގެއަށް އައި ވަގުތު އަންހެން މީހާއަށް ކާ އެއްޗެއް ނުގަނެވުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ކެއުމަށް ފާސްޓްފުޑް ރެސްޓޯރެންޓަކުން ބާގާއެއް ގެނައުމަށް އޯޑަރު ކުރިއެވެ.

އެ އަންހެން މީހާ ހީކުރީ، ފިރިމީހާ ގެއަށް އަންނައިރު، އެ ބާގާ ގެއަށް ގެންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގެއަށް އައީ ބާގާ ނުލައެވެ.

އެރޭ ގާތްގަނޑަށް 3:00 ޖެހިއިރު، އެ ފިރިހެން މީހާ ބަގާ ނުލާ ގެއަށް އައުމުން، ދެ މީހުންގެ ދެމެދުގައި ޒުވާބު ކުރިއެވެ. އަދި ރުޅި އައިސްގެން އެ އަންހެން މީހާ ވަނީ ގެއިން ކުމުގެން ގޮސްފައެެވެ. އަދި އެ ފިރިހެން މީހާ ކައިރިން ވަރިވާން ބޭނުންވެގެން ފޯމްވެސް ލިއެވެ.

އެހެން ނަމަވެސް މި ދެ މީހުން ވަރިވިކަމެއް އަދި ނޭގެއެވެ. މިފަދަ ކުދިކުދި މައްސަލަތަކުގައި ވަރިވުން ވެފައި ވަނީ އާއްމު ކަމަކަށެވެ. މިފަދަ ކަންކަން ދިމާވަނީ ބައެއް މީހުންނަށް ކައިވެނީގެ މުހިންމުކަން އެއްޗެހި ނެގޭތީ ކަމަށް ބެެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު